Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން

މަސީހުގެ އިތުބާރު ނެތްކަމަށް، މަޢުލޫއީ ގޮތުން ވަނީ ނިމިފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 10 ޖުލައި 2017 | ހޯމަ 14:15
އިދިކޮޅޫ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިދިކޮޅޫ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލިސް ތަމްޞީލު ކުރުމަށް، މަޖިލިސް ރައީސް، ޢަބްދުﷲ މަސީހު މުޙައްމަދަށް މިހާރު އިންނެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމަށް، މަޖިލީހުގެ މެޖޯރިޓީ މެންބަރުން މަޢުލޫއީ ގޮތުން ނިންމާފައިވާ ކަމަށާ، މިފަދަ ހާލަތެއްގައި،އެ މަޖިލިސް ތަމްޞީލު ކުރުމުގެ ބާރު މަސީހަށް ލިބިވަޑައިގެންވާކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

"ޖުޑީޝަލް ސަރވިސް ކޮމިޝަންގަ ރައްޔިތުންގެ މަޖިލިސް ތަމްޞީލުކުރަން ރައްޔިތުންގެ، މަޖިލީހުގެ ރައީސް އެއީ އެއްބޭފުޅެއް. މިހާރު މިއޮތީ 45 މެންބަރުން ސޮއިކޮށްފަ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ބޭފުޅެއްގެ ގޮތުގަ ކަނޑައަޅާ ނިންމާފަ. އެހެންވީމަ މަޢުލޫއީ ގޮތުން ހަޤީޤަތުގަ އެއޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް މީހެއްގެ ގޮތުގަ ކަނޑައަޅާ ނިމިފަ. ހަމައެކަނި ބާކީ އޮތް ކަމަކީ، އިޖުރާޢީ ގޮތުން ނިންމަންޖެހޭ ނިންމުމެއް، އެއީ 24 ވަނޖަ ދުވަހު އޮންނަ ވޯޓު" އަލީ ޙުސައިން ވިދާޅުވިއެވެ.

އަލީ ޙުސައިން ވިދާޅުވީ، ކަންމިހެން ހުރުމުން، ޖޭއެސްސީއިން ނިންމާ އެއްވެސް ނިންމުމެއްގަ، ރައްޔިތުންގެ މަޖިލިސް ތަމްޞީލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސަށް ބައިވެރިވެވަޑައިގެން އިންނެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ޤަބޫލު ނުކުރާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހެން ބުނެފައިވާއިރު، ޖޭއެސްސީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޖިލިސް ރައީސް، ޢަބްދުﷲ މަސީހު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މަސީހު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އިދިކޮޅު ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާއި ގުޅޭގޮތުންވެސް ވަނީ ވާހަކަ ދައްކާފައެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް، އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ، މިއީ ސިޔާސީ ބޭނުމެއްގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށާ، މައްސަލަ ބެލުމުގައި، ކޯޓުތަކާ ބެހޭ ޤާނޫނާއި ޚިލާފަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށެވެ.

"(ޤާނޫނުގައި) ބަޔާންކުރަނީ ސުޕްރީމް ކޯޓުގެ މިބާވަތުގެ ދުސްތޫރީ މައްސަލައެއް، ސުޕްރީމް ކޯޓުގެ ތެރެއިން މަދުވެގެން 5 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުންނޭ ބަލަންވާނީ. އަދި އެ މަޖިލީހުގަ އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ، ތިއްބަވަން ޖެހޭނެ ކަމަށްވެސް، އެ މާއްދާގަ މިއޮތީ ލާޒިމް ކުރައްވާފަ. އެހެންވީމަ ސުވާލު އުފެދޭ އެހިސާބުންވެސް 3 ފަނޑިޔާރުންގެ ބެންޗަކުން، މި ބާވަތުގެ މައްސަލައެއް، ސުޕްރީމް ކޯޓުން ބައްލަވަން ފެށީމަ" އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ މި މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިމިއްޖެ ނަމަ، ސަރުކާރުގެ ގިނަ މެންބަރުންތަކެއްގެ ގޮނޑިވެސް ގެއްލޭނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ވެރިކަންކުރާ ޕީޕީއެމްގެ ރައީސްގެ ފެކްޝަނުންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ޕީޕީއެމާއި ވަކިވެވަޑައިގަންނަވަމުން ގެންދަވި ނަމަވެސް، ވަރަށް އަވަހަށް އެ މެންބަރުން އެ ޕާޓީއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ރައީސާ، ޝިދާތާ ޝަރީފް ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ މިނިވަންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭން ޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގާތްގަނޑަކަށް ޔަޤީން ވެފައިވާއިރު، މި ދަނޑިވަޅުގައި ސަރުކާރުން ދަނީ މެންބަރުންނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު