Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިއްހީ ޚިދުމަތް

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

ސިއްހީ ޚިދުމަތް ދުވަހަކަށްވުރެ ދުވަހެއް ދަށަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 މެއި 2018 | ބުރާސްފަތި 04:13
އައިޖީއެމްއެޗް އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ

އައިޖީއެމްއެޗް އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ

ސަރުކާރުން އަބަދުވެސް ވަރަށް ފަހުރުވެރިކަމާއެކު ބުނަމުން ގެންދަނީ އެއްވާހަކައެކެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރާއްޖެއަށް ގެނެސްފައިވާ ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ވާހަކައެވެ. އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް އައި ތަރައްޤީގެ ވާހަކައެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ތަރައްޤީވެގެން ގޮސް ސިންގަޕޫރު، ޓޯކިޔާ، ސުވިޒަލޭންޑް ފަދަ ބޮޑެތި މުއްސަނދި ޤައުމުތަކާއި ސިޓީތަކާއި އެއްފެންވަރަކަށް ރާއްޖެ ދުވަސްކޮޅަކުންވެގެންދާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސް ވަޒީރުން ވަނީ އެކި ޖަލްސާތަކުގައި އާއި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ސަރުކާރުން އަޑުން އަޑު ނަގާފައި ދައްކަމުންގެންދާ ވާހަކައަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ވާހަކައާ ބްރިޖްގެ ވާހަކައާ ޓްރީޓޮޕް ހޮސްޕިޓަލްގެ ވާހަކައެވެ. އެފަދަ ބޮޑެތި މަޝްރުއޫތައް ނިމުމުން ދިވެހިންގެ ދިރިއުޅުމަށް ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ މިފަދަ ކޮންކްރީޓް އިމާރާތްތައް ކިތަންމެ ވަރަކަށް އެޅިޔަސް އެތަނުންދޭ ހިދުމަތް ރަނގަޅުނުވާ ކަމުގައިވާނަމަ އެކަމުން ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ނެތްކަމެވެ.

ސަރުކާރުން ބޮޑެތި ހޮސްޕިޓަލްތަކާއި ބްރިޖްތައް އަޅާ ވާހަކަ ދައްކާއިރު، އެތަން ތަނުން ރައްޔިތުންނަށް ވާ ފަސޭހައަކީ ކޮބައިހެއްޔެވެ؟ ޓްރީޓޮޕް ހޮސްޕިޓަލް އެޅިޔަސް، އެތަނަށް ދާން އަތޮޅުތެރޭގެ ރައްޔިތުންނަށް ދަތުރުފަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް އެބަ އޮތް ހެއްޔެވެ؟ ޑޮކްޓަރަށް ދައްކަން މާލެ އައިސް، ހެޔޮ އަގެއްގައި ތިބެވޭނެ ގޮތެއް ނެތެވެ.

މާލޭގައި އަޅާ 25 ބުރީގެ ހޮސްޕިޓަލް އެޅިޔަސް، އެތަން އެޅީމޭ ބުނުން ފިޔަވައި ސަރުކާރަށް ދެން ކުރެވޭނީ ކީއްހެއްޔެވެ؟ ޖެހިގެން ހުރި އައިޖީއެމްއެޗްގައި މިހާރުވެސް ދޭ ޚިދުމަތްތައް އެހެރީ ބޮއްސުން ލާފައެވެ. ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ލިބެނީ އެތައް ޒަމާނަކުންނެވެ. މީސްމީހުން މަރުވާފަހުން އެމީހުންނަށް ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހުނު ކަމަށް އާއިލާ މެމްބަރުންނަށް މެސެޖް ލިބުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.

ސިއްހީ ޚިދުމަތުގެ މުޅި ނިޒާމް ރާއްޖޭގައި ވަނީ ގަޑުބަޑުވެފައެވެ. އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ރާއްޖޭގައި އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ޤާއިމްކޮށް، އެ ނިޒާމް ރަނގަޅަށް ހިނގައި ނުގަންނަނީސް އެސަރުކާރު ވަނީ ވައްޓާލާފައެވެ. އޭގެ ފަހުގައި އައި ސަރުކާރުތަކުން މުޅި ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނެގުން ފިޔަވައި ކުރި އިތުރު މާބޮޑު ކަމެއް ނެތެވެ. އުސް އިމާރާތްތައް އެޅިޔަސް، އެތަންތަނަށް ޚިދުމަތް ހޯދަން އަންނަ މީހުންނަށް އަތްފޯރާ އަގެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތިއްޔާ ކީއްކުރާ އުސް އިމާރާތްތަކެއް ހެއްޔެވެ؟

އަގު ބޮޑެތި، ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް މިރާއްޖޭގައި ދެވޭނީ އާސަންދަ އިތުރަށް ހަރުދަނާ ކޮށްގެންނެވެ. ނަމެއްގައި ހުސްނުވާ އާސަންދައޭ ނުކިޔާ، ހަމަހަގީގަތުގައިވެސް ހުސްނުވާ އާސަންދައެއް ރައްޔިތުންނަށް ފޯރުކޮށްދީގެންނެވެ. ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ދިނުމަކީ އަގު ބޮޑު ކަމެކެވެ. އެއީ އެންމެން ދަންނަ ހަގީގަތެކެވެ. އެހެން ނަމަވެސް މާލޭގައި ދިރިއުޅޭ ސަރުކާރު މުވައްޒަފަކަށް ގޭގެ ކުއްޔާއި ބިލްތަކާއި، ދަރިންގެ ޚަރަދުތައް ބަލަހައްޓާފައި އަގުބޮޑު ސިއްހީ ޚިދުމަތް ހޯދޭކަށް ނޯވެއެވެ. ބޭސް ސިޓީއަށް ސަލާން ޖެހުމުގެ އާދަ ދިވެހިންގެ ތެރޭގައި އަށަގަތީ މި ސަބަބާއި ހުރެއެވެ. ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް އެމްޑީޕީއިން ވައުދުވި ސަބަބަކީވެސް އެއީއެވެ. މަދަނަ އާއި އާސަންދައިގެ ޚިދުމަތް ފަށައި، ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭން ފެށީ އެސަބަބަށްޓަކައެވެ.

ސަރުކާރުން ކުރަންވީ ކަމަކީ އުސް އިމާރާތްތަކެއް އެޅުމެއް ނޫނެވެ. ސިއްހީ ޚިދުމަތް އަތް ފޯރާ އަގެއްގައި ފޯރުކޮށްދިނުމާއި، ފުރިހަމަ ޚިދުމަތެއް ދިނުމެވެ. އުސް އިމާރާތަކުން ދިވެހިން ފުއްދާނެ ބޭނުމެއް ނެތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

27 ޖޫން 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018
ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

ރައީސް މައުމޫނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ޝަރީއަތަކާ ނުލައި ޖަލު، ހެޔޮވެދާނެތަ؟

18 އެޕްރީލު 2018
މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

20 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު