Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ހުތުބާ

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

ބަލިތަކާއި މުސީބާތައް ކުރިމަތިވެ، ފަރުވާކުރަން ޖެހުމުގެކުރިން، އެކަންތައްތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްވުރެ ބުއްދިވެރިގޮތެއް ނޯންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 މެއި 2017 | ހުކުރު 15:23
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުކުރު ހުތުބާގައި ނަސޭހަތްދީ ގޮވާލައްވައިފި އެވެ.

ހުކުރު ހުތުބާގައި ވަނީ ދުޅަހެޔޮ ދަރިފަސްކޮޅެއް ދެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުއާ ދެއްނެވުމާ އެކު، އެކަމަށްޓަކައި މަސައްކަތް ކުރަންވާނެ ކަމަށެވެ. އެގޮތުން ރަނގަޅު ބައިވެރިޔަކު އިހުތިޔާރުކޮށް، އާއިލާގެ ބިންގާ ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި ކައިވެނީގެ ބޭރުން ނަހަމަ ގުޅުންތައް ހިނގުމުން ރައްކާތެރިވެ، ކައިވެނީގެ އަޤްދަށް ވަފާތެރިވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިތުބާރުކުރެވޭ ފަދަ ސިއްހީ މައުލޫމާތު ހޯދައި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށާއި ކަނޑައެޅިގެން އެނގިތިބެ ދެ ކެރިއަރުން ކައިވެނިކޮށްހެދުމުން ދުރުހެލިވާންޖެހޭ މައިގަނޑު ސަބަބަކީ މިފަދަ ކައިވެނީގެ ސަބަބުން، ބަލިކަށި މުޖުތަމައުއަކަށް މަގުފަހިވެގެން ހިނގައިދާނެތީ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

މިޒަމާނުގެ އައިލާއާބެހޭ ގާނޫނުތަކަށް ބަލާއިރު، ކައިވެނިކުރަން ބޭނުންވާ ދެ މީހުން ކައިވެނީގެ ކުރިން ތެލެސީމިއާ ބައްޔަށް ޓެސްޓްކުރުން ލާޒިމްކަމަށް، 2000 ވަނަ އަހަރު ފަލަސްތީނުގައި ކަނޑައަޅާފައިވާ ކަމަށް ހުތުބާއިގައި ބުނެފައި ވެއެވެ. އަދި އެމިރޭޓްސްގެ ވަޒީރުންގެ މަޖިލީހުން، 1995 ވަނަ އަހަރު މިފަދަ ގަރާރެއް ނެރެ އެއަށް އަމަލުކުރަން ފަށާފައިވާ އިރު، ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގައިވާ ގޮތުން، ކޮންމެ ކުއްޖަކު ވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓްކޮށް، ނަތީޖާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެކުއްޖެއްގެ ބެލެނެވެރިންގެ ޒިންމާއެއް ކަމަށް ވެސް ހުތުބާއިގައި ވެއެވެ.

ބަލިތަކާއި މުސީބާތްތައް ކުރިމަތިވެ، ފަރުވާ ކުރަންޖެހުމުގެ ކުރިން، އެކަންތައްތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވުރެ ބުއްދިވެރި ގޮތެއް ނޯންނާނެ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

ފިރިމީހާ އިތުރު މީހަކާއި ކައިވެނިކުރާއިރު ދޮށީއަނބިންނަށް އެންގުން ހުއްޓާލިތާ އަހަރެއް!

30 ޑިސެމްބަރު 2017
ފިރިމީހާ އިތުރު މީހަކާއި ކައިވެނިކުރާއިރު ދޮށީއަނބިންނަށް އެންގުން ހުއްޓާލިތާ އަހަރެއް!
18 ޑިސެމްބަރު 2017

2018 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނި ކޮށްނުދޭ 60 ދުވަސް

18 ޑިސެމްބަރު 2017
2018 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނި ކޮށްނުދޭ 60 ދުވަސް
11 ޑިސެމްބަރު 2017

ތަހުލީލު މަރުހަލާގައިވާ ފަރުވާތައް ތެލެސީމިއާ ކުދިންނަށް ދިނުން ހުއްޓާލައިފި

11 ޑިސެމްބަރު 2017
 ތަހުލީލު މަރުހަލާގައިވާ ފަރުވާތައް  ތެލެސީމިއާ ކުދިންނަށް ދިނުން ހުއްޓާލައިފި
14 ނޮވެމްބަރު 2017

ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް

14 ނޮވެމްބަރު 2017
ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް
10 ނޮވެމްބަރު 2017

ބްރިޖު މަތީގައި ކައިވެނި ކުރައްވަން އުންމީދުކުރައްވާ ކަމަށް މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެ

10 ނޮވެމްބަރު 2017
ބްރިޖު މަތީގައި ކައިވެނި ކުރައްވަން އުންމީދުކުރައްވާ ކަމަށް މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު