Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ރަޝީދު

ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!

ގާތްގަނޑަކަށް 800 އެއްހާ ސިޓީ ހުށަހަޅަން ފުރަތަމަ މަސައްކަތް ކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 14:48
ޔާމީން ރަޝީދުގެ ބައްޕަ ސިޓީ ހިފައިގެން އަންގާރަ ދުވަހު ފުލުސް އޮފީހަށް ގޮސް

ޔާމީން ރަޝީދުގެ ބައްޕަ ސިޓީ ހިފައިގެން އަންގާރަ ދުވަހު ފުލުސް އޮފީހަށް ގޮސް

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާއި ދެފުށް ފެންނަ ފަދަ ގޮތަކަށް ބަލައި ދިނުމަށް އެދި އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ވަކިވަކިން ހުށަހެޅި ސިޓީތައް ވެސް ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.

ޔާމީންގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ސިޓީ ހުށަހަޅަން އެންމެ ފުރަތަމަ މަސައްކަތް ކުރީ އަންގާރާ ދުވަހު އެވެ. ފުލުހުންގެ އިދާރާއަށް 800 އެއްހާ ސިޓީ ހުށަހެޅުމުން، އެސިޓީތަކާ ހަވާލު ވުމަށް ފަހު، ސިޓީތައް ބަލައި ނުގަނެ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ހުށަހެޅި ސިޓީތައް ބަލައިނުގަނެ އަނބުރާ ފޮނުވާލީ، އެކަކުގެ ފަރާތުން އެގޮތަށް ބައިވަރު ސިޓީތަކެއް ހުށަހެޅުމުން އެ ސިޓީތަކަށް ޖަވާބު ދިނުމަށް ފުލުހުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ބުނެ އެވެ. އަދި ފުލުހުންގެ އިދާރާއަށް ސީޓީއެއް ހުށަހަޅާނަމަ ހުށަހެޅޭނީ އެމީހަކު އަމިއްލައަށް ނުވަތަ އެ އިދާރާއަށް ގަބޫލުކުރެވޭ ފަރާތަކަށް ހަވާލުކޮށްގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން އެގޮތަށް ނިންމުމާ ގުޅިގެން ބައެއް މީހުން ވަނީ ބުރާސްފަތި ދުވަހު ވަކިވަކިން އަމިއްލަ ސިޓީ ހިފައިގެން ގޮސް ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ އެވެ. ނަމަވެސް، ވަކިވަކިން ހިފައިގެން ގޮސް ހުށަހެޅި ސިޓީތައް ވެސް ބަލައިނުގަނެ ފުލުހުން ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ސިޓީތައް ހުށަހެޅޭނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ސިޓީ ހުށަހެޅުމުގައި ކަން ކުރަންވީ ގޮތް އަންގާފައިވާނެ ކަމަށެވެ. އަކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވި އެވެ.

ޔާމީންގެ އާއިލާއިންނާއި ހެޔޮ އެދޭ ފަރާތްތަކުން ހުށަހަޅަން މަސައްކަތް ކުރި ސިޓީތަކުގައި އެދިފައިވަނީ މިނިވަންކަމާއެކު ތަހުގީގު ކުރިއަށް ގެންދިއުމަށާއި ތަހުގީގުގައި ބޭރުގެ ފަރާތްތައް ބައިވެރިކޮށް ދިނުމަށެވެ.

ޔާމީން މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި ބޭރުގެ ތަހުގީގީ އިދާރާތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ތަހުގީގަށް ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު