Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ކާމިޔާބުކަމާއިއެކު ސީޒަން އެއް ނިންމާލުމަށް ސިޓީއަށް ބޭނުންވަނީ ޗެމްޕިއަންސް ލީގު: އިއަން

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ސިޓީއިން ނުކުންނަން ޖެހޭނީ ރެއާލް އާއި ދެކޮޅަށް

އަތޫފް އާތިފް
އަތޫފް އާތިފް | 4 ފެބުރުއަރީ 2020 | އަންގާރަ 12:35
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކާމިޔާބުކަމާއިއެކު ސީޒަންއެއް ނިންމި ކަމަށްވާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ކަމަށް އިންގްލޭންޑްގެ ކުރީގެ ކުޅުންތެރިޔާ އިއަން ރައިޓް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ބީބީސީއަށް ދިން އިންޓަރވިއުއެއްގައި އިއަން ބުނީ ސިޓީ އިނގިރޭސި ވިލާތުގައި ކާމިޔާބު ހޯދައިފި ކަމަށާއި އެޓީމަށް މިހާރު މަދުވަނީ ޗެމްޕިއަންސް ލީގު ކަމަށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ޗެމްޕިއަންސް ލީގާއި ރައްޓެހި ކޯޗެއް ކަމަށް ބުނަމުން އިއަން ބުނީ ސިޓީއިން ޗެމްޕިއަންސް ލީގު ހޯދަން ބޭނުންނަމަ އެ ފުރުސަތު އޮތީ ޕެޕް އާއިއެކު ކަމަށެވެ. މީގެ އިތުރުން އިއަން ބުނީ ސިޓީ އިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ވާދަކުރަން ޖެހެނީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ކޯޗު އަދި ޓީމާއި ދެކޮޅަށް ކަމަށެވެ. އެހެން ކަމުން ރެއާލް މެޑްރިޑް ބަލިކޮށް ސިޓީއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއަށް ދަތުރުކޮށްފިނަމަ މި މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ސިޓީއަށް ބޮޑު ކަމަށެވެ.

ސިޓީގައި މިވަގުތު ތިބި ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިން ކަމަށާއި، ޔޫރަޕްގެ ކޮންމެ ޓީމަކަށް ވެސް ސިޓީ ބަލިކުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށާއި، ޕެޕް ސިޓީއާއިއެކު ތިން އަހަރު ހޭދަކޮށްފައި ހުރުމުން ސިޓީއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް އިނގޭނީ ޕެޕް އަށް ކަމަށް އިއަން ބުންޏެވެ.

ސިޓީއިން މިވަގުތު ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތްއިރު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ޓޮޓެންހަމް އަތުން ވަނީ 2-0 ގެ ނަތީޖާ އަކުން ބަލިވެފައެވެ. އިއަން ބުނީ އެމެޗުގައި ސިޓީއިން މޮޅަށް ކުޅުނު ކަމަށާއި ނަމަވެސް ސިޓީގައި މިވަގުތު އަނިޔަގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އަދި މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް މި ހާލަތު ދިމާވެއްޖެ ނަމަ އެޓީމުން އޮންނާނީ މިއަށްވުރެ ހާލު ދެރަކޮށްކަމަށް އިއަން ބުންޏެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ސިޓީއަށް ބަދަލުވުމަށްފަހު ފަސް ތަށި އެކްލަބާއިއެކު ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ވަނީ ސިޓީ އާއިއެކު ގިނަ ރެކޯޑްތަކެއް ހަދައިފައެވެ. ނަމަވެސް ގާޑިއޯލާއަށް ސިޓީއާއިއެކު ޗެމްޕިއަންސް ލީގު ތައްޓެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ކުރިން ބާސެލޯނާ އަދި ބަޔާންއަށް ކޯޗުކަން ކޮށްދިން ކޯޗު ވަނީ ބާސާ އަދި ބަޔާން އާއިއެކު ވެސް ކާމިޔާބީ ހޯދައިފައެވެ.

ސިޓީއިން ޗެމްޕިއަންސް ލީގު ގަދަ 16 ގައި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި ބައްދަލުކުރާނީ ފެބްރުއަރީ 26 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
16 އެޕްރީލު 2017

ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

16 އެޕްރީލު 2017
ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު