Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމައުމޫން

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 8 ޖެނުއަރީ 2017 | އާދީއްތަ 12:14
އަނުޝްކާ ޝަރްމާ

އަނުޝްކާ ޝަރްމާ

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތް ކުރުމަށް ބޮލީވުޑް ބަޠަލާ އަނުޝްކާ ޝަރްމާ ގޮވާލައިފިއެވެ.

އާއަހަރު ފާހަގަކުރުމަށް ބެންގަލޫރުގައި ބޭއްވި ޙަރަކާތްތަކުގެ ތެރެއިން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް އަނުޝްކާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ވަރުގަދަ މެސެޖެއް ދީފައެވެ. އޭނާގެ މެސެޖު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާއިރު އެކަން ހުއްޓުވުމުގެ ބަދަލުގައި މަންޒަރު ބަލަން ތިބޭ މީހުންނަށެވެ. އޭގެ އިތުރުން އަންހެނުންގެ ހެދުން އެޅުމުގެ ވަށްޓަފާޅިއަށާއި، ދަންވަރު ވަގުތުގައި އަންހެނުން ބޭރުތެރޭގައި އުޅުމާ މެދު ފާޑުކިޔާ ފަރާތްތަކަކީ "ޙިއްސު ނެތް" ނާތަހުޒީބު މީހުންގެ ގޮތުގައި އަނުޝްކާ ވަނީ ސިފަކޮށްފައެވެ.

ވަކިން ޚާއްޞަކޮށް ބެންގަލޫރުގައި އެ ޙާދިސާ ހިނގި ވަގުތު މަންޒަރު ބަލަން ތިބި މީހުން އެކަން ނުހުއްޓުވި ސަބަބާ މެދު އަނުޝްކާ ވަނީ ސުވާލު އުފައްދާފައެވެ. އަދި ޖިންސީ ފުރައްސާރަ ކުރި މީހުންނާ އެއްވަރަށް މަންޒަރު ބަލަން ތިބި މީހުންވެސް ކުށްވެރިވާ ކަމަށާއި އެ އަނިޔާވެރި ޢަމަލުތައް ނުހުއްޓުވާ މަންޒަރު ބަލަން ތިބި މީހުންނަކީ އެކަމުގައި ބައިވެރިވި މީހުން ކަމުގައި ދެކޭ ކަމަށް އަނުޝްކާގެ މެސެޖުގައި ވަނީ ބުނެފައެވެ.

އާއަހަރު ފާހަގަކުރުމަށް ބެންގަލޫރުގައި ބޭއްވި ޙަރަކާތެއްގެ ތެރެއިން އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން އެތައް ބަޔަކު ހިތާމަ ފާޅުކުރަމުންދާއިރު، އެޙާދިސާއާއި ގުޅިގެން ބެންގަލޫރުގެ އަންހެނުންނަށް އުއްމީދީ މުސްތަޤްބަލެއް އޮތްކަމާ މެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ތަރައްޤީ ވަމުން އަންނަ ޤައުމެއްގެ ގޮތުގައި އިންޑިޔާ ފާހަގަކުރެވިފައިވާއިރު، މިފަދަ ކުށްތަކުގެ ސަބަބުން މުޖުތަމަޢެއްގެ ގޮތުގައި އިންޑިޔާ ވަރަށް ފަހަތަށް ޖެހިގެންދާ ކަމަށް އެތައް ބަޔަކު ބުނެއެވެ.

އިންޑިޔާގެ ބެންގަލޫރުގައި ހިނގި ޙާދިސާ ކުށްވެރިކޮށް ބޮލީވުޑް ތަރި އަނުޝްކާ ޝަރްމާ އޭނާގެ ޓްވިޓާ އެކައުންޓުގައި ބުނެފައިވަނީ އެ އަނިޔާ ލިބުނު މީހާ ކުށްވެރިކުރުމުގެ ބަދަލުގައި އަމިއްލަ ފިރިހެން ދަރިން "ހައިވާނުންނަށް" ވުމުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި ތިމާގެ ދަރިންނަށް އަންހެނުންނަށް އިޙްތިރާމް ކުރަން ދަސްކޮށްދިނުމަށާއި އަންހެނުންނަށް ލިބޭ އަނިޔާ އާއި ހިތްދަތިކަމުން އެމީހުން ސަލާމަތްކުރުމަށް އަނުޝްކާ ވަނީ ގޮވާލާފައެވެ.

އަނުޝްކާގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ބެންގަލޫރުގައި ހިންގި ޖިންސީ ފުރައްސާކުރުމުގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2020

"ކޮންމެ މަންޒަރެއްގައިވެސް ތިއީ އަހަރެންގެ ތަރި"

18 ޖެނުއަރީ 2020
"ކޮންމެ މަންޒަރެއްގައިވެސް ތިއީ އަހަރެންގެ ތަރި"
18 ޑިސެމްބަރު 2019

"އަހަރެންގެ ދޮންދަރި ކޮންމެސް ގޮތަކުން މި ފޮޓޮއިން ބޭރުކޮށްދީ" : ދޮންމަންމަ

18 ޑިސެމްބަރު 2019
"އަހަރެންގެ ދޮންދަރި ކޮންމެސް ގޮތަކުން މި ފޮޓޮއިން ބޭރުކޮށްދީ" : ދޮންމަންމަ
09 ނޮވެމްބަރު 2019

"ބާލާ" އެޅުވިތާ މާ ގިނައިރެއް ނުވަނީސް ލީކުކޮށްލައިފި

09 ނޮވެމްބަރު 2019
"ބާލާ" އެޅުވިތާ މާ ގިނައިރެއް ނުވަނީސް ލީކުކޮށްލައިފި
22 އެޕްރީލު 2019

ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ

22 އެޕްރީލު 2019
ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ
06 ޖޫން 2018

އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟

06 ޖޫން 2018
އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު