Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓަރގެ މަޤާމަށް ޢާއިޝަތު މުޙައްމަދުދީދީ ޢައްޔަން ކުރައްވައިފި

9 ފެބުރުއަރީ 2020 | އާދީއްތަ 12:26

ޢާއިޝަތު މުޙައްމަދުދީދީ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ އާދީއްތަ ދުވަހު މެންދުރު ފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ފެބުރުއަރީ 2020 | އާދީއްތަ 12:26
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ހެންވޭރު ދޫރިހާ ޢާއިޝަތު މުޙައްމަދުދީދީ ޢައްޔަން ކުރައްވައިފިއެވެ.

ޢާއިޝަތު މުޙައްމަދުދީދީ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ އާދީއްތަ ދުވަހު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ޢާއިޝަތު މުޙައްމަދުދީދީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. ޢާއިޝަތު މުޙައްމަދުދީދީއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ހުސްނުއްސުޢޫދެވެ.

ޢާއިޝަތު މުޙައްމަދުދީދީ ޖެންޑަރ މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

ޢާއިޝަތު މުހައްމަދު ދީދީ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމު ފުރުއްވާފައެވެ. އަދި އިޖްތިމާޢީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓަރ އޮފް އަރޓްސް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗެލަރ އޮފް އަރޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ޙާޞިލުކުރައްވާފައެވެ.

ޖެންޑަރ މިނިސްޓަރުކަމަށް ޢާއިޝަތު މުހައްމަދު ދީދީ މިއައްޔަނުކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން ނެވެ. މިއީ މިސަރުކާރުގައި ވުޒާރާއެއްގެ މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅަކު ބަދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ޖޫން 2017

މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

19 ޖޫން 2017
މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް
08 ޖޫން 2017

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް

08 ޖޫން 2017
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
31 މެއި 2017

ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ

31 މެއި 2017
ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ
31 މެއި 2017

ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ

31 މެއި 2017
ކުށް ކުރާ ކުދިންގެ 15 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ މިނިސްޓްރީ
31 މެއި 2017

ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ

31 މެއި 2017
ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
11 އެޕްރީލު 2017

ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ

11 އެޕްރީލު 2017
ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް