Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލު

ޖަލުގެ ހާލަތު ރަނގަޅުކުރަަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އާ ކޮމިޝަނަރު ދެއްވައިފި

22 ޖެނުއަރީ 2020 | ބުދަ 07:59

ޖަލުގެ ހާލަތު ރަނގަޅުކޮށް ކަރެކްޝަންސްގެ ކަންކަން ވަރުގަދަ ކުރައްވާ ތަނުގެ ކެޕޭސިޓީ އިތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ސީޕީ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖެނުއަރީ 2020 | ބުދަ 07:59
ކޮމިޝަން އޮފް ޕްރިޒަންސްގެ މަޤާމަށް އަލަށް އައްޔަނުކުރެއްވި އަހުމަދު މުހައްމަދު ފުޅު

ކޮމިޝަން އޮފް ޕްރިޒަންސްގެ މަޤާމަށް އަލަށް އައްޔަނުކުރެއްވި އަހުމަދު މުހައްމަދު ފުޅު

ޖަލުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި ޢާންމުންނަށް ދެއްވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަލަށް ޢައްޔަނުކުރެއްވި އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

މަޤާމާ ޙަވާލުވެ ވަަޑައިގަންނެވުމަށްފަހު ފުރަތަމަ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އޭނާއަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ޖަލުގެ ޙާލަތު ރަނގަޅުކޮށް ކަރެކްޝަންސްގެ ކަންކަން ވަރުގަދަ ކުރައްވާ ތަނުގެ ކެޕޭސިޓީ އިތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އާ ސީޕީ މިމޭރުމުން ޓްވީޓްކުރައްވާފައިވާއިރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަހުމަދު ފުޅު ޢައްޔަނުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ޖަލުތައް އިޞްލާޙުކުރުމަށް ވެވަޑައިގަންފައިވާ ވަޢުދުފުޅާ، ޖަލު އޮޑިޓްގެ ރިކޮމެންޑޭޝަން ތަންފީޒުކުރުމުގެ މަސައްކަތް އާ ސީޕީ އާއެކު ހަލުވިކަމާއެކު ކުރިޔަށްދާނެ ކަމަށެވެ.

ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ޙަވާލުވެ ހުންނެވި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މަޤާމުން ވަކިކޮށްފައިވަނީ އަންގާރަ ދުވަހު އެވެ. އެއަށްފަހު އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަޙްމަދު މުޙައްމަދު ފުޅު އެވެ.

އެކަމާއި ގުޅިގެން މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ސަރުކާރު ކޯލިޝަނުގެ އެތެރެއިންނާއި ބޭރުން ގުޅިގެން "ޖަލު ހިލުވާލުމަށް" ކުރި ކަންކަން ކާމިޔާބު ނުވުމުން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މުނާޒް ވަނީ ސިފަ ކުރައްވާފައެވެ.

މުނާޒް މަޤާމުން ވަކިކޮށްފައިވާއިރު، ދާދި ފަހުން ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މުނާޒަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް ޢަމާޒުވެފައެވެ. އެގޮތުން ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމުގެ ވަޢުދާއެކު އައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުނާޒް ނުކުޅެދިފައިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާއިތުވި ދުވަސްތަކުގައި މުނާޒާއި ދެކޮޅަށް އަޑުއުފުލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް