Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޭޑޭ

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

މޭޑޭ 2015 ގެ މުޒަހާރާ އަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ

ރާއްޖެ އެމްވީ | 1 މެއި 2017 | ހޯމަ 09:14
މޭޑޭ ފާހަގަކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ނަމުގައި 2015 ވަނަ އަހަރު ބޭއްވި ބޮޑު މުޒާހަރާ

މޭޑޭ ފާހަގަކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ނަމުގައި 2015 ވަނަ އަހަރު ބޭއްވި ބޮޑު މުޒާހަރާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، ހައްގުތައް ހޯދުމަށްޓަކައި، މެއި 1، 2015 ވަނަ ދުވަހު ދިވެހި ރައްޔިތުން މުޒާހަރާއަށް ނުކުތް ސަބަބު އަދިވެސް ބަދަލު ނުވާ ކަމަށާއި ސަފުތައް އަލުން ރުކުރުވާލަން ޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހމް ވިދާޅުވެއްޖެ އެވެ.

އަމީން އާއި އެމްޑީޕީ އޭރުގެ ޗެއާޕާސަން އަލީ ވަހީދު، އަމިއްލަ އަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވަނީ، 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއާ ގުޅިގެން އެ ބޭފުޅުން ހައްޔަރުކުރުމުންނެވެ. އެ މުޒާހަރާއާ ގުޅިގެން އަމީން އާއި އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އެ ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ކުރި އެންމެ ބޮޑު މުޒާހަރާއަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން، އަމީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އަނިޔާވެރިކަން ނިންމަން މޭޑޭގައި ނުކުތް ސަބަބު ބަދަލު ނުވެ ހައްތަހާ ވެސް ކަންކަން ގޯސް ވަމުންދާ ކަމަށެވެ.

"[އެހެންވެ] އަޒުމް އާކޮށް ރައްޔިތުން އަލުން ސަފުތައް ރުކުރަވާލަމާތޯ،" އަމީން ވިދާޅުވެފައިވެ އެވެ.

"އަނިޔާވެރިކަން ނިންމަން" ޝިއާރުގެ ދަށުން ކުރި އެ މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނާ ހަމައަށް ދިއުމުން، ސަލާމަތީ ހިދުމަތްތަކުން، ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައި ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެ މުޒާހަރާގައި ފުލުހުންނަށް ވެސް އަނިޔާކުރިކަން ސާބިތުވެ، ބައެއް މީހުން ޖަލަށްލި އެވެ. މިއީ ރާއްޖޭގެ ތާރީހްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އަޑު އުފުލި ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު