Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުގައި ޓީބީ

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

ފަސް ގައިދީއެއްގެ ގައިން ޓީބީ ފެނިފައިވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 އެޕްރީލު 2017 | އަންގާރަ 11:53
މާފުށީ ޖަލު: ހުރިހާ ގައިދީން ޓީބީއަށް ޓެސްޓް ކުރާނެ

މާފުށީ ޖަލު: ހުރިހާ ގައިދީން ޓީބީއަށް ޓެސްޓް ކުރާނެ

މާފުށީ ޖަލުގައި ޓިއުބާކްލޯސިސް (ޓީބީ) ފެތުރޭތީ ގައިދީން ޓެސްޓް ކުރަން ފަށައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރަމުންދާ ފަސް ގައިދީއެއްގެ ގައިން ޓީބީ ވަނީ ފެނިފަ އެވެ. އަދި ޖަލު ބަލަހައްޓާ އޮފިސަރުންތަކެއްގެ ގައިން ވެސް ބަލި ފެނުނު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ޖަލުގައި ޓީބީ ފެތުރޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީންގެ ގައިން ޓީބީ ފެންނަމުންދާތީ މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ ގައިދީންނާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ހުރިހާ އެންމެން ޓީބީއަށް ޓެސްޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ވަނީ ފަށާފަ އެވެ. ގައިދީންގެ އިތުރުން ޖަލު ބަލަހައްޓާ އޮފިސަރުން ވެސް ދަނީ ޓެސްޓް ކުރަމުންނެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވެސް ވަނީ ގައިދީން ޓީބީއަށް ޓެސްޓް ކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީބީއަށް ޓެސްޓް ކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ހިމެނެ އެވެ. ނަމަވެސް، އެ ބައްޔަށް އޭނާ ޕޮޒިޓިވް ވެފައި ނުވެ އެވެ. މުހުތާޒްގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ބަންދުކޮށްފައިވާ އެހެނިހެން ފަރާތްތައް ވެސް ޓެސްޓް ކޮށްފައި ވެއެވެ.

ރާއްޖެ އިން ޓީބީ ނައްތާލުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ދޭތެރެ ދޭތެރެއިން ޓީބީ ގިނަ ވެއެވެ. ހާއްސަކޮށް ބިދޭސީންގެ ތެރޭގައި ވެސް ޓީބީ ފެތުރޭ ކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައި ވެއެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު