Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

ނަމޫނާ ދޯނީގެ ދަތުރު އަލުން ކުރަން ޖެހިފައިވާތީ ހިތާމަކުރަން: ސޯބެ

ނަމޫނާ ދޯނީގެ ދަތުރު ނުކޮށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނެވޭނީ އެމްޑީޕީއަށް ވޯޓުދީގެން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 03:41
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ސޯބެ ވޯޓުލައްވަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ސޯބެ ވޯޓުލައްވަނީ

ނަމޫނާ ދޯނީގެ ދަތުރު އަނެއްކާވެސް ކުރަންޖެހޭ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާ ކަމަށާއި، އެކަމާ ހިތާމަ ކުރައްވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެއެވެ.

ލާމަރުޒީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން، ހޯމަ ދުވަހުގެރޭ އައްޑޫ ސިޓީ ހުޅުމީދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ، ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، ކައުންސިލްތައް ވަނީ ކަފުންކޮށް ވަޅުލާފައި ކަމަށެވެ.

ތަރައްޤީގެ ދުވެލި އަވަސްވާނީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދިނުމުން ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދުދެއްވާ ސޯބެ ވިދާޅުވީ، ސަރުކާރުން ތަރައްޤީގެ ގޮތުގައި ސިފަ ކުރާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތައް ފެންނަމުންދަނީ ސަރުކާރުގެ މެޖޯރިޓީ ނެތް ކައުންސިލްތައް ނިސްބަތްވާ ތަންތަނުން ކަމަށެވެ.

"މިހާރު، ވެރިކަމަށް އައިތާ އެތައް ދުވަހެއް ފަހުން މިއޮތީ، އަނެއްކާވެސް ރައްޔިތުންގެ ވޯޓާ ހަމަޔަށް އައިއްސަ. ރައްޔިތުން ބަސްބުނާ ހިސާބަށް އައިއްސަ. އައިމަ މިހަފްތާ ތެރޭގަ އެއްކަލަ ތަރައްޤީގެ މަޝްރޫޢުތައް ރަށްރަށުގަ ފަށައިފި. ދެން ފަށައިގެން މި ބުނަނީ ތިމަންނަ މެނަށް މެޖޯރިޓީ ދިނީމައޭ، ތިމަންނަމެންގެ ކައުންސިލެއް އޮތީމައޭ މިރަށުގެ މިކަން އަވަހަށް ކުރެވޭނީ. ދަންނަވަންތޯ މާލޭގަ އޮތީކީ، އެމްޑީޕީގެ ކައުންސިލެއް. އެބޭފުޅުންގެ ކައުންސިލެއް ނޫން. މިހާރު ރާއްޖޭގަ ހިނގާ އެބޭފުޅުން އެ ދަންނަވާ އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިނގަނީ މާލޭގަ. ބްރިޖް އަޅާ، އިމާރާތްތައް އަޅާ. ކައުންސިލެއް އޮވެގެނެއް ނޫން. ކައުންސިލްތައް އޮތީ އައިސީޔޫއަށް ލާފަ. ކައުންސިލްތައް އޮތީ ކަފުންކޮށް ވަޅުލާފަ،" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، އައްޑޫ ސިޓީކައުންސިލްގައި އެމްޑީޕީގެ މެންބަރުން ތިބި ދާއިރާތަކަށް ކަންކަން ކޮށްދެވިފައިވާ ކަމަށާ، ކަންކަން ނުވެ ވަނީ އެމްޑީޕީގެ ޓިކެޓުގައި ހޮވި، ޕީޕީއެމްއަށް ބަދަލުވެވަޑައިގަތް ކައުންސިލަރުގެ ދާއިރާގައި ކަމަށެވެ. އަދި ކަން މިހެން އޮއްވައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް އައްޑޫއަށް ވަޑައިގެން، ކައުންސިލަރުންނަކީ ގޮނޑި ހޫނުކުރަން ތިބޭ ބައެއް ކަމަށް ވިދާޅުވުމުން، އެއީ އައްޑޫ ސިޓީ ކައުންސިލްގައި އިންނެވި ޕީޕީއެމްގެ ކައުންސިލަރަށް ކުރެއްވި މަލާމާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، ނަމޫނާ ދޯނީގެ ދަތުރު އަލުން ނުކޮށް ރާއްޖެއަށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހޯދޭނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށެވެ.

'ނަމޫނާ' ދޯންޏަކީ 2006 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު، އޭރު ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކުރިއަށްދިޔަ ފެހި ޤާނޫނުއަސާސީގެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި އެމްޑީޕީން މާލޭގައި ކުރާ މުޒާހަރާއެއްގައި ބައިވެރިވުމަށް އައްޑޫން މީހުން ގޮވައިގެން އައި ދޯންޏެވެ. އެ ދޯނި މާލެއަށް އައުމުގެ ކުރިން ދޯނީގައި ތިބި ގިނަ ބަޔަކު ކަނޑުމަތިން ހައްޔަރުކުރި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު