Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރުގެ މައްސަލަ

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

އަރަބި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ، ގަތަރުން ހުރިހާ ތުހުމަތުތައް ދޮގު ކުރޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 10:41
ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ދިރިއުޅުުމުގެ ފެންވަރު މަތި ގައުމެއް

ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ދިރިއުޅުުމުގެ ފެންވަރު މަތި ގައުމެއް

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. މި ނިންމުމާ އެކު0 ސަރަހައްދު ހަލަބޮލި ވެއްޖެއެވެ. ދުނިޔޭގެ ގައުމުތައް ވެސް ކަންބޮޑުވެއްޖެއެވެ. ހޯމަ ދުވަހުން ފެށިގެން މަޝްރަހު އަންނަނީ ދުވަހެއް ދުވަހަކަށް ހަލަބޮލިވަމުންނެވެ. ބއެއް ގައުމުތަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީކީ ނޫނެވެ. އެހެނިހެން ވެސް ދަތިތައް ގަތަރަށް ދަނީ ކުރިމަތި ކުރަމުންނެވެ. ބައެއް ގައުމުތަކުން ދަނީ ހަލަބޮލިވެފައިވާ މަޝްރަހަށް ނުވަތަ "އަލިފާނަށް ދަރުއަޅުމުންނެވެ."

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ޔޫއޭއީ އަށް ބަލާމަމާތޯއެވެ. ޔޫއޭއީ އިން ވަނީ ގަތަރާއެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލަފާނެ ކަމުގެ އިންޒާރު ދީފައެވެ. ޔޫއޭއީގެ ފޮރިން މިނިސްޓަރު އަންވަރު ގާގެޝް ރޮއިޓާސް އަށް ވިދާޅުވީ ގަތަރު ގޮތް ދޫނުކޮށްފި ނަަމަ އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު ގަަތަރާ ދެކޮޅަށް އަޅަން ތައްޔާރަށް އޮތް ކަމަށެވެ. ގަތަރުން "ޓެރަރިޒަމަށް ފަންޑުކުރާ" ކަމަށް ތުހުމަތު ކުރެވޭ މައްސަލަައާ ގުޅިގެން ހަރުދަނާ އަދި ދެގޮތެއް ނުވާ ނިންމުންތަކެއް އެ ގައުމުން ނިންމަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާގަޝް ފްރާންސްގެ "ފްރާންސް 24" އަށް ވިދާޅުވީ ޔޫއޭއީން ދެން އަޅާނެ ފިޔަވަޅަކަށް ބަލާއިރު ގަތަރާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލަން ޖެހިދާނެ ކަމަށެވެ.

ބަހްރައިން އަށް ބަލާލަމާތޯއެވެ. ބަހްރައިން އިން ދަނީ ގަތަރުން ކަން ކުރަން ޖެހޭ ގޮތް ތަކުރާރުކޮށް ބުނެ، "އަމުރު" ކުރަމުންނެވެ. އީރާނާ އެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލުމަކީ ގަތަރަށް މަޖުބޫރު ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ ބަހުރެއިންގެ ޚާރިޖީ ވަޒީރު އަނެއްކާވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ގަތާރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބަހުރެއިންގެ ޚާރިޖީ ވަޒީރު ޝޭޚް ޚާލިދު ބިން އަހްމަދު އަލް ޚަލީފާ ސައުދީ އަރަބިއްޔާގެ އަޝާގް އަލް އަސްވަތު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގަތަރުން އީރާނާ ދުރަށް ދާން ޖެހޭ ކަމަށާއި އަދި "ޓެރަރިސްޓް" ގްރޫޕްތަކަށް ވާގިވެރިވުން ގަތަރުން ހުއްޓާލަން ޖެހޭ ކަމަށެވެ. ބަހުރެއިންގެ ޚާރިޖީ ވަޒީރުގެ މި އިންޓަވިއުގައި އީރާނު ސިފަ ކުރައްވާފައި ވަނީ "އެއް ނަންބަރު ދުޝްމަން" ގެ ގޮތުގައެވެ. ބަހުރެއިންގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އީރާނަކީ ގަލްފް ސަރަހައްދުގެ ގައުމުތައް ބައިބައިކޮށް އެ ގައުމުތަކުގެ މައްޗަށް ގަދަވެ ގަންނަން މަސައްކަތް ކުރާ ގައުމެއް ކަމަށް ވިދާޅުވިއެވެ.

ސައުދީ، ޔޫއޭއީ, ބަހްރައިން އަދި މިސްރުން ވަނީ ގަތަރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގު ވެސް ބަންދުކޮށްފައެވެ.

ގަތަރު ދައުލަތުން ހިންގާ އަދި ބައިނަލްއަގްވާމީ ދުނިޔޭގެ މަޝްހޫރު ގަތަރު އެއާލައިންސް އަށް ވަނީ މިހާރު މި ކުރިއަށްދާ ހަލަބޮލިކަމާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި

ބުރާސްފަތި ދުވަހު އިވިގެން ދިޔަ އަޑަކީ ގަތަރާ އަވަށްޓެރި ގުޅުން ކަނޑާލި ގައުމުތަކުން، އަނެއްކާވެސް އާ ހަރުފަތަކަށް ކަންކަން ބަދަލުކޮށްލި ވާހަކައެވެ. ސައުދީ، ބަހްރައިން، މިސްރު އަދި ޔޫއޭއީ ވެގެން ނެރުނު ބަޔާނެއްގައި ވަނީ ގަތަރުގައި ގާއިމުވެފައިވާ ނުވަތަ ގަތަރުން ފަންޑު ކުރާ 59 މީހަކާއި އަދި 12 މުއައްސަސާއެއް ހިމެނޭ ގޮތުން "ޓެރާ ލިސްޓް" އެއް އެކުލަވާލާ އާންމުކޮށްފައެވެ. މި ލިސްޓުގައި މުސްލިމް ބްރަދާހޫޑާއި އަދި އެ ޖަމާއަތުގެ ރޫހާނީ ލީޑަަރު ވެސް ހިމެނެއެވެ. އަދި ގަތަރުގެ މަޝްހޫރު 18 ފަރާތެއް ވެސް ހިމެނެއެވެ. މި ނެރުނު ލިސްޓާ ގުޅޭ ގޮތުން ގަތަރުން ބުނީ، އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ލިސްޓެއް ނޫން ކަމަށެވެ.

ކޮންމެއަކަސް ގައުމުތަކުން ފިއްތުންތައް އިތުރުކޮށް އިންޒާރު ދެމުން ދިޔަޔަސް ގަތަރުން ތިބޭނީ އެގައުމު ގަބޫލު ކުރާ ގޮތުގައެވެ. އެކަން ޔަގީންވީ ގަތަރުގެ ޚާރިޖީ ވަޒީރު ބުރާސްފަތި ދުވަހި އަލް ޖަޒީރާ އަށް ވިދާޅުވި ބަސްފުޅުންނެވެ. އޭނާ ވިދާޅުވީ އަރަބި އަވަށްޓެރި ގައުމުތަކުން ކޮންމެފަދަ ޕްރެޝަރެއް ކުރިޔަސް، އެގައުމުގެ މިނިވަން އަދި މުސްތަގިއްލު ޚާރިޖީ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ. ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހަންމަދު ބިން އަބްދުއްރަހްމާން އަލް ސާނީ އިތުރަށް ވިދާޅުވީ "ގަތަރު ބްލޮކޭޑެއްގައި" ވާތީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ސާނީ ގައުމު ދޫކުރައްވައި އެމެރިކާގެ ރައީސްއާ ބައްދަލު ކުރެއްވުމަށް ގައުމުން ބޭރަށް ވެސް ވަޑާއިނުގެންނެވޭނެ ކަމަށެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަތަރުގެ މައްސަލަ ހައްުއްލު ކުރެއްވުމަށް މެދުވެރިއެއްގެ ރޯލް އަދާކުރެއްވުމަށް ހުށަހަޅުއްވައި، ގަތަރުގެ އަމީރަށް ވައިޓް ހައުސް އަށް ދައުވަތު އަރުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017
ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

19 މެއި 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު