Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. އަތޮޅު ވިއްކާލުން

ފ. އަތޮޅު ވިއްކިޔަސް އަނބުރައި އަތުލާނަން: އެމްޔޫއޯ

27 ފެބުރުއަރީ 2017 | ހޯމަ 18:47

ފ. އަތޮޅު ވިއްކުން ހުއްޓުވާނަން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 27 ފެބުރުއަރީ 2017 | ހޯމަ 18:47
އެމްޔޫއޯއިން މިއަދު ބޭއްވި ބައްދަލުވުން

އެމްޔޫއޯއިން މިއަދު ބޭއްވި ބައްދަލުވުން

ފ. އަތޮޅު ވިއްކުން ހުއްޓުވާނެ ކަމަށާއި، އެ އަތޮޅު ވިއްކިޔަސް އަތުލާނެ ކަމަށް އެމްޔޫއޯއިން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ޝަހީ އާއިލާއަށް ފ. އަތޮޅު ވިއްކާލުމަށް ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެމްޔޫއޯއިން ހޯމަ ދުވަހު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ

Advertisement - newsAdvertisement

ފ. އަތޮޅު އަތޮޅު ވިއްކައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ކުރިން އޮތް ގޮތަށް އިޔާދަ ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަލުން އިސްލާހުކުރަން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެކަމާ ދެކޮޅަށް ސަރުކާރުގެ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށް، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވެސް ހިމެނިވަޑައިގެންނެވި އަދި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގައި މަސައްކަތް ކުރެއްވި ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޔޫއޯގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޔޫތު މިނިސްޓަރު އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓުގެ ޓޫރިޒަމް އެންޑް ގެސްޓް ހައުސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ގާނޫނާ ހިލާފަށް ކަމަށާއި "އެއީ އުފެދުމުގައި ވެސް ބާތިލް އިސްލާހެއް" ކަމަށެވެ. އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ވޯޓަށް އެހުމަށް އެއް ގަޑިއިރަށް ވެފައި ވަނިކޮށް ސަރުކާރަށް ނިސްބަތްވާ 58 މެމްބަރުންނަށް ބިރު ދެއްކި އޭރު ރައީސް ޔާމީންގެ ކެބިނެޓް ހިމެނިވަޑައިގެންނެވި މަލީހް ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ފާސްކުރި އިސްލާހަށް އޭރު ތާއިދު ކުރެއްވި ބައެއް މެމްބަރުން މިހާރު އެކަމާ ހިތާމަ ކުރައްވާ ކަމަށާއި ފ. އަތޮޅު ސައުދީ ރަސްގެފާނަށް ވިއްކާލިޔަސް، އެމްޔޫއޯގެ ވެރިކަމެއް އުފެދޭތާ 24 ގަޑިއިރުތެރޭގައި އެ އަތޮޅު އަތުލާނެ ކަމަށެވެ.

ފ. އަތޮޅު ވިއްކާލުމުގެ އަޑުތައް ބާރަށް ފެތުރެމުންދާއިރު، މަލީހު ވިދާޅުވީ އެ އަތޮޅަށް ހަދަން އުޅޭ ގޮތެއް އަތޮޅުގެ ރައްޔިތުންނަށް ވެސް ނޭނގޭ ކަމަށާއި ސަރުކާރުން ހިންގަން ހުޅޭ ކަމެއް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ ދެ ވަނަ އަށް އެންމެ ކުޑަ އަތޮޅު ކަމުގައިވާ ފ. އަތޮޅު ވިއްކާލުން ހުއްޓުވުމަށްޓަކައި އެމްޔޫއޯއިން ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ފަސް ރަށެއް އޮންނަ ފ. އަތޮޅުގެ އާބާދީ އަކީ 4،100 އެވެ. މި އަތޮޅު ސައުދީ ރަސްގެފާނު ބޭނުންފުޅު ވެގެން އުޅުއްވަނީ، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ އަތޮޅުގައި ކުރިން މީހުން ދިރިއުޅެމުން ދިޔަ، ހިމިތި އާއި ހިމިތި ކައިރީގައިވާ ފަޅުތަކުގައި ދުނިޔޭގެ ފެންނަވަރުގެ ލަގްޒަރީ ސިޓީއެއް ހެދުމަށެވެ. އެ ސިޓީގައި އެއް މިލިއަން މީހުން އާބާދުކުރާނެ ކަމަށާއި މާޗް މަހުގައި ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގެން ފ. އަތޮޅުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވަނީ ރާއްޖެއެމްވީއަށް އެނގިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީ ބަހެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވަނީ ކުރައްވައިފަ އެވެ. އަދި ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ފެތުރެމުންދާ އަޑުތައް ރައީސް އޮފީހުން ދޮގެއް ނުކުރެ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް