Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ނިޔާޒް

މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

ނިޔާޒް މަޤާމް ކަށަވަރު ކުރުމަށް 10 ޕަސެންޓް ވޯޓު ހޯއްދަވަން ޖެހޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ޖޫން 2017 | ހޯމަ 16:18
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާލީ އަލީ ނިޔާޒް

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާލީ އަލީ ނިޔާޒް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ލީޑަރޝިޕްގެ މަޤާމަކަށްވުރެ ޕާޓީއަށް ޚިދުމަތްކޮށްދިނުން މާ މުހިއްމު ކަމަށް ދެކެވެޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީކަމަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނިޓް ޕްރޮގްރާމްގައި ވާހަކަދައްކައްވަމުން ނިޔާޒް ވިދާޅުވި އެމަޤާމަށް އިންތިހާބުވާނެ ކަމަށް ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި އެހެން ނަމަވެސް ޕާޓީގެ ޗެއަރޕާސަންގެ ނައިބް އިދާރީއަކީ މިވަގުތު ހުސްވެފައިވާ މަޤާމަކަށްވެފައި މިމަޤާމްގައި ހުރެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޕާޓީގެ މެމްބަރުންގެ ފަރާތުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ދެއްވި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށާއި އަލަށް ކުރިމަތިލާފައިވާ މަޤާމުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ޕާޓީން ބާއްވާ އިންތިހާބުތައް ރާވާ ހިންގުން ކަމަށްވާއިރު 2018ގައި އިންތިހާބަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްކަށް އެމްޑީޕީން މަސައްކަތްތަކެއް ކުރަމުންދާއިރު ކުރިއަށް އޮތްތަނުގައި މިމަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާނެ ކަމަށާއި ސެޕްޓެމްބަރ ގައި އޮންނަ ކޮންގްރެސްގައި 2018 ވަނަ އަހަރު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަދި 2018ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ނަޝީދުގެ ކެނޑިޑަސީ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައި ހުންނެވި ބޭފުޅާއެވެ.

ޗެއަރޕާސަންގެ ނައިބު އިދާރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީއާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުއްވުން ހިމެނެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބުގައި އެޕަޓީގެ ޗެއަރޕާސަން ނައިބު މާލީ ކަމަށް 4 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައިވެއެވެ. އެއީ މ ބަނަފްސާވިލާ އިބްރާހީމް ވަހީދާއި ސ ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމްއާއި ހ އަނދުންގޭ ހުސައިން ޝަހީމް އަދި ހއ ތަކަންދޫ އޯޝަންވޭވް އަހުމަދު ޢަބްދުﷲއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 13 ޖޫން ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީގެ އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި

14 އޯގަސްޓު 2017
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި
13 ޖުލައި 2017

ޕީޕީއެމްގެ ދައުވަތެއް ގަބޫލެއް ނުކުރަން، އެ ޕާޓީއަށް ގޮސްގެން ދިފާއުކުރާނެ ގޮނޑިއެއް ނެތް:މެންބަރު ސިނާން

13 ޖުލައި 2017
ޕީޕީއެމްގެ ދައުވަތެއް ގަބޫލެއް ނުކުރަން، އެ ޕާޓީއަށް ގޮސްގެން ދިފާއުކުރާނެ ގޮނޑިއެއް ނެތް:މެންބަރު ސިނާން
21 ޖޫން 2017

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

21 ޖޫން 2017
އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި
08 ޖޫން 2017

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް

08 ޖޫން 2017
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
07 މެއި 2017

ހަތަރު ޕާޓީއަށް މަރުހަބާ،މިއީ ބޮޑު ކާމިޔާބީއެއް: މައުމޫން

07 މެއި 2017
 ހަތަރު ޕާޓީއަށް މަރުހަބާ،މިއީ ބޮޑު ކާމިޔާބީއެއް: މައުމޫން
29 އެޕްރީލު 2017

ތާއީދާއި މެދު ޝައްކެއް ނެތް، މުހިއްމީ ވޯޓުލާން ނުކުތުން: ޙަސަން ލަތީފް

29 އެޕްރީލު 2017
ތާއީދާއި މެދު ޝައްކެއް ނެތް، މުހިއްމީ ވޯޓުލާން ނުކުތުން: ޙަސަން ލަތީފް
27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު