Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

ކާޖޮލްއާ މެދު މިހާރު ހިތުގައި އެއްވްސް އިހްސާސެއް ނެތް ކަމަށް ކަރަން ބުނޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 12:55
މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި މަޝްހޫރު ފިލްމީތަރި ކާޖޮލް ދޭވްގަން

މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި މަޝްހޫރު ފިލްމީތަރި ކާޖޮލް ދޭވްގަން

ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރާއި މަޝްހޫރު ފިލްމީތަރި ކާޖޮލްއަކީ ވަރަށް ޒަމާންވީ ދެ ރަހްމަތްތެރިންނެވެ. ގިނަ ބަޔަކު މިސާލަކަށް ނަގާ ދެ އެކުވެރިންނެވެ. އެމީހުންގެ 25 އަހަރުގެ ރަހްމަތްތެރިކަމުގެ ތެރޭގައި އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެ ގޮތުން ކަރަންގެ ގިނަ ފިލްމްތަކެއްގައި ކާޖޮލް ވަނީ ލީޑް ރޯލް ކުޅެފައެވެ. އަދި ގިނަ ކާމިޔާބީތަކެއް ހޯދާފައި ވެއެވެ. އޭގެ ތެރޭގައި ބްލޮކް ބަސްޓާ ފިލްމްތައް ކަމަށްވާ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ގަމް" އަދި "މައި ނޭމް އިޒް ޚާން" ހިމެނެއެވެ.

ނަމަވެސް މިދިޔަ އަހަރު އުފެދުނު މައްސަލަތަކާ އެކު ދެ މީހުންގެ ގުޅުން ވަނީ ކެނޑިފައެވެ. ޒަމާންވީ މި އެކުވެރިކަން ނިމުމަކަށް އައި ސަބަބާބެހޭ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު މީޑިއާތަކުގައި ގިނަ ވާހަކަތަކެއް ލިޔެފައި ވެއެވެ. ސީދާ ޖަވާބެއް ދެ ފަރާތުން ވެސް ދީފައި ނުވި ނަމަވެސް ދާދި ފަހުން ނެރުނު ކަރަންގެ ބައޮގްރަފީގައި އޭނާ ވަނީ އެ ސަބަބުތައް ހާމަކޮށްފައެވެ.

މި ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށުނީ މިދިޔަ އަހަރު ފަހުކޮޅު އެކުއެކީގައި ރިލީޒްކުރި ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ"ގެ ޕްރޮމޯޝަންގެ ތެރޭގައެވެ. އެ ގޮތުން އަމިއްލަ އަށް ކްރިޓިކަކަށް ވެގެން އުޅޭ ކަމާލް އާރް ޚާން އަށް "ޝިވާއޭ" އާ ދެކޮޅަށް ޓްވިޓާގައި ވާހަކަ ދެއްކުމަށް ފައިސާ ދިން ކަމަށް އަޖޭކުރި ތުހުމަތާއެކު ދެ ފަރާތުގެ ގުޅުން ގޯސްވި އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ދެ ފަރާތުން ވެސް ބުނެފައެއް ނުވެއެވެ. އަޖޭ ބުނެފައި ވަނީ އޭނާއަކީ ކަރަންގެ ރަހްމަތްތެރިއެއް ނޫން ކަމަށާއި ކާޖޮލްއާ ވެސް ކުރިން އޮތް ފަދަ ގުޅުމެއް ނޯންނަ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޕާސަނަލް ކަމެއްގައި ކަމަށާއީ "ޝިވާއޭ"އާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަޖޭ އޭރު ބުނެފައި ވެއެވެ.

ކަރަންގެ "އޭން އަންސުއިޓަބްލް ބޯއީ" ގައި ކަރަން ވަނީ އެކަމާ ބެހޭ ގޮތުން ލިޔެފައެވެ. ކަރަން ބުނެފައި ވަނީ މައްސަލަ ޖެހިފައި ވަނީ އޭނާއާ ކާޖޮލްއާ ނޫން ކަމަށާއި ނަމަވެސް އަޖޭއާ ކަމަށެވެ.

ރިޝްވަތު ދިންކަމުގެ ތުހުމަތާ ގުޅޭ ގޮތުން ކަރަން ބުނެފައި ވަނީ ކާޖޮލް ކުރި ޓްވީޓެއްގައި "ޝޮކްޑް" ލިޔެފައިވުމުން އޭނާ މީހަކަށް ރިޝްވަތު ދީފާނެކަން ކާޖޮލް ގަބޫލުކުރިކަން ހާމަވާ ކަމަށާއި އެއީ ކާޖޮލް ދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވާ މީހަކު ލަދުގަންނަވާލި ބަހެއް ކަމަށެވެ. އަދި އޭނާގެ ދިރިއުޅުމަށް ދެން ދުވަހަކު ވެސް ކާޖޮލް އެނބުރި އަންނަން ބޭނުން ނުވާ ކަމަށާއި ކާޖޮލް ވެސް އަންނަން ބޭނުން ނުވާނެ ކަމަށް ކަރަންގެ ފޮތުގައި ވެއެވެ.

ކަރަން ވަރަށް އަސަރާއެކު ލިޔެފައިވާ ގޮތުގައި ކާޖޮލް ވަނީ 25 އަހަރު ވަންދެން އޮތް އިހްސާސްތައް ކަފުން ކޮށްފައެވެ. އަދި އޭނާގެ ރަހްމަތްތެރިކަން ކާޖޮލް އަށް ހައްގުނުވާ ކަމަށާއި އޭނާގެ ހިތުގައި ކާޖޮލް އަށް އެއްވެސް އިހްސާސެއް މިހާރު ނެތް ކަމަށް ވެސް ކަރަން ބުނެފައި ވެއެވެ. ނަމަވެސް ކަރަންގެ ވަރަށް ގާތް އެކުވެރިންނާ ކާޖޮލް އަދިވެސް ވަރަށް ގުޅުން އޮތުމުން ވަރަށް ބޮޑަށް އުނދަގޫ އިހްސާސްވާ ކަމަށް ކަރަން ބުނެފައި ވެއެވެ. ސަބަބަކީ ކާޖޮލްގެ ވާހަކަ ދައްކާ އަޑު އިވުން ކަމަށާއި އެ ވާހަކަތަކަށް ބީރު ކަންފަތެއް ދެވެން ވެސް ނޯންނާތީ ކަމަށް ކަރަން ބުނެފައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ

ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ

08 އޮކްޓޯބަރު 2017
ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

04 އޮކްޓޯބަރު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
ދުވަހަކު ވެސް ފިލްމް ކުޅުން ހުއްޓާލާނެހެން ހިޔެއް ނުވޭ: ޝާހްރުކް ޚާން

ދުވަހަކު ވެސް ފިލްމް ކުޅުން ހުއްޓާލާނެހެން ހިޔެއް ނުވޭ: ޝާހްރުކް ޚާން

29 ޖޫން 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު