Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން ތުހުމަތު

ދުވަހުކުވެސް ވައްކަމެއް ނުކުރަން، އެހެން ކިޔަސް ބަޔަކު ގަބޫލެއް ނުކުރާނެ: ޔައުގޫބް

21 ފެބުރުއަރީ 2020 | ހުކުރު 07:28

ރައްޔިތުންގެ މަޖިލީހުގައި މީހެއްގެ ދަށުވާ ޒާތުގެ އެއްވެސް ކަމެއް ނުކުރާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 21 ފެބުރުއަރީ 2020 | ހުކުރު 07:28
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

"އަނގައެއް" އޮތިއްޔާ ކޮންމެ މީހަކަށްވެސް ތެޅުވިދާނެކަމަށާއި، ދުވަހަކުވެސް ވައްކަމެއް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި މާލޭ ރައްޔިތުން ދިރިއުޅެނީ ޕަލަސްތީން ރައްޔިތުން އުޅޭފަދަ ހާލަތެއްގައި ކަމަށް ބުނެ އަތޮޅު ތެރޭ ރައްޔިތުން އިޒްރާއީލް މީހުންނާއި އެއްހަމައެއްގައި ސިފަ ކުރައްވާ ދެއްކެވި ވާހަކައަކާއި ގުޅިގެން އެދުވަސްވަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ވާހަކައަށް ރިއާޔަތްކޮށް މެމްބަރު ޔައުގޫބް ވަނީ އިސްރާއިލްގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމަޔަކުން މި ރާއްޖޭގެ "ރާއްޖެ ތެރޭ މީހުން" މިނެކުރުމުން އެކަމާއި ލަދުވެތިވެ އަދި ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ދެއްކެވި ވާހަކަ ދިފާއު ކުރެއްވުމަށް ދެއްކެވި ވާހަކައެއްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އަށް މެމްބަރު ޝަހީމް ވަނީ ކޮރަޕްޝަންގެ ތުހުމަތުު ކުރައްވައިފައެވެ. އެގޮތުން އަނދުން ހުސެއިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޔައުގޫބް ވަނީ މީގެ ކުރިން ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ. ނަމަވެސް، ޔައުގޫބް މިހާރު ވަނީ "ކޮޅު ގޮހޮރަށް ކައިގެން" ކޮންމެ ކަމެއް ވެސް އޯކޭވެ، ބައެއްގެ ދަށު ވެފައިވާ ކަމަށާއި އެއީ ފެންވަރުކަމަށް ވިދާޅުވެފައެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޔައުގޫބް ވިދާޅުވީ މީހަކަށް ކޮންމެ ފަދަ ވާހަކަ ދެއްކިދާނެކަމަށާއި ސީޕްލޭން ޓާރމިނަލް މައްސަލަ އެންމެ ފުރަތަމަ މަޖިލީހުގެ ސަމާލުކަމަށް ގެނައީވެސް އެބޭފުޅާކަމަށެވެ. އަދި އޭގެ ފަހުންވެސް ޓީއެމްއޭއަށް އެއްކޮށް ސީޕްލޭން ޓަރމިނަލް ދިނުމާއި ދެކޮޅަށް ވަކާލާތުކުރެއްވި އެކަކީ ތިމަންނާކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރިޝްވަތުގައި ހިފިނަމަ، ޓީއެމްއާއި އެއްކޮޅަށް މައްސަލަ ނިންމެވުމަށް މަސައްކަތް ކުރާނެ ނޫންތޯ އޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އިތުރަށް ޔައުގޫބް ވިދާޅުވީ، ދެކޮޅުނުޖެހޭ ވާހަކަ ދެއްކެވިއަސް ރައްޔިތުން އެކަމެއް ގަބޫލު ނުކުރާނެކަމަށެވެ.

ޔައުގޫބް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލެއްވި އިރު ބަހުސްގައިވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބޭފުޅާ އެފަދަ ކަމެއްގައި ނުޖެހޭނެކަން ވިދާޅުވެފައިވާނެކަމަށެވެ. އަދި މާލީ ބަޔާން ހާމަކުރިއިރު ފަސް މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ނަންމަތީގައި އޮތް ކަމަށެވެ. އަދި އެއީ އޭނާގެ ރައްޓިއްސަކު ދިން ހަދިޔާއެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ނަމަވެސް، މެމްބަރުކަމަށް އިންތިހާބުވެވަޑައިގަތްތާ ހަފުތާއެއްގެ ތެރޭގައި އެޕާޓްމަންޓު ހަދިޔާ ކުރެއްވި ފަރާތަށް ޔައުގޫބް ވަނީ އަނބުރާ ރައްދުކޮށްފައެވެ. މިހެން އަމަލުކުރެއްވީ، އެޕާޓްމަންޓް ދީފައިވާ ފަރާތުގެ ނުފޫޒެއް އަތުވެދާނެ ހާލަތެއްގައި އެހެން ވިޔަނުދިނުމަށް ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުންނެވިހާ ދުވަހަކު، މީހެއްގެ ދަށުވާ ޒާތުގެ އެއްވެސް ކަމެއް ނުކުރާނެކަމަށާއި ރިޝްވަތު ދޭން އުޅެފިނަމަ އެ ފަރާތެއްގެ މައުލޫމާތު ކެރިގެން ހާމަކުރާނެކަމަށް މެމްބަރު ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
27 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކިޔަސް އަނބުރައި އަތުލާނަން: އެމްޔޫއޯ

27 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކިޔަސް އަނބުރައި އަތުލާނަން: އެމްޔޫއޯ
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް