Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސީޕްލޭން ޓަރމިނަލް މައްސަލަ: ހުރިހާ ތައުރީފެއް ހައްގަށް ވަކާލާތުކުރި ފަރާތްތަކަށް

އެމްއޭސީއެލްއިން ޓީއެމްއޭއަށް ޓަރމިނަލް ދޭން މަސައްކަތްކުރި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2020 | އަންގާރަ 15:04
ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ފްލައިޓެއް

ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ފްލައިޓެއް

އައު ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައިވާ ކަމުގެ ވާހަކަތައް ތިލަވީ ހިސާބުން މިސަރުކާރަށާއި، އެމްއޭސީއެލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ. ދިވެހި ދައުލަތުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކުން 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި އިމާރާތެއްގެ މާލީ މަންފާ، ދިވެހި ދައުލަތް ނޫން ބަޔަކަށް ލިބޭ ގޮތަށް ހަމަ ޖެހިގެން ދިއުމަކީ ދިވެހިންނަށް ހަޖަމްވާނެ ކަމެއް ނޫނެވެ.

ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، މިއީ މި ޓަރމިލަން އަޅަން ފެށި ހިސާބުން އުފަންވެފައި އޮތް މައްސަލައެކެވެ. އަދި އެތައް ވާހަކަތަކެއް ދެކެވި އެތައް މަޝްވަރާތަކެއް ކުރެވިފައިވާއިރު، މުޅިންވެސް ފެންނާން އޮތީ ޓީއެމްއޭއަށް ބުރަވެގެން ނިންމުންތަކެއް ނިންމާފައިވާ މަންޒަރެވެ. އެމްއޭސީއެލްގެ ބޯޑުގައި އޭރު ތިއްބެވި ފަރާތްތަކުންވެސް، އަދި މިހާރު ތިއްބެވި ފަރާތްތަކުގެ ވިސްނުން ހުރީ އެމަގަށެވެ.

މިމައްސަލައިގައި ކުރެވިފައި ހުރި މުއާމަލާތްތަކަށް ބަލާއިރު، 2017 ވަނަ އަހަރުން ފެށިގެން މިކަމުގައި ޓީއެމްއޭއާއި އެމްއޭސީއެލްއާ ދެމެދު އެކި ފަހަރުމަތިން މުއާމަލާތް ކުރެވިފައިވެއެވެ. މުޅިން އެއްކޮށް ދޭން ކަަމަށް އެއްވެސް އިރެއްގައި އެއްބަސްވެވިފައި ނުވީ ނަމަވެސް، ފާހަގަވާ އެއް ކަމަކީ ޓީއެމްއޭއަށް ވަރަށް ބޮޑަށް ދޫތަކެއް ދޭން މަސައްކަތް ކޮށްފައިވާތަނެވެ.

އެމްއޭސީއެލްގެ ހައިބަތު ހުރި ކުންފުންޏަކުން އައު ޓަރމިނަލަށް ބޭނުންވާ މުވައްޒަފުން ބިނާކުރަން މަސައްކަތްކޮށްފައި ނުވުމަކީ މީގެ ސާފު ހެއްކެކެވެ. އެކަން އޭސީސީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަނެއް ކަމަކަށް އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރިއިރު، ދުރާލާ ކަންކަން ރާވަން މަސައްކަތް ކޮށްފައި ނެތުމަކީވެސް މިކަމުގެ ހެއްކެކެވެ.

އެމްއޭސީއެލްގެ މަސްލަހަތަކީ ދިވެހި ދައުލަތުގެ މަސްލަހަތެވެ. ޔައުނީ އެންމެހާ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. މައްސަލައިގެ އެންމެ ފުނަށް ފީނާލާއިރު، އެއްވެސް އިރެއްގައި އެމްއޭސީއެލްގެ މަސްލަހަތު އިސްކޮށްފައިވާ މަންޒަރެއް ނުފެނެއެވެ. އެހެންކަމުން މިކަމުގައި އަމަލުކޮށްފައިވަނީ މުޅިން ގޯސްކޮށެވެ.

ހަގީގަތަކީ، މި މައްސަލައިގައި ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ކިރިޔާވެސް ތަސައްލީއެއް ލިބޭވަރުގެ ނިންމުމަކާ ހަމައަށް ދިއުމަށް ކޮށުނު މަގަކީ އެތައް ބަޔެއްގެ ބުރަ މަސައްކަތެވެ. ހާއްސަކޮށް ފުރަތަމަ ދުވަހުން ފެށިގެން މިކަމާ ދެކޮޅަށް ވަކާލާތުކުރި މެމްބަރުންނާއި، ނޫސްވެރިންނާއި، އަމިއްލަ ފަރުދުންނެވެ. އެހެން އެކަން ނުވީނަމަ، މިތަން ދިވެހިންގެ އަތުން ދޫވެގެން ދިޔައިހެވެ.

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް ވަކާލާތުކުރި އެންމެނަށް ޝުކުރު އަދާކުރަމެވެ. މިއަދު ސަރުކާރުން ނިންމާ ނިންމުމެއްގެ ފަހަތުގައި ވަނީ އެބުރަ މަސައްކަތް ކުރި ފަރާތްތަކެވެ. ދިވެހިންގެ ޓަރމިނަލް ދިވެހިންގެ އަތުން ދޫނުވެ ދިއުމުގެ ފަހަތުގައި ވަނީ އެ ފަރާތްތަކުން ސަރުކާރަށް ކުރިމަތިކުރި ޕްރެޝަރު ކަމާއިމެދު ޝައްކެއްވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު