Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ޑރ.މުއިއްޒު، އައްޑޫ ސިޓީއަށް ލަތީފް

20 ފެބުރުއަރީ 2020 | ބުރާސްފަތި 03:29

ޑރ.މުއިއްޒަކީ ގާބިލް ތައުލީމީ ކެންޑިޑޭޓެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 ފެބުރުއަރީ 2020 | ބުރާސްފަތި 03:29
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވާދަކުރައްވަން ނިންމަވައި ފޯމް ހުށަހަޅުއްވައިފިއެވެ.

ބައެއް މީޑިއާތަކަށް މިކަން ޕީޕީއެމުން ކަށަވަރުކޮށްދީފައިވާއިރު، މިދެ ބޭފުޅުން ވެސް ވަނީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް އެޕާޓީގެ ޓިކެޓް ޑރ. މުއިއްޒަށް ދިނީ އެންމެ ގާބިލް އަދި ތައުލީމީ ކެނޑިޑޭޓަށް ވާތީ ކަމަށް އެޕާޓީން ބުނެއެވެ.

މާލޭގެ މޭޔަރުކަމަށް ޑރ.މުއިއްޒު ކުރިމަތިލައްވާފައިވާއިރު، އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ބޭފުޅާއެވެ.

މުއިއްޒުގެ މިނިސްޓަރުކަމުގައި މާލޭގެ ގިނަ ޕާކުތަކާއި، މާލޭގެ މަގުތައް އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ފްލެޓްގެ ލިޔުންތައް ހަވާލުކުރިއެވެ. ނަމަވެސް މިކަންކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި، ފްލެޓްތައް ދޫކޮށްފައިވަނީ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ލަތީފްއާ ބެހޭގޮތުން ޕީޕީއެމުން ބުނީ، އޭނާއަށް ޓިކެޓް ދިނީ ރައީސް ޔާމީންއާއެކު މަސައްކަތް ކުރައްވާ ގިނަ ދުވަހު ޕާޓީއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވާތީ ކަމަށެވެ. އަދި ލަތީފްގެ ގާބިލްކަމާ މެދު ޝައްކުނުކުރާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މާލެ ސީޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު ނުކުންނަވާއިރު، ސަރުކާރު ހިންގާ މައި ޕާޓީގެ އެމްޑީޕީގެ ފަރާތުން ނުކުންނަނީ އެޕާޓީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރެވެ.

މިހާތަނަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އަނެއް ފަރާތަކީ، އަލްހާން ފަހުމީއެވެ. އޭނާ ވާދަކުރައްވަނީ މިނިވަން ކެނޑިޑޭޓެއްގެ ހައިސިއްޔަތުންނެވެ.

އައްޑޫ ސިޓީއަށް ބަލާއިރު މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރެވެ.

އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ގިނަ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް