Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮބާމާ-މިޝޭލް

"ކޮންމެ މަންޒަރެއްގައިވެސް ތިއީ އަހަރެންގެ ތަރި"

ޖެނުއަރީ 17 ވީ ހުކުރު ދުވަހު މިޝޭލްއަށް ވަނީ 56 އަހަރު ފުރިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2020 | ހޮނިހިރު 08:30
އޮބާމާ އިންސްޓަގްރާމްގައި ހިއްސާކުރެއްވި ފޮޓޯ

އޮބާމާ އިންސްޓަގްރާމްގައި ހިއްސާކުރެއްވި ފޮޓޯ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެމަނިކުފާނުގެ އަނބިކަނބަލުން މިޝޭލް އޮބާމާއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވިގޮތް ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.

ޖެނުއަރީ 17 ވީ ހުކުރު ދުވަހު މިޝޭލްއަށް 56 އަހަރު ފުރިފައިވާއިރު، އޮބާމާ ވަނީ އެމަނިކުފާނުގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި އެމަނިކުފާނާއި މިޝޭލްގެ ހިތްގައިމު ފޮޓޯތަކެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކަޅާއި ހުދުން ހަދާފައިވާ ފޮޓޯ ކޮލާޖެއް ހިއްސާކުރައްވައި އޮބާމާ ވަނީ އިނގިރޭސިބަހުން "ކޮންމެ މަންޒަރެއްގައިވެސް ތިއީ އަހަރެންގެ ތަރި" ކަމަށް ވިދާޅުވެ އެކަމަނާއަށް ތައުރީފު ކުރައްވާފައެވެ.

އަބަދުވެސް އަނބިކަނބަލުންނަށް ތައުރީފު ކުރައްވާ އޮބާމާއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރައީސެކެވެ. އެގޮތުން މިއަހަރު އެދެމަފިރިންގެ ކައިވެންޏަށް 28 އަހަރު ވާން އުޅޭއިރު، އޮބާމާ ވިދާޅުވީ އަނބިކަނބަލެއްގެ އިތުރުން މިޝެލްއަކީ ރަނގަޅު ރައްޓެއްސެއް ކަމަށާއި، އޭނާގެ ދަރިންނަށާއި މުޅި ގައުމަށް ނަމޫނާ ބޭކަނބަލެއް ކަމަށެވެ.

އެމެރިކާގެ ތާރީޚުގައި ފެނިގެންދިޔަ ފުރަތަމަ އެފްރިކަން- އެމެރިކަން ފަސްޓް ލޭޑީ މިޝެލްއާ ބެހޭ ގޮތުން އޭނާގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އިތުރަށް ވިދާޅުވީ، މިޝެލްއަކީ ހިތްވަރުގަދަ އަންހެނެއް ކަމަށާއި މުޅި އެމެރިކާ މިޝެލްއަށްޓަކައި ފަޚުރުވެރި ވާކަމަށެވެ. މިޝެލްވެފައި ވަނީ އެމެރިކާގެ ފަސްޓްލޭޑީންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ފަސްޓްލޭޑީއަކަށެވެ.

އޮބާމާ އާއި މިޝެލް ކައިވެނި ބައްލަވައިގެންފައި ވަނީ އޮކްޓޯބަރ 3، 1992 ގައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
17 އެޕްރީލު 2017

ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

17 އެޕްރީލު 2017
ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު