Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިނޯދް ކަންނާ

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ޖަނާޒާގައި ބައިވެރިވީ މަދު ބައެއްކަމަށާއި އެކަމާ ލަދުގަންނަން ޖެހޭނެ ކަމަށް ރިޝީ ކަޕޫރު ވަނީ ބުނެފަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 އެޕްރީލު 2017 | ހޮނިހިރު 14:42
ރިޝީ ކަޕޫރު

ރިޝީ ކަޕޫރު

ބުރާސްފަތިދުވަހުގެ ހެނދުނު ނިޔާވި ވިނޯދްކަންނާގެ ޖަނާޒާގައި ފަހުގެ ބޮލީވުޑްގެ ތަރިން ބައިވެރިނުވުމުން ރިޝީ ކަޕޫރު ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. ވިނޯދް ކަންނާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެ ޖަނާޒާގައި ގިނައިން ބައިވެރިވީ ކުރީގެ ތަރިންނެވެ. މިހާރުގެ ޒުވާން ތަރިންގެ ތެރެއިން ޖަނާޒާގައި ބައިވެރިވީ އަބީޝެކް ފަދަ މަދު ތަރިއެކެވެ. ރިޝީގެ ދަރިފުޅު ރަންބީރު ކަޕޫރު އެ ޖަނާޒާގައި ބައިވެރިވެފައެއް ނުވެއެވެ. ރަންބީރު ބައިވެރި ނުވީ އިންޑިއާގައި ނެތުމުން ކަމަށްވެއެވެ.

އުމުރުން 64 ވަނަ އަހަރުގެ ރިޝީ ވަނީ އެ ޖަނާޒާގައި މީހުން މަދުވުމުގެ ސަބަބުން ވަރަށް ބޮޑަށް ފާޑުކިޔާ ޓްވީޓްތަކެއް ކޮށްފައެވެ. ރިޝީ ކޮށްފައިވާ ޓްވީޓްތަކަށް ބަލާއިރު ބުނެފައިވަނީ މިހާރުގެ ޒުވާން ތަރިންގެ ފަރާތުން ކުރީގެ ތަރިންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ނުދޭކަމަށެވެ. އަދި ކުޑަމިނުން ވިނޯދާއިއެކު މަސައްކަތް ކުރި ޒުވާން ތަރިންނަށްވެސް ޖަނާޒާގައި ބައިވެރިވާން ނުކެރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ވަރަށް ރުޅިއައިސްފައި ހުރިކަމަށް ރިޝީ ބުނެފައި ވެއެވެ.

އޭގެ އިތުރުން ރިޝީ ބުނެފައިވަނީ ޕްރިޔަންކާ ޗުއްޓީގައި އިންޑިއާއަށް ދިއުމުން ގިނަ އަދަދެއްގެ ތަރިން އެއްވެގެން ޕާޓި ބާއްވާއިރު ވިނޯދްގެ ޖަނާޒާގައި ބައިވެރިވާނެ ވަގުތު ނުވި ކަމަށެވެ.

މީގެ އިތުރުން ރިޝީ ބުނެފައިވަނީ އޭނާގެ އުމުރުގެ ފިލްމިސްޓާރުންގެ ތެރެއިންވެސް ޖަނާޒާގައި ބައިވެރިވީ މަދު ބައެއްކަމަށާއި އެކަމާ ލަދުގަންނަން ޖެހޭނެކަމަށެވެ.

މިދިޔަ ބުރާސްފަތިދުވަހުގެ ހެނދުނު މަރުވެފައިވާ ވިނޯދް ކަންނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެރަ ގައޯން މެރާ ދޭޝް"، "އިމްތިހާން"، "ދަޔާވަން" އަދި "ހޭރާފޭރީ" ހިމެނެއެވެ. ވިނޯދް ކަންނާ ކުޅެފައިވާ ފިލްމް "އަމަރް އަކްބަރް އެންތޮނީ" އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ފިލްމެކެވެ. މީގެ އިތުރުން ސަލްމާން ޚާނާ އެކު ކުޅެފައިވާ "ދަބަންގް" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ފިލްމެކެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2018

ނިވައިރޯޅީގައި ހިމެނޭ ތަރިން އިއުލާންކުރުން މިރޭ!

10 އެޕްރީލު 2018
ނިވައިރޯޅީގައި ހިމެނޭ ތަރިން އިއުލާންކުރުން މިރޭ!
08 އެޕްރީލު 2018

ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން

08 އެޕްރީލު 2018
ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން
25 މާރިޗު 2018

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް
21 މާރިޗު 2018

ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި

21 މާރިޗު 2018
ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި
21 އޯގަސްޓު 2017

"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން

21 އޯގަސްޓު 2017
"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު