Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލޯކަލް ކައުންސިލް އިންތިޚާބު 2

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރުތައް ވަނީ ހަނިކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2017 | ބުދަ 12:11
ރައީސް ޔާމީން ސަރުކާރާއި ދައުލަތުގެ އިސްބޭފުޅުންތަކަކާ އެކު، ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް މި ސަރުކާރުގައި ވަނީ ގެނެސްފަ

ރައީސް ޔާމީން ސަރުކާރާއި ދައުލަތުގެ އިސްބޭފުޅުންތަކަކާ އެކު، ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް މި ސަރުކާރުގައި ވަނީ ގެނެސްފަ

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ގާތުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. ރައްޔިތުންގެ ޚިޔާލު ހޯދައިގެން ރައްޔިތު މީހާ ރުހޭ ގޮތަށް ރަށުގެ ތަރައްގީ އާއި އިޖުތިމާއީ މަސައްކަތްތައް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށެވެ. މިއީ ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފްކޮށް، ގާނޫނެއްގެ ދަށުން ލާމަރުކަަޒު ކުރުމުގެ މަގްސަދެވެ.

ދިވެހިރާއްޖެ އުފެދިފައިވަނީ ޖަޒީރާ ގައުމެއްގެ ގޮތުގަ އެވެ. ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރެވިފައިވަނީ މި ކުދި ޖަޒީރާ ރަށްތަކުން ލިބޭ ނަފާވެރިކަމުގެ މައްޗަށެެވެ. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ އެ ނަފާވެރިކަން ރައްޔިތު މީހާ އަށް ހޯދައި ދިނުމެވެ. އެ ރަށެއްގެ މުއްސަނދިކަން އެ ރަށެއްގެ ރަށްވެހިން ރުހޭ ގޮތެއްގެ މަތިން އެންމެންނަށް އެއް ހަމައަކުން ލިބޭނެ އުސޫލެއް ގާއިމް ކޮށްދިނުމެވެެ.

މާލޭގެ ބޮޑު އޮފީހުގެ ފިނި ކޮޓަރީގައި ހުންނަވާ މިނިސްޓަރަކަށް ހއ. ތުރާކުނު ރައްޔިތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާނެ ގޮތެއް ނޭނގޭނެ އެވެ. އައްޑޫ ސިޓީ ހިތަދޫ ޒުވާނުން ވޮލީ ކޯޓެއް އެޅުމަށް ބިން ދޫކުރާނެ ތަނެއް މާލޭ މިނިސްޓަރަކަށް ނޭނގޭނެ އެވެ. ނަމަވެސް އެ ރަށްރަށުން އެންމެ ހެޔޮ ގޮތުގައި ބިން ދޫކުރެވޭނެ ތަންތަން އެ ރަށެއްގެ ކައުންސިލަށް ދާދި ފަސޭހައިން ނިންމާލެވިދާނެ އެވެ. ރައްޔިތުން އެކަމާ މެދު ރުހޭ ގޮތް ހޯދޭނެ އެވެ. މިއީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޑަކުޑަ މިސާލެކެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ސަރުކާރުން މިވަނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލާފަ އެވެ. ސިންގަޕޫރު މިސާލަކަށް ނަގައިގެން ސަރުކާރުގެ އަމާޒު ހިފާފައިވަނީ، ދިވެހިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ އުސޫލު ވެސް ރައްޔިތުންނަށް އޮޅުވާލުމަށެވެ. ހަގީގަތަކީ ސިންގަޕޫރާއި މި ރާއްޖެއަކީ އެއް ތިލަފަތެއްގައި މިނެކިރޭނެ ދެގައުމު ނޫން ކަމެވެ. ސިންގަޕޫރަކީ އެއް ފަސްގަނޑެއްގެ ގޮތުގައި އޮތް ގައުމެކެވެ. އަޅުގަނޑުމެންނަކީ 90،000 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއްގައި، 1200 އެއްހާ ކުދި ރަށްތަކެއްގައި ދިރިއުޅެމުންދާ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ އަމާޒު ހިފާފައިވަނީ ދިވެހިރާއްޖެ އުފެދިފައިވާ އުސޫލާ ޚިލާފަށް، ދިވެހިން އެއްފަސްގަނޑަކަށް ޖަމާކުރުމަށެވެ. އަޅުގަނޑުމެން އަމިއްލަ ގެދޮރުތަކުން ނެރެ، ދަ ގްރޭޓާ މާލޭ ރީޖަންއޭ މި ކިޔާ ސަރަހައްދަށް އަޅުގަނޑުމެން އެންމެން ޖަމާކުރުމަށެވެ. އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުނު ބިންތަކުން ބޭރުކޮށް، ހުޅުމާލޭގެ ހިއްކި ބިމެއްގައި އަޅުގަނޑުމެން ބޭތިއްބުމަށެވެ. މޭލޭ ސަރަހައްދުގެ ފްލެޓެއްގައި އަޅުގަނޑުމެން ބަންދުކޮށް، ކުލީގެ އަޅުންތަކަކަށް ހެދުމުގެ ސަގާފަތް ދިރުވުމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަރާ ހަމަކޮށްފައިވާއިރު، މި އިންތިހާބެއްގައި ބައިވެރިނުވެވިދާނެތީ ރައީސް ޔާމީނުގެ ޕީޕީއެމް ފެކްޝަނުން ކޯޓަށް ގޮސް އަމުރު ހޯދިތަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި އެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމެއްގެ އިންތިހާބުގައި ރައީސް ޔާމީނުގެ ޕީޕީއެމުން ބައިވެރިވުމުގެ ބޭނުމަކީ ކޮބައިއތޯ؟ އެމަނިކުފާނުގެ ސަރުކާރުން މިވަނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ އާއި ދެމެދުގައި އުފައްދާފައިވާ ކައުންސިލްތަކުގެ ހުރިހާ ބާރުވެރިކަމެއް މާލެއަށް ޖަމާކޮށްފަ އެވެ. ކައުންސިލަރުން ތިބުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދޭ މިންވަރަށް ކައުންސިލްތަކުގެ ބޭނުން ކަނޑުވާލާފަ އެވެ.

ކައުންސިލަރުންގެ މުސާރަތައް އިންތިހާ އަށް ކުޑަކޮށްލާފަ އެވެ. ސިޓީ ކައުންސިލްތަކަކީ ކަށުކަމާކެމީގެ ކަންތައްތައް ހަމައެކަނި ކުރާ ބަޔަކަށް ހެދުމަށް ފަހު އެ ބާރުވެސް މިވަނީ ސަރުކާރަށް ނަގާފަ އެވެ. ރަށެއްގެ މަގެއްމަތީގައި ގަހެއް އިންދާލާނެ ތަނެއް ހޯދުމަށް ވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް އާދޭސް ދަންނަވަން ޖެހޭ ވަރު ކޮށްލާފަ އެވެ. ކަން މިހެން އޮތް އިރު، ރައީސް ޔާމީނުގެ ޕާޓީގެ ނަމުގައި ލޯކަލް ކައުންސިލް އިންތިހާބެއްގައި ބައިވެރިވާނެ މީހަކު ނުލިބިގެން އުޅުމަކީ ހައިރާންވާންވީ ވަރުގެ ކަމެއް ނޫނެވެ.

ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް ރައީސް ޔާމީނުގެ ސަރުކާރަށް މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ކުރި ތަނެއް ފެނިގެންނެއް ނުދެ އެވެ. ކައުންސިލަރުން ބާރުވެރިކުރުވުމުގެ ބަދަލުގައި ފެނިގެންދިޔައީ ކައުންސިލަރުންނަށް ވީހާ ވެސް ފިއްތުންތައް ކުރިމަތި ކުރުވި ތަނެވެ. ކައުންސިލަރުންނަށް ވަރުގަދަ އިންޒާރުތައް ދިން މަންޒަރުވެސް މި ސަރުކާރުގެ ތެރޭގައި ފެނިގެން ގޮސްފި އެވެ.

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް ނިކުތުމަކީ ޕީޕީއެމްގެ އާންމު މެންބަރުންނާއި ކެނޑިޑޭޓުން ލަދުވެތިވާން ޖެހޭ ކަމެއް ނޫންތޯ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

"ދޭ، ނަވާޒް ދޭ" އެންމެ ފަހުން ހަގީގަތަކަށް

"ދޭ، ނަވާޒް ދޭ" އެންމެ ފަހުން ހަގީގަތަކަށް

28 ޖުލައި 2017
ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު