Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބެޑްމިންޓަންގެ އިންތިޚާބު މިމަހު 24 ގައި، ރައީސް ކަމަށް މޫސަ އެކަނި

ބީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2020 | ހޮނިހިރު 05:43
ބީއޭއެމްގެ ރައީސް މޫސާ ނާޝިދު

ބީއޭއެމްގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ މޫސާ ނާޝިދު ކުރިމަތިލައްވައިފި އެވެ.

ބީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރަށް ކުރިމަތިލުމަށް ހުޅުވާލުމުން، ކުރިމަތިލާފައިވަނީ ކޮންމެ މަގާމަކަށް ވެސް އެންމެ ކެންޑިޑޭޓެކެވެ.

އެގޮތުން ރައީސްގެ މަގާމަށް ކުރިމަތިލެއްވީ އެ މަގާމު މިހާރުވެސް ފުރުއްވަމުން އަންނަ މޫސާ ނާޝިދެވެ.

ބީއޭއެމްގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް މޫސަ ކުރިމަތިލެއްވިއިރު، އެ އެސޯސިއޭޝަނުގެ ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އޭނާ އިންތިޚާބުވެފައިވަނީ 2016 އަހަރުގެ މެއި މަހުއެވެ.

މޫސަ އަކީ ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ކައުންސިލް މެންބަރެއްގެ އިތުރަށް އޭޝިއާގެ ބެޑްމިންޓަންގެ މައި އިދާރާ (ބީއޭސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

ބީއޭއެމްގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ އެ މަގާމުގައި މިހާރުވެސް ހުރި އަހުމަދު ޝާކިރު މޫސާ އެވެ. އަދި ޚަޒާންދާރުގެ މަގާމަށް މުހައްމަދު ރިޝާން އަދި ހިންގާ ކޮމިޓީގެ ފުރިހަމަ މެންބަރުން ތަމްސީލުކުރާ މެންބަރަކަށް ކުރިމަތިލެއްވީ ހުސެއިން އާތިފެވެ.

މީގެ އިތުރަށް ހިންގާ ކޮމިޓީގެ އެސޯސިއޭޓް މެންބަރުން ތަމްސީލުކުރާ މެންބަރަކަށް އަހުމަދު ސިރާޖު ކުރިމަތިލެއްވިއިރު، ޢާންމު ފަރުދުން ތަމްސީލުކުރާ މެންބަރު ކަމަށް ކުރިމަތިލެއްވީ ސިޔާދު ހަބީބެވެ. އަދި އަންހެނުން ތަމްސީލުކުރާ މެންބަރުގެ މަގާމަށް ކުރިމަތިލެއްވީ މުރުޝިދާ އަބްދުލް މައްނާނެވެ.

ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށްވެސް އެއް މެންބަރަކު ކުރިމަތިލެއްވުމުން، އިންތިޚާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު