Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - އިރާނު

ސުލައިމާނީގެ މަރު: އެތައް ހާސް ބަޔަކު މަގުތަކަށް

3 ޖެނުއަރީ 2020 | ހުކުރު 13:49

ތެހެރާންގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެފައިވާއިރު އެންމެން އެއް އަޑަކުން ގޮވަމުންދަނީ " ޑެތް ޓު އެމެރިކާ"

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖެނުއަރީ 2020 | ހުކުރު 13:49
ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެފައި

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެފައި | އެރަބް ނިއުސް

އެމެރިކާއިން ދިން ހަމަލާއެއްގައި އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ)ގެ ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ އެތައް ހާސް ބަޔަކު މަގުތަކަށް އެއްވެ އެމެރިކާއާ ދެކޮޅަށް އަޑުއުފުލަމުން އެބަދެއެވެ.

އިރާނުގެ ވެރިރަށް ތެހެރާންގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެފައިވާއިރު އެންމެން އެއް އަޑަކުން ގޮވަމުންދަނީ "ޑެތް ޓު އެމެރިކާ" އެވެ. އިރާނުގެ ސްޓޭޓް މީޑިޔާ އައިއާރުއެންއޭ އިން ރިޕޯޓްކޮށްފައިވަނީ މިފަދަ އެއްވުންތައް އިތުރު 8 ސިޓީ އެއްގައި ކުރިޔަށްދާ ކަމަށެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ ވަނީ ތިން ދުވަސް ގައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވާފަ އެވެ. އަދި ހާމަނާއީ ވަނީ ސުލައިމާނީ އަކީ ޝަހީދެއްކަމަށް ވިދާޅުވެ ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެކަމަށް ވިދާޅުވެފައެވެ.

އެހެން ގައުމުތަކުގައި ހުރި އިރާނުގެ އެމްބަސީގައި ނަގާފައި ހުރި އިރާނުގެ ދިދަ ބައި ދަނޑިއަށް ތިިރިކުރުމަށް ވަނީ އަމުރުނެރެފަ އެވެ. މީގެއިތުރުން ސުލައިމާނީގެ ހަށިގަނޑު އިރާނަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސުލައިމާނީ އަކީ އިރާނުގައި ދެވަނަ އަށް އެންމެ ބާރު ގަދަ މީހާއެވެ. އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މިކަމުގެ ބަދަލުހިފުން އޮންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އިރާނުގެ ފޮރިން މިނިސްޓަރ ޖަވާދު ޒާރިފް ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިރާނުގެ ނޭޝަނަލް ސެކިޔުރިޓީ ކައުންސިލުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި މިބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ހާމަނާއީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުމަކީ ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ދެން ކަންތައް ކުރާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވުމަށް ބައްދަލުވުމެކެވެ. އަނެއްކޮޅުން ރެވިލިއުޝަނަރީ ގާޑްގެ ގުދުސް ފޯސްގެ ވެރިޔާކަމަށް ބްރިގޭޑިޔާރ ޖެނެރަލް އިސްމާޢީލް ޣާނި ވަނީ ހާމަނާއީ އައްޔަނުކުރައްވާފަ އެވެ.

އިރާނުގެ ލޯކަލް ނިއުސް އެޖެންސީތަކުން ބުނާގޮތުން އިރާނުގެ ހަނގުރާމަމަތީ ޖެޓްތައް އަންނަނީ އެގައުމުގެ ހުޅަނގު ސަރަހައްދު ޕެޓްރޯލްކުރަމުންނެވެ. މިއީ އިރާގާއި އިރާނު ގުޅޭ ބޯޑަރ ސަރަހައްދެވެ.

ސުލައިމާނީ އަކީ ކާކު؟

ފަގީރު އާއިލާއަކަށް އުފަންވެވަޑައިގެންނެވި ސުލައިމާނީ ނިސްބަތްވެވަޑައިގެންނަވަނީ އިރާނުގެ ކިރްމަން ޕްރޮވިންސަށެވެ. އުމުރުފުޅުން 13 އަހަރުފުޅުގައި އާއިލާއަށް އެހީތެރިވެެދެއްވުމަށް މަސައްކަތް ކުރެއްވުމަށް ސުލައިމާނީ ފެއްޓެވިއިރު ހުސްވަގުތުތަކުގައި ހާމަނާއީ ދެއްވާ ދީނީ ތަގުރީރުތައް އަޑުއެއްސެވުމަށް ސުލައިމާނީ ވަޑައިގަންނަވަ އެވެ.

ސުލައިމާނީ އިރާނުގެ ރިވޮލިޔުޝަނަރީ ގާޑާއި ގުޅިވަޑައިގަތީ 1979 ވަނަ އަހަރު އެވެ. ސުލައިމާނީ ފާހަގަވެގެންގޮސްފައިވަނީ އިރާނު-އިރާގު ހަނގުރާމައިގެ ތެރޭގައެވެ. އެހަނގުރާމައިގެ ތެރޭގައި އޭނާ ގައުމީ ބަތަލެއްގެ ގޮތުގައި ފާހަގަވެގެންގޮސްފަ އެވެ.

އިރާގުގެ ސަރުކާރު 2005 ވަނަ އަހަރު އެކުލަވާލުމުގައި ސުލައިމާނީގެ ދައުރު ބޮޑެވެ.

ސުލައިމާނީ އަށް ގުދުސް ފޯސްގެ އިސްވެރިޔާކަން ލިބިވަޑައިގެންނެވީ 1998 ވަނަ އަހަރު އެވެ. އެއަށްފަހު ސުލައިމާނީ ވަނީ ގިނަ އަހަރުތަކެއްވަންދެން އާންމުންގެ ތެރެއަށް ނުކުމެވަޑައިނޫޅުއްވާ ގިނަ ބަޔަކަށް ނޭންގޭނެ ގޮތަށް އުޅުއްވާފަ އެވެ. ނަމަވެސް އިރާނާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއި، ސީރިއާގެ ރައީސް ބައްޝާރުލް އަސަދް އަދި އިރާގުގެ ޝީޢީ ގުރޫޕްތަކާއި ދެމެދު ހަރުދަނާ ގުޅުމެއް ސުލައިމާނީ ވަނީ ބާއްވަވާފަ އެވެ. ފާއިތުވި އަހަރުތަކުގައި ސުލައިމާނީ ވަނީ އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ހުމައިނީ އަދި ޝީޢީ އެހެން ލީޑަރުންނާއެކު ފެނިގެންގޮސްފަ އެވެ.

ސުލައިމާނީ ވަނީ އިރާގާއި ސީރިޔާގައި ހިނގަމުންދާ ހަނގުރާމަތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އެގޮތުން ސީރިޔާ އާއި އިރާގުގައި އައިސިސް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަތަކުގައި ސުލައިމާނީ އަކީ އިސް މޭސްތިރިކެވެ.

ސުލައިމާނީގެ ރިޔާސަތުގައި ގުދުސް ފޯސް ވަނީ އިރާނުން ބޭރުގައި ވަރުގަދަ ނުފޫޒު ހުރި ބަޔަކަށްވެފަ އެވެ.

ސުލައިމާނީ އަކީ އިރާނާއި އިރާނުން ބޭރުގައިވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. މެދުއިރުމަތީގައި އިރާނުގެ ބާރުގަދަ ކުރުމަށް ސުލައިމާނީ މުހިންމު ދައުރެއް އަދާކުރައްވަ އެވެ. އަދި އެމެރިކާ އާއި އިސްރާއީލަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސުލައިމާނީ ފާހަގަވާއިރު އެ ދެގައުމުން އަންނަނީ ސުލައިމާނީ އަށް އަބަދުވެސް ފާރަލަމުންނެވެ.

ފާއިތުވި 20 އަހަރު ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާ އާއި އިސްރާޢީލް އަދި އަރަބި އެހެން ގައުމުތަކުން ދީފައިވާ އެތައް ހަމަލާތަކަކުން ސުލައިމާނީ ވަނީ ސަލަމާތްވެ ވަޑައިގެންފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް