Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވިނޯދް ކަންނާ

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

މުބާއީގެ ހޮސްޕިޓަލެއްގައި ވިނޯދު ކަންނާ އެޑްމިޓްކޮށްފައި ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2017 | ބުރާސްފަތި 11:53
ވިނޯދް ކަންނާ

ވިނޯދް ކަންނާ

ބޮލީވުޑްގެ ސްޕަސްޓާ ވިނޯދް ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެއެވެ

ވިނޯދް ކަންނާ މަރުވެފައިވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ކުއްލި ގޮތަކަށް މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

ވިނޯދް ކަންނާ އެޑެމިޓް ކޮށްފައި އޮތީ މުމްބާއީގެ ގިރްގާއޮގެ އެޗް އެން ރިލައެންސް ފައުންޑޭޝަން އެންޑް ރިސާޗު ސެންޓަރުގައެވެ.

ވިނޯދު ކަންކާ އެޑްމިޓްކުރީ ޑިހައިޑްޓޭޓް ވެގެން ކަމަށް އާއިލާ އިން ބުނި ނަމަވެސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ފަހު އޭނާގެ ސިއްޚީ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ. މީޑިއާ ތަކުގައި ބުނެފައިވަނީ ވިނޯދް ކަންނާ އެޑްމިޓްކުރީ ކެންސަރުބަލީގައި ކަމަށެވެ.

އެހެން ނަމަވެސް އޭނާ އެޑްމިޓްކޮށްފައި ވަނީ ސީދާ ކޮން ކަމެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. މީގެ ކުރިންވެސް ވިނޯދް ކަންނާ މަރުވެފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ސޯޝަލް މީޑިއާގައި ފެތުރި ޚަބަރުތަކަށް ފަހު ވެރިކަންކުރާ ބީޖޭޕީގެ މަގަލާޔާ އޮފީހުގައި ބައެއް އޮފިޝަލުން ވަނީ ހިމޭންކަމުގެ ދެ މިނިޓްގެ ސުކޫތެއް ވެސް ގެނެސްފައެވެ.

މި ހަރަކާތުގެ ވީޑިއޯ އާންމުވެފައިވާ އިރު ބީޖޭޕީން ބުނީ އެ ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި މެންބަރުކަން ވެސް ކުރެއްވި ވިނޯދުގެ މަރުގެ ޚަބަރު ސޯޝަލް މީޑިއާގައި ފެތުރުމުން އެ ޕާޓީގެ ބައެއް އޮފިޝަލުން އެކަމުގެ ހަގީގަތް ނުބަލައި ހިތާމާފާޅުކޮށްފައި ވަނީ ވަރަށް ބޮޑު އޮޅުމަކުން ކަމަށެވެ. އެކަމަށްޓަކައި އެ ޕާޓީން ވަނީ މައާފަށް ވެސް އެދިފައެވެ.

ނަމަވެސް މި ފަހަރު ފެތުރިފައި ވަނީ ސައްޚަ ޚަބަރެއްކަން އިންޑިއާގެ ބޮޑެތި ހުރިހާ ނޫސްތަކުން ވަނީ ބުނެފައެވެ. އަދި އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ވިނޯދް ކަންނާ ވަނީ 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އަދި ވިނޯދަކީ އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގައި މެންބަރުކަން ވެސް ކޮށްފައިވާ ޕޮލިޓިޝަނެކެވެ.

ވިނޯދް ކަންނާ އެންމެ ފަހުން ފެނިފައި ވަނީ ޝާހުރުހާން އެކްޓްކޮށްފައިވާ ފިލްމު "ދިވާލޭއިން" ނެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެރަ ގައޯން މެރާ ދޭޝް"، "އިމްތިހާން"، "ދަޔާވަން" އަދި "ހޭރާފޭރީ" ހިމެނެއެވެ. ވިނޯދް ކަންނާ ކުޅެފައިވާ ފިލްމް "އަމަރް އަކްބަރް އެންތޮނީ" އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ފިލްމެކެވެ. މީގެ އިތުރުން ސަލްމާން ޚާނާ އެކު ކުޅެފައިވާ "ދަބަންގް" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ފިލްމެކެވެ. ވިނޯދް ކަންނާއަށް ލިބިފައިވަނީ 4 ދަރިންނެވެ. އެއީ ރާހުލް ކަންނާ އާއި، އަކްޝޭ ކަންނާ، ސަކްޝީ ކަންނާ އަދި ޝްރައްދާ ކަންނާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި

ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި

27 އެޕްރީލު 2017
ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

17 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު