Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކް

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

"ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" އަކީ ދީޕިކާ ޕަޅުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު

އާލާ އިބުރާހިމް
އާލާ އިބުރާހިމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2017 | ބުރާސްފަތި 11:04
ދީޕިކާއާ އެކު ވިން ޑީސަލް

ދީޕިކާއާ އެކު ވިން ޑީސަލް

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް ފޭބުމާއެކު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ބޮލީވުޑް ޑީވާ، ދީޕިކާ ޕަދުކޯންގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް" ފިލްމުގައި ދެން ފެނިގެންދާ ހޮލީވުޑްގެ މަޝްހޫރު ތަރި ވިން ޑީސަލްއާއެކު ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ މުމްބާއީއަށް ދިޔައީ އިންޑިޔާގައި މިފިލްމު ޕްރިމިއާރ ކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާއަށެވެ. ފިލްމުގެ ތަރިން މުމްބާއީއަށް ފޭބުމާއެކު އިންޑިޔާގެ ސަޤާފީ އެކި ކުޅިވަރުތަކާއެކު، އެތައް ބަޔަކު ވަނީ އެ ތަރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ވިން ޑީސަލް އާއި ދީޕިކާއާ އެކު އައި އެ ފިލްމުގެ ޓީމަށް މަރުޙަބާ ކިޔުމަށް އެއްވެފައި ތިބި މީހުންނާ އެކު ފޮޓޯއަކަށް ހުއްޓުމަށް ފަހު ވީއައިޕީ އެގްޒިޓުން ނުކުމެގެން އެ ޓީމު ސީދާ ދިޔައީ އެމީހުން މަޑުކުރުމަށް ހަމަޖެހިފައި ހުރި ސެންޓް ރެޖިސް ހޮޓަލަށް ކަމަށް ޚަބަރުތައް ބުނެއެވެ. މިދަތުރުގައި ވިން ޑީސަލް ދުވަސްކޮޅަކު އިންޑިޔާގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އެ ދުވަސްތަކުގައި އޭނާގެ ފޭނުންނާ ބައްދަލުކުރުމުގެ އިތުރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދޭން ވަގުތު ހުސްކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ވަކިން ޚާއްޞަކޮށް "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް އެކްސޭންޑަރ ކޭޖް" ގެ ގްރޭންޑް ޕްރިމިއަރ އަށް އޭނާ ވަނީ ތައްޔާރުވެފައެވެ.

ވިން ޑީސަލް މުމްބާއީއަށް ކުރި މި ދަތުރަކީ ހޮލީވުޑް ފިލްމެއް ޕްރޮމޯޓު ކުރަން ހޮލީވުޑް ތަރިން މަދުން ނަމަވެސް ކުރާ ދަތުރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދަތުރެއް ކަމަށް އިންޑިޔާގެ މީޑިއާތަކުން ބުނެއެވެ. މީގެ ކުރިން ޓޮމް ކްރޫޒް ވަނީ އޭނާގެ ފިލްމު "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" ގެ ޕްރޮމޯޝަނަށް އިންޑިޔާއަށް ޒިޔާރަތްކޮށްފައެވެ. އެ ފިލްމުގައި ބޮލީވުޑް ތަރި އަނިލް ކަޕޫރު ވެސް ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު