Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައު ސީޕްލޭން ޓަރމިނަލް

ކޮމިޓީގައި ޓީއެމްއޭ އާއި އެމްއޭސީއެލް އިންވެސް ވަނީ ދޮގުހަދާފައި: ޔަޢުގޫބް

ޔައުގޫބް ވިދާޅުވީ މިމައްސަލަ ބަލަމުންދިޔައިރު ކުރިން ނޭންގޭ އެތައް މައުލޫމާތުތަކެއް އެނގެމުން އައިކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 09:42
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްޤީކުރާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް ދިގު މުއްދަތަކަށް ދިނުމަށް ނިންމި މައްސަލަ ބަލަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްއާއި، ޓީއެމްއޭއިންވެސް ދޮގު މަޢުލޫމާތު ދީފައިވާކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރ ޔައުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމްުއި މިމައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވި ޔައުޤޫބް ވިދާޅުވީ މިމައްސަލަ ބަލަމުންދިޔައިރު ކުރިން ނޭނގޭ އެތައް މަޢުލޫމާތުތަކެއް އެނގެމުން އައިކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ޓީއެމްއޭއާއެކު ކޮށްފައިވާ އެތައް މުޢާމަލާތްތަކެއް އެނގިގެންދިޔަކަމަށް ޔައުޤޫބް ވިދާޅުވި އެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ގިނަ މުޢާމަލާތްތަކެއް ކުރަމުން އާއިރު ކޮމިޓީގައި އެމްއޭސީއެލްގެ ބޯޑުގެ ބޭފުޅުން މަސައްކަތްކުރެއްވީ ވަކި މިޞްރާބަކަށް މިމައްސަލަ ގެންދިޔުމަށްކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

އެގޮތުން ޔައުޤޫބް ވިދާޅުވީ އެމްއޭސީއެލް އިން މަސައްކަތްކޮށްފައިވަނީ ސިޓީތަކުގައި ސޮއިކޮށްފައިވާ ކުންފުނީގެ ޖެނެރަލް މެނޭޖަަރ ކޮމަރޝަލް ހުސައިން ފަޒީލް އާ ދިމާލަށް މިމައްސަލަ ގެންދިޔުމަށްކަމަށް ޔައުޤޫބް ވިދާޅުވި އެވެ. ނަމަވެސް ހުސައިން ފަޒީލް ކޮމިޓީއަށް ހާޒިރުކުރުމުން އިތުރު މަޢުލޫމާތުތައް ސާފުވެގެންދިޔަ ކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

މީގެއިތުރުން ޔައުޤޫބް ވިދާޅުވީ އެމްއޭސީއެލްގެ ބޯޑުން ކޮމިޓީގައި އިތުރު ފުޅު ހައްދަވާފައިވާތީ އޭގައި ގޯސްހަދާފައި އޮތީ ކޮންބައެއްކަން ދެނެގަނެ އެ މައްސަލަ ބަލަންޖެހޭ ފަރަތްތަކުން މައްސަލަ ބެލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.

މީގެއިތުރުން މައްސަލަ ކޮމިޓީން ބަލަމުންދިޔައިރު ޓީއެމްއޭއާ ވެސް ބައްދަލުކުރި ކަމަށް ޔައުޤޫބް ވިދާޅުވި އެވެ. ޓީއެމްއޭއިން އިތުރަށް ހޯދަންޖެހޭ މަޢުލޫމާތެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް އޮޑިޓް ކުރަމުންދިޔައިރު ރިޒޯޓްތަކަށް ލައުންޖް ތައް ދީފައިހުރި އަގުތައް ހޯދަމުންދިޔައިރު ދަތިވެގެން އެކަމަށް ޓީއެމްއޭއިން ހުރަސް އެޅި ފަދަ މަޢުލޫމާތެއް ލިބިފައިވާތީ އެކަމާމެދު ސުވާލުކުރެއްވި ކަމަށް ޔައުޤޫބް ވިދާޅުވި އެވެ. އޭގެ ޖަވާބަކަށް ޓީއެމްއޭއިން ބުނެފައިވަނީ އެކަމަށް ހުރަސް އަޅާފައިނުވާ ކަމަށެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ ސެޝަންގައި ލިބިގެންދިޔައީ އެހެން މަޢުލޫމާތުތަކެއް ކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

އައު ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު