Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އިންތިހާބަށް ކުރިމަތިލާއިރު އީސީއަށް އިތުބާރު އެބައޮތްތަ؟ ކުރިން ކުރި ތުހުމަތްތައް ކޮބާ؟

1 ޖެނުއަރީ 2020 | ބުދަ 14:41

އަދިވެސް ބައެއް މުއައްސަސާތަކުގެ ވެރިން ބަދަލެއް ނުކުރޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 1 ޖެނުއަރީ 2020 | ބުދަ 14:41
އިލެކްޝަން ކޮމިޝަންގެ މެމްބަރުންތަކެއް

އިލެކްޝަން ކޮމިޝަންގެ މެމްބަރުންތަކެއް

ނިމިދިޔަ 2019 ވަނަ އަހަރަކީ ރާއްޖޭގެ ސިޔާސީ މަޞްރަޙާއި ސަރުކާރު ހިންގުމުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވި އަހަރެއް ކަމާއި މެދު ޝައްކެއްވެސް ނެތެވެ. ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި އިސްތިޤުލާލާއި މިނިވަންކަން ދެމަހައްޓައި ބާރު ނެތް ދުވަހު ރައްޔިތުން ކުރިމަތީގައި ވެވުނު ވަޢުދުތައް ފުއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިރުޝާދުގެ ދަށުން ކަމާބެހޭ ވުޒާރާތަކުގެ އިސްވެރިންނާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީސް ކެނޑިނޭޅި މަސައްކަތްކުރާކަން އެއީ ދަންނަންޖެހޭ އެއް ހަޤީޤަތެވެ.

ސެޕްޓެންބަރު 23 ވަަނަ ދުވަހު ދިވެހި ރައްޔިތުން ނިކުމެ ވޯޓުލައި، ސަރުކާރު ބަދަލުކުރީ ހަމައެކަނި ޤައުމުގެ ވަލިއްޔުލް އަމްރުގެ މަޤާމުގަ ހުންނެވި ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުން ދުރުކޮށް، އެހެން މީހަކު އެމަޤާމަށް ގެންނާކަށް ނޫނެވެ. ދިވެހިން ވޯޓުދިނީ ޔާމީނާއި، އެމަނިކުފާނު ހިންގެވި ވެރިކަން ދިފާޢުކުރުމަށް، ޤާނޫނީ ޒިންމާއާއި ޤާނޫނީ އިޖްރާޢަތްތަކުގެ މަތިން ހަނދާން ނައްތާލި މުވައްސަސާތަކުގެ ވެރިންނާއި، ސަރުކާރުގެ ކުންފުނިތައް ދަރަނިވެރިކޮށްލި އިސްވެރިންވެސް ބޭރުކުރުމަށެވެ. އެމީހުންނަކީ ފާއިތުވި 5 އަހަރު ދިވެހި ޤައުމު ހަލާކުކޮށް، ކޮރަޕްޝަނުގެ ހާއްޔަކަށް ދިވެހި ސަރުކާރާއި ދަޢުލަތް ހަދައި ޤާނޫނުތައް ފުނޑުފުޑުކޮށްލި މީހުންނެވެ.

ކޮންމެއަކަސް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީން ރައްޔިތުން ގާތު އެދުނު ހުރިހާ ކަމެއް ރައްޔިތުން ކޮށްދީފިއެވެ. އެހެނީ މާޒީގެ ތަޖުރިބާއަށް ރިޢާޔަތްކޮށް މަޖިލީހުގެ މެޖޯރިޓީ ނެތި ވަޢުދުތައް ފުއްދުމަށް ހުރަސްއެޅޭނެ ވާހަކަ ބުނުމުން ރައްޔިތުން ނިކުމެ އެމްޑީޕީއަށް އެކަނި 65 ގޮނޑި ކާމިޔާބުކޮށްދިނެވެ. ސަރުކާރުން ކުރަން ބޭނުންވެއްޖެ ކޮންމެ ކަމަކަށް ހަމަ ގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ލިބޭކަން ފާއިތުވެގެން ދިޔަ އަހަރުގެ މަޖިލީހުގެ މަސައްކަތައް ބަލާލިއަސް ފެނިގެންދާނެއެވެ.

ޖުޑީޝަރީ އިޞްލާޙުކުރުމަށް ގިނަ މަސައްކަތެއް ކުރިއެވެ. ފަނޑިޔާރުންގެ މައްސަލަތައް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ތަހުޤީޤުކުރެވުނެވެ. ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ދިމާވީ ގޮންޖެހުންތަކާއި ސަރުކާރުން ކުރިމަތިލީ ނުހަނު ކެރިގެންނެވެ. އެކަންވެސް ފަސްޖެހުމެއްނެތި ދަނީ ކުރަމުންނެވެ. އެކަމަަކު ކެމްޕެއިން ތެރޭގައި ހަރުއަޑުން ރަނގަޅުކުރަން ވަޢުދުވި މިނިވަން މުއައްސަސާތަކަށް ވީ ކިހިނެއް ހެއްޔެވެ؟

ޔާމީނުގެ 5 އަހަރަކީ ދިވެހިންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އެންމެ ދަށު ދަރަޖައަކަށް ވެއްޓުނު 5 އަހަރެވެ. އެންމެ ގިނަ ޢަދަދެއްގެ ދިވެހިންގެ އިންސާނީ ޙައްޤުތަކަށް ސީދާ ސަރުކާރުން އަރައިގަތް 5 އަހަރެވެ. އެހެންނަމަވެސް ގެއްލެމުން ދިޔަ އިންސާނީ ޙައްޤުތައް ހޯދައިދިނުމުގައި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން އޭރު އޮތީ ނުކުޅެދިފައެވެ. އެތައް ބައެއްގެ ޙައްޤުތައް ނިގުޅައިގަތް އިރު، އެ ޙައްޤުތަކުގެ ދިފާޢުގައި ދެކެވުނު މާގިނަ ވާހަކަތަކެއް ނެތެވެ.

އެހެންނަމަވެސް އެކޮމިޝަނުގެ މެންބަރުން ދިޔައީ ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސްޢޫލިއްޔަތާއެކު ލިބޭ މުސާރައިގެ ޙައްޤު ބަރާބަރަށް ލިބިގަންނަމުންނެވެ. މިހާރުވެސް ނިދިން ހޭލަނީ ހަމައެކަނި ވަކި ބޭފުޅަކު ޖަލަށް ލެވުމުން ކަން އެނގެއެވެ. ނިކަމެތި ރައްޔިތު މީހާގެ އާދޭހުގެ އަޑު ނީވޭއިރު ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވެ ޖަލަށް ޙުކުމް ކުރެވުނު މީހާގެ ފަރާތުން މައްސަލައެއް ހުށަހެޅުމުން 24 ގަޑިއިރު ނުވަނީސް ތިބީ އެތަނުގެ ޙާލަތު ބަލަންށެވެ.

ޔާމިނުގެ ދައުރުގެ 5 އަހަރު، ވަކިން ޚާއްޞަކޮށް ފަހު 3 އަހަރުު، ރާއްޖޭގެ ސިޔާސީ މަޞްރަޙުގަ ހިނގި ގިނަ ކަންކަމުގަ އިލެކްޝަންސް ކޮމިޝަނުގެ ރޯލު ބޮޑެވެ. ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ބޭނުންކުރި އެންމެ މުހިންމު އެއް ހަތިޔާރަކީ އިލެކްޝަންސް ކޮމިޝަނެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަކި ފަރާތަކަށް ބުރަވުމުން، ތިމަންނަމެންނަށް މިނިވަންކަން ލިބުނީކަމަށް ޤަބޫލުކުރެވި، މިނިވަންކަން ދައްކަން ދެން މަސައްކަތްކުރި ނަމަވެސް، އިންތިޚާބާއި ހަމަޔަށްވެސް ކަންތައް ކުރިގޮތް ދިވެހިން ހަނދާން ނެތުނީކީ ނޫނެވެ.

ޚުދު އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު އިލެކްޝަންސް ކޮމިޝަނުގެ ތިއްބެވި މެންބަރުން މިހާރުވެސް އެބަތިއްބެވެ. ބޭއިންސާފުންނޭ،، ވަކި މީހަކު އެންގެވި ގޮތަކަށް ޢަމަލުކުރި މީހުން އަދިވެސް މަޤާމުތަކުގަ އެބަތިއްބެވެ. އެކަށީގެންވާ ވަގުތު ނެތެކޭ މިހާރަކު ބުނެވޭނެ ޖާގައެއް ނެތެވެ. މަޖިލިސް އިންތިޚާބަށް އެހެންވި ކަމުގައިވިޔަސް އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އެއިރު ގޯސްވި މީހުން އަދިވެސް ތިބީ އެ މަޤާމުތަކުގައެވެ.

ގުޅިފައިވާ ކޯލިޝަނުން ކެމްޕޭނުގައި ދައްކަމުން ދިޔަ ވާހަކައަކީ މިފަދަ ކޮމިޝަންތައް މިނިވަންކުރާނެ ވާހަކައެވެ. އެކޮމިޝަންތަކުގައި ތިބި ފަރާތްތައް ޖަވާބުދާރީކޮށް، ހިންގި ޖަރީމާތަކަށް ޖަވާބުދާރީކުރުވާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، އަދި ހިއުމަން ރައިޓްސް ކޮމިޝަން، މިއީ ރައްޔިތުން ހަރުއަޑުން ބަދަލުކުރަން އެދުނު ތަންތަނެވެ.

ސަރުކާރު ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުގަ ތިބެ، ބައެއް ކަންތައް ބޭނުންވާ އުޞޫލުން ނުހިންގެވޭތީ ޔާމީނު މިނިވަން މުޢައްސަސާތަކަށް ނެންގެވި ބޭފުޅުން އަދިވެސް އެމަޤާމުތަކުގައި އެބަތިއްބެވެ. ކުލަ ބަދަލުކުރުމުން އެ ޖަރީމާތައް ހަނދާން ނައްތާލެވިގެން ނުވާނެވާހަކައަކި ރައްޔިތުން އެންމެ ހަރުއަޑުން ގޮވާ އެއްވާހަކައެވެ. ޚާއްޞަކޮށް އިލެކްޝަނުން އިންތިޚާބަކާއި އަލަށް ކުރިމަތިލާއިރު، އެއިރު ދެއްކި ވާހަކަތަކަށް ބެލުމަށްފަހު ރައްޔިތުންނަށް ވީ ވަޢުދު ފުއްދަންޖެހެއެވެ. އެއިރު ގޯސްވެއްޖެއްޔާ މިހާރު ގޯސްނުވަނީ ކީއްވެތޯ؟ ތުހުމަތުތަކަށް ވީ ކީއްތޯ؟

ވެރިކަން ބަދަލުވެއްޖެއެވެ. މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެއެވެ. ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނެކަމަށް ބުނެވިއްޖެއެވެ. އެހެންނަމަވެސް އަދިވެސް މުހިންމު މުއައްސަސާތަކުގައި ތިބި މީހުން ބަދަލެއް ނުވެއެވެ. އެމީހުން ޖަވާބުދާރީ ނުކުރެވެއެވެ. އެމީހުން ހަމަ އެހެން ބައިތިއްބައިގެން އެމްޑީޕީއާއި، ކޯލިޝަންގެ ޕާޓީތަކުން ރައްޔިތުންނަށް ވީ ވަޢުދު ފުއްދޭނެތޯއެވެ؟

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 މެއި 2018

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

03 މެއި 2018
ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟
02 ފެބުރުއަރީ 2018

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟
29 ޖެނުއަރީ 2018

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.
02 އޮކްޓޯބަރު 2017

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
18 ޖުލައި 2017

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް