Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓަރ

ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފޮޓޯޖެހުމަކީ ޤާނޫނީ ކުށެއް

ކުށުގެ ވެށީގައިވާ ކުޑަކުދިންގެ މައުލޫމާތު ހާމަކޮށް ފޮޓޯޖެހުމަކީ ކުށެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2020 | ބުރާސްފަތި 03:31
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފޮޓޯ އެއްވެސް މީޑިޔާއެއްގައި އަދި އެނޫންވެސް ގޮތަކަށް ޕަބްލިޝްކުރުމަކީ މިއަދުން ފެށިގެން ޤާނޫނީ ކުށެއްކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ (އައިޝާ) ވިދާޅުވެއްޖެ އެވެ.

20 ނޮވެންބަރު 2019ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނު ނަންބަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ 20 ފެބުރުވަރީ 2020ވާ ބުރާސްފަތި ދުވަހުގައި ކަމަށް އެގާނޫނުގައި ވަނީ ބުނެފައެވެ. އެއާއެކު މިއަދުން ފެށިގެން މިވަނީ މިޤާނޫނަށް އަމަލުކުރަން ފަށާފަ އެވެ.

އެހެންކަމުން ޖެންޑަރ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން މިޤާނޫނަށް އަމަލުކުރަން ފަށާފައިވާކަމަށް ވިދާޅުވެ ކުށުގެ ވެށީގައިވާ ކުޑަކުދިންގެ މައުލޫމާތު ހާމަކޮށް ފޮޓޯޖެހުމަކީ މިޤާނޫނުގެ ދަށުން ކުށެއްކަން ހަނދާން ކޮށްދެއްވާފަ އެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ މިޤާނޫނަށް ހުރިހާ އެންމެންވެސް އަހުލުވެރިވުމަށް ވިދާޅުވެފަ އެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީމަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެން ނުވާނެކަމަށެވެ. އަދި އެމާއްދާގެ ށ ގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީމަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައިޝާއިޢުކޮށްގެން ނުވާނެއެވެ.

މިމާއްދާގެ ނ ގައި ބުނެފައިވަނީ މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަޞްލަޙަތަށްޓަކައި،ހުއްދަކުރެވިގެންވާ ޙާލަތްތަކެއްގައި އަދި ލިޔުމުން ރެކޯޑުކުރެވޭސަބަބުތަކަށްޓަކައި، ޝަރުޢީ ކޯޓަކުން ނުވަތަ ޗިލްޑްރެންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް ޢާންމު ކުރެވިދާނެކަމަށެވެ.

މީގެއިތުރުން ޤާނޫނުލް އުޤޫބާތުގެ 622 ވަނަ މާއްދާ ބުނާގޮތުން، ހަޑިހުތުރު އެއްޗެހި ހިމެނޭ ފޮޓޯއާއި ލިޔުމާއި، މަންޒަރާއި ރެކޯޑާއި އަދި އެނޫންވެސް އެފަދަ ތަކެތި އުފެއްދުމާއި ބެހުމާއި އާއްމުކުރުމަކީ ކުށެކެވެ. އަދި އެފަދަ ތަކެތި ރައްދުވާ ފަރާތަކީ ކުޑަކުއްޖެއް ނަމަ ކުށުގެ ދަރަޖަ 1 ދަރަޖަ އިތުރުވެ، އަދަބު ބޮޑުވާނެއެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ

19 ޖޫން 2017
ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ
31 މެއި 2017

ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ

31 މެއި 2017
ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު