Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހްގެ އިތުބާރު ވޯޓު

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017 | ހޯމަ 09:43

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ހަަޖަމް ނުވުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 27 މާރިޗު 2017 | ހޯމަ 09:43
ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނުހާން

ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނުހާން

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންދިއުމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ހުށަހަޅުއްވައިފިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް މަޖިލީހުގެ ގަވާއިދުގެ 165 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހަޅާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގައި ބުނެފައި ވަނީ ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހެޅި ތާއީދު ލިބިގެން އެގޮތަށް ފާސްވާ މައްސަލަތަކުގަ އާއި، މަޖިލީހުގެ ގަވާއިދުގެ ދަށުން ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެންކަމުގައި ބަޔާންކޮށްފައިވާ ޙާލަތުގައި، ނަގަންޖެހޭ ވޯޓު ނަގާނީ، ކޮންމެ މެންބަރަކާ ސުވާލުކޮށްގެން، އޭނާ ވޯޓު ދޭން ބޭނުންވާ ގޮތެއް އޮޅުންފިލުވަމުންނެވެ.

ނިހާން ވިދާޅުވީ ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންދަން ހުށަހެޅި މަޖިލީހުގެ ވޯޓާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަަމވެސް އެއީ ކޮންކަންތައްތަކެއް ކަމެށް ނިހާން ވިދާޅެއް ނުވެއެވެ.

ނިހާން ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ވޯޓް ކުރިއަށް ގެންދިއުމަށް ތާއިދު ކޮށްފައި ވަނީ ޕީޕީއެމް ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އައަބްދުއްރަހީމް އަބްދުﷲއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ ސިސްޓަމްތަކާ ބަޔަކު ކުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ އިރު ވޯޓު ނެގުމުގެ ކުރިން ސިސްޓަމްތަކުގައި އެއްވެސް މައްސަލައެއް ޖެހިފައި ވޭތޯ ބަލައި ޔަގީންކުރަންޖެހޭ ކަމަށެވެ. އަދި ނިހާން ހުށަހެޅުއްވި ގޮތަށް ވޯޓަށް އެހޭނީ އެފަދަ މައްސަލައެއް އުޅޭ ނަމަ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މީގެ ކުރިން މި ގޮތަށް ވޯޓެއް ނަގާފައި ވަނީ ގާނޫނުއަސާސީ އިސްލާހްކުރަން އެކުލަވައިލި ހާއްސަ މަޖިލީހުގައެވެ.

ނިހާންގެ ހުށަހެޅުމަށް ވޯޓަށް އެހުން އޮންނާނީ މެންދުރު 1:30 ގައި ވޯޓަށް އަހާ ވަގުތުގައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް