Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

ޔުވެންޓަސްއިން ގާޑިއޯލާ އަށް ފާރަލަނީ!

11 ފެބުރުއަރީ 2020 | އަންގާރަ 14:40

ޔުވެންޓަސްގެ އަމާޒަކީ ޗެމްޕިއަންސް ލީގު

އަތޫފް އާތިފް
އަތޫފް އާތިފް | 11 ފެބުރުއަރީ 2020 | އަންގާރަ 14:40
ގާޑިއޯލާ ޗެމްޕިއަންސް ލީގު ތަށްޓާއިއެކު

ގާޑިއޯލާ ޗެމްޕިއަންސް ލީގު ތަށްޓާއިއެކު

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ވަކިކޮށް އެމަގާމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންނަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން ގާޑިއޯލާގެ އިތުރުން އެޓީމުގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީއަށް ވެސް އަންނަނީ ފާރަލަމުންނެވެ. މި ދެ ކޯޗުންނަކީ ތައްޓާއި ރައްޓެހި ދެކޯޗުންނެވެ. މީގެ ކުރިންވެސް ޔުވެންޓަސްއިން ވަނީ ގާޑިއޯލާއަށް ފާރަލައިފައެވެ. ނަމަވެސް ސާރީ އެޓީމަށް ގެނައީ ތަށްޓާއި ދުރު ނަމަވެސް ރީތި ސްޓައިލަކަށް ފުޓުބޯޅަ ކުޅުވާ ކޯޗަކަށް ވުމާއިއެކު ޔުވެންޓަސްގައި މިވަގުތު އޮތް ވަރުގަދަ ސްކޮޑާއެކު ކާމިޔާބު ހޯދޭނެ ކަމަށް ބަލައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްގެ ގިނަ ބޯޑު މެންބަރުން ބޭނުންވަނީ އެޓީމުގެ ކުރީގެ ކޯޗު އެލަގްރީ ގެންނާށެވެ. އަނެއްކޮޅުން އެލަގްރީ އަށް ގިނަ އޮފަރތަކެއް އަންނާތީ، އޭނާ މިވަގުތު ޔުވެންޓަސް ކޮންޓްރެކްޓްގައ ހުރުމުން އޭނާ ގެނައުމަށް ޔުވެންޓަސްއަށް އުނދަގޫ ނުވާނެއެވެ.

އަނެއްކޮޅުން ޔުވެންޓަސްގެ އިތުރު ބޯޑު މެންބަރުން ބޭނުންވަނީ ސާރީ މި ސީޒަން ނިމެންދެން ބެހެއްޓުމަށެވެ. އަދި މި ސީޒަން ނިމުމުން ސާރީ އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެމަގާމަށް އައްޔަނު ކުރުމަށެވެ. މި ސީޒަނުގައި ސިޓީން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ސީޒަން ނިމުމާއެކު ސިޓީގެ ކޯޗުކަމުގެ މަގާމުން އޭނާ ވަކިކުރުމަށް އުޅޭ ކަމުގެ އަޑު ވަނީ ގަދަވެފައެވެ.

ޔުވެންޓަސްގެ އެންމެ ބޮޑު އަމާޒަކީ، ޗެމްޕިއަންސް ލީގު ހޯދުމެވެ. ޗެމްޕިއަންސް ލީގު އެންމެ ފަހުން ޔުވެންޓަސްއަށް ކާމިޔާބު ކުރެވިފައިވަނީ 1996 ވަނަ އަހަރެވެ. މި މުބާރާތް ކާމިޔާބުކުރުމަށް ޔުވެންޓަސްއިން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެހެންވެ، ޔުވެންޓަސްއިން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެޓީމަށް ގެނަސްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

އުއްމީދަކީ މެސީ ބާސާގައި މަޑުކުރުން: ގާޑިއޯލާ

26 އޯގަސްޓު 2017
އުއްމީދަކީ މެސީ ބާސާގައި މަޑުކުރުން: ގާޑިއޯލާ
22 އޯގަސްޓު 2017

މެސީ ގެނައުމަކީވެސް ކުރެވިދާނެ ކަމެއް: ގާޑިއޯލާ

22 އޯގަސްޓު 2017
މެސީ ގެނައުމަކީވެސް ކުރެވިދާނެ ކަމެއް: ގާޑިއޯލާ
16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް