Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ މަރުގެ މައްސަލަ

މަސްތުވާތަކެތި ދިން ކަމަށް ބުނެ އަދުހަމް ދައްކާފައިވަނީ އަސްލެއްނެތް ވާހަކަތަކެއް: ފުލުހުން

18 ފެބުރުއަރީ 2020 | އަންގާރަ 16:19

އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް އެކަށީގެންވާ ޤަރީނާ އެބަހުރިކަމަށް ފުލުހުން ބުނި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ފެބުރުއަރީ 2020 | އަންގާރަ 16:19
ޝަރިއަތުގެ މަޖިލީހަށް އަދުހަމް ގެންދަނީ

ޝަރިއަތުގެ މަޖިލީހަށް އަދުހަމް ގެންދަނީ

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އަށް ފުލުހުން މަސްތުވާ ތަކެތި ގަނެފައި ދިންކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގޮކޮށްފިއެވެ.

ފުލުހުން އެކަން ދޮގުކޮށްފައި މިވަނީ އަންގާރަ ދުވަހު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ފުލުހުންގެ މައްޗަށް އަދުހަމް ކޮށްފައިވާ ތުހުމަތު ތަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ފުލުހުން ބުނެފައިވަނީ ގާސިމް މަރާލި މައްސަލައިގައި އަދުހަމް ޝަރީޢަތުގައި ދައުވާއަށް އިންކާރު ކުރި ކަމުގައި ވީނަމަވެސް، އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް އެކަށީގެންވާ ޤަރީނާ އެބަހުރި ކަމަށެވެ.

ފުލުހުން އަދުހަމަށް މަސްތުވާތަކެތި ގަނެފައި ދިން ކަމަށް ބުނެ އަދުހަމް ޝަރީޢަތުގައި ދައްކާފައިވާ ވާހަކަ ތަކަކީ އެއްވެސް އަސްލެއް ނެތް ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ފުލުހުން ވަނީ ބުނެފައެވެ.

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަދުހަމްގެ މައްޗަށް ކުރާ ދައުވާ އާއި، ކުށް ސާބިތު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހަޅާ ހެއްކާއި ގަރީނާތަކާއި އަދި އަދުހަމުގެ އިއުތިރާފުގެ ބަޔާން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ އިއްވުމުން ތަކުރާރުކޮށް، އަދުހަމް ގާތު އެމައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އެއްސެވުމުންވެސް އަދުހަމް އެދުވަހު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގާސިމް މަރާލުމުގައި އަދުހަމް އަމަލުކޮށްފައިވާ ގޮތުގެ ބަޔާނާއި އަދި ޕީޖީ އޮފީހާއެކު އަދުހަމް ވެފައިވާ އިއުތިރާފުގެ އެއްބަސްވުން އެއީ އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތި ދީފައިވާ ބަޔާންތަކެއް ކަމަށާއި އެހުރިހާ ކަމަކަށް އިއުތިރާފްވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އަންގާރަ ދުވަހު އޮތް ޝަރިއަތުގެ މަޖިލީހުގައި އަދުހަމް ބުނެފައިވަނީ އިބްތިދާއީ އެ އަޑުއެހުމުގައި އޭނާ ދެއްކި އެއްވެސް ވާހަކައަކީ އޭނާ ހަމަހޭގައި ހުރެގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށާއި، އެއީ އޭނާ މަސްތުގެ ހާލުގައި ހުރެގެން ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދުހަމް ބުނީ އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމާ ހަމައަށް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށަގަ ކަމަށެވެ. އެދުވަސްތަކުގައި އޭނާއަށް މަސްތުވާތަކެއްޗާއި، ސިނގިރޭޓާއި ސުޕާރީފަ ދަ ތަކެތި އޭނާއަށް ފުލުހުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދުހަމް ބުނީ އޭނާ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރި ދުވަހަކު ކޯޓުގައި ވެސް "ހާއްސަ އިނާޔަތްތައް" އަދުހަމަށް ދެމުންދާ ކަމަށް ފުލުހުން ބުނެފައިވާނެ ކަމަށެވެ. އެ ހާއްސަ އިނާޔަތަކީ އަދުހަމް ބުނާގޮތުން އެއީ މަސްތުވާތަކެއްޗާއި ސިނގިރޭޓާއި ސުޕާރީ ފަދަ ތަކެއްޗެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް