Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯނީ ކްރޫޒް

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017 | ހުކުރު 14:44

ރެއާލްގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުންވާކަމަށް ކްރޫޒް ބުނި

ލީވާން އަލީ
ލީވާން އަލީ | 16 ޖޫން 2017 | ހުކުރު 14:44
ރެއާލް އަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫޒް

ރެއާލް އަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫޒް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫޒް ގެންދަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ޑޮން ބެލޮން އިން ބުނީ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވާ ކަމަށާއި، އެކަމަށް ސިޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި ރަސްމީކޮށް އެއްވެސް ކަމެއް ސިޓީން ފަށާފައިނުވާ ކަމަށްވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް ސީޒަނަށް ރެއާލްގެ ގިނަ ކުޅުންތެރިން އެ ކްލަބް ދޫކޮށްލާނެކަމަށް ރިޕޯޓްތައް ބުނަމުން އަންނަ އިރު، ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ވެސް ވަނީ ކްލަބް ދޫކޮށްލާނެ ކަން އިއުލާންކޮށްފައެވެ.

ބަޔާން މިއުނިކުން ކެރިޔަރު ފެށި ކްރޫޒް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ، ޖަރުމަން އަދި ފްރާންސްގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

އެހެންނަމަވެސް ކްރޫޒް އެންމެ ފަހުން ބުނެފައި ވަނީ އޭނާ ރެއާލްގައި ދިގުމުއްދަތެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި، އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ބޭނުންވާ ކަމަށެވެ.

ބަޔާން މިއުނިކް އަށް ކުޅުނު 205 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައިވާ ކްރޫޒް ވަނީ އެޓީމާ އެކު ބުންޑަސްލީގާ ތިންފަހަރު، ޖަރުމަން ކަޕް ތިންފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވާރލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބަޔާން ދޫކޮށްލުމަށް ފަހު ކްރޫޒް 2014 ވަނަ އަހަރު ރެއާލް އަށް ބަދަލުވިއިރު، އޭނާ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 147 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޖަރުމަން ގައުމީ ޓީމާއެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ.

ޖަރުމަން ޓީމުގެ ވައިސް ކެޕްޓަންކަން ވެސް އަދާކުރަމުން އަންނަ ކްރޫޒް ވަނީ އެޓީމާއެކު ފީފާ ވާރލްޑްކަޕްގެ ތިންވަނަ އަދި 17 އަހަރުން ދަށުގެ ވާރލްޑްކަޕްގެ ވެސް ދެވަނަ ހޯދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
16 އެޕްރީލު 2017

ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

16 އެޕްރީލު 2017
ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް