Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރުގެ މައްސަލަ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރާ ގުޅުން ކަނޑާލަފައިވަނީ ޖޫންމަހުގެ 5 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 7 ޖުލައި 2017 | ހުކުރު 07:17
 ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް ދިން މުހުލަތު ޖުލައި މަހުގެ ދެވަނު ދުވަހު ހަމަވުމާއެކު އިތުރު 48 ގަޑިއިރުވަނީ ދީފައިވޭ

ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް ދިން މުހުލަތު ޖުލައި މަހުގެ ދެވަނު ދުވަހު ހަމަވުމާއެކު އިތުރު 48 ގަޑިއިރުވަނީ ދީފައިވޭ

ޓެރެރިޒަމަށް ވާގިވެރިވެދޭކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑާލާފައިވަނީ ޖޫންމަހުގެ ފަސްވަނަ ދުވަހުއެވެ. ސައުދީގެ ފަހަތުން އެ ގައުމަށް ތަބާވާ އިތުރު ބައެއް ގައުމުތަކުން އެ ނިންމުމާއެއްގޮތަށް އަމަލުކުރިއެވެ . އޭގެ ތެރޭގައި ދުރުގައި އޮތް ކުޑަ ދިވެހިރާއްޖެވެސް ހިމެނެއެވެ. މިސްރާއި އެކުވެރި އަރަބިއިމާރާތާއި ބަހްރެއިންވަނީ ސައުދީން ގަތަރާމެދު ދެއްކި ކޮންމެ ވާހަކައަކީ ތެދުކަމަށްނިންމައި ސައުދީ އެޅި ކޮންމެ ފިޔަވަޅެއް ނަކަލުކޮށް އެ ފިޔަވަޅެއް ގަތަރާމެދު އަޅާފައެވެ. ގަތަރުގެ މައްޗަށް ކުރާ ބޮޑު ތުހުމަތު ތަކުރާރުކޮށް އެ ގައުމުން ގެންދަނީ ދޮގު ކުރަމުންނެވެ. ގަތަރުގެ މައްސަލަ ހައްލުކުރުމަށް ނުކުތީ ގަލްފްގެ ތަނަވަސް ގައުމެއްކަމަށްވާ ކުވެއިތުއެވެ. ހައިޖާނުގަނޑު ހިލުނުތާ ސައްވީސްގަޑިއިރު ނުވަނީސް ކުވެއިތުންވަނީ އިސްވެ މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށާފައެވެ.ކުވެއިތު މެދުވެރިކޮށް ގަތަރަށް ދެން އައީ މިނިވަންކަމެއް ނެތް ގައުމަކަށް އަންނާނެފަދަ ޝަރުތުތަކެކެވެ.ސައުދީއާ އެގައުމާ ބައިއަތު ހިފި ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނީ ޤަތަރަށް ކުރި 13 ޝަރުތު ބަލައިގަތުމުންކަމަށްބުނެ ސުންގަޑިއެއް ދިނެވެ. ގަތަރަށް ހުށަހެޅި 13 ޝަރުތުގެ ތެރޭގައި އިރާނާއެކު ޤަތަރުން ބާއްވާ ސިޔާސީ ގުޅުން ހަނިކޮށް، ޤަތަރުގައި ހުރި އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރުމާއި، ގަތަރުގައި ތިބި އިރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިން ޤަތަރުން ބޭރުކޮށް، އިރާނާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލުމާއި ގަތަރުގައި ތުރުކީން ބިނާކުރާ އަސްކަރީ ބޭސްގެ މަސައްކަތް ވަގުތުން ހުއްޓުވުމާއި އަސްކަރީ ގޮތުން ތުރުކީ އާއި އޮންނަ ގުޅުން ކަނޑާލުމާއި މުސްލިމް ބްރަދަރހުޑް، އައިއެސް، އަލްގައިދާ، ޖަބްހަތު ފަތަހް އަލް ޝާމް (ކުރިން ނުސްރާ ފްރޮންޓް) އަދި ލުބްނާންގެ ހެޒްބުﷲ އާ ޤަތަރުން ބާއްވަމުންދާ ހުރިހާ ގުޅުމެއް ކަނޑާލުމާއިއެކު، ސައުދީ އަރަބިޔާ، ބަޚްރެއިން، ޔޫއޭއީ، އަދި މިސްރާއި އެމެރިކާއިން ޓެރަރިސްޓުންގެ ލިސްޓަށް އިތުރު ކުރާ ޖަމާއަތްތަކާ ވެސް ގުޅުން ކަނޑާލުން. ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނޫސް އިދާރާކަމަށްވާ ޤަތަރުގެ އަލްޖަޒީރާ ޗެނަލް ބަންދުކުރުމުގެ އިތުރުންވެސް ބައެއް ޝަރުތުތައް ހިމެނެއެވެ.މި ޝަރުތުތަކަށް 10 ދުވަހުގެ ތެރޭގައި އެއްބަސްވުމާއި އެއްބަސް ނުވެއްޖެ ނަމަ ޝަރުތުތައް ބާޠިލްވާނެކަމަށްވެސް ސައުދީންވަނީ ގަތަރަށް އަންގާފައެވެ. ޝަރުތުތަކަށް މުހުލަތު ހަމަވިއިރު ޤަތަރުންވަނީ އެ ގައުމުގެ ވިސްނުން ހާމަކޮށްފަ އެއީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫންކަމަށް އެ ގައުމުންވަނީ ބުނެފައެވެ. އެއާއެކު މަޝްވަރާތަކަށް ގޮވާލާ ގޮވާލުން ޤަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވަނީ ތަކުރާރު ކުރައްވާފައެވެ.

ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް ދިން މުހުލަތު ޖުލައި މަހުގެ ދެވަނު ދުވަހު ހަމަވުމާއެކު އިތުރު 48 ގަޑިއިރުވަނީ ދީފައެވެ. އެ މުއްދަތު ޖުލައިމަހުގެ 5 ވަނަ ދުވަހު ހަމަވުމާއެކު ސައުދީ، މިސްރު،ޔުނައިޓެޑް އަރަބް އެމިރޭޓްސް،އަދި ބަހްރެއިންގެ ޚާރިޖީ ވަޒީރުން މިސްރުގެ ވެރިރަށް ގާހިރާގައިވަނީ ބައްދަލުކުރައްވާފައެވެ.

ގާހިރާގައި ގުޅިގެން ބާއްވާފައިވާ ނޫސްކޮންފަރެންސްގައި މިސްރުގެ ޚާރިޖީވަޒީރު ސާމިހް ޝުކްރީ ވިދާޅުވީ ޤަތަރުން ދީފައިވާ ޖަވާބަކީ ޖުމްލަކޮށްބަލާއިރު އިދިކޮޅު ޖަވާބެއްކަމަށެވެ. އަދި ޤަތަރާމެދު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމުގެ ބިންގާ އެޅުން ފެއިލްވެއްޖެކަމަށެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބެއިރު ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޤަތާރާމެދު ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް، އެ ކަންކަމަށް އެކަށީގެންވާ ވަގުތުތަކުގައި އަޅާނެކަމަށެވެ.އަދި ގަތަރުގެ ސޔާސަތުތައް ބަދަލުކުރަންދެން ސިޔާސީ އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގޮތުގައި އޮންނާނެކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚާރިޖީވަޒީރު އަބްދުﷲ ބިން ޒައިދް އަލް ނަހްޔާން ގެ ބަސްމަގު ގަތަރާމެދު ހުރީ އަދި މާ ހަރުކަށި ކޮށެވެ.އެ މަނިކުފާނު ވިދާޅުވެފައިވަނީ ގަތަރުގެ ޝައުގުވެރިކަން ހުރީ ފަނާކުރުމާ،ފިތުނައުފެއްދުމާއި، ހައްދުފަހަނަ އެޅުމާ ޓެރެރިޒަމަށް ކަމަށެވެ.

ޤަތަރަށް ނޭވާލިޔަ ނުދޭނެފަދަ މޭރުމަކުން މި ގައުމުތަކުގެ ވާހަކަ ހުރި ނަމަވެސް ޤަތަރާ އެއްކޮޅަށްތިބީވެސް ދެރަ ގައުމުތަކެއް ނޫނެވެ ކާބޯތަކެއްޗާ އެހެނިހެން އެހީތެރިކަން ޤަތަރަށް ފޯރުކޮށްދިނުމުގައި އީރާނާއި ތުރުކީ އޮތީ ފޫގަޅާފައެވެ.އެމެރިކާއާއި ޔޫރަޕެއް ސައުދީގެ ވާހަކަތަކަށް ތާއީދުކޮށް ޤަތަރާ ޖެހިގަންނާކަށް ބޭނުމެއް ނުވިއެވެ.ކުރިޔަށް އޮތްތަނުގައިވެސް އެކަންކަކަމަކީ ސައުދީއަށް ކާމިޔާބުކުރެވިދާނެ ކަންކަން ކަމަކަށް މަސްރަހު ބައްލަވާ ބޭފުޅުން ވިދާޅެއް ނުވެއެވެ. އެންމެ ސަބަބެއްވެސް އެކަމުގެ ހެއްކަކަށްފުދެއެވެ. އެމެރިކާއިން މެދުއިރުމަތީގައި ޤާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ މަރުކަޒު އޮންނަނީ ޤަތަރުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!

14 ޑިސެމްބަރު 2018
ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

12 ނޮވެމްބަރު 2018
ފުވައްމުލަކު މަގަށް ހައްލެއް ނުލިބި އިތުރު ފަސް އަހަރު، ރައްޔިތުން އެދެމުންދަނީ އެކަމަށް ހައްލެއް!

ފުވައްމުލަކު މަގަށް ހައްލެއް ނުލިބި އިތުރު ފަސް އަހަރު، ރައްޔިތުން އެދެމުންދަނީ އެކަމަށް ހައްލެއް!

27 ސެޕްޓެމްބަރު 2018
މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު