Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖުޑީޝަރީ އިސްލާހު ކުރުން

ޖުޑީޝަރީ އިސްލާހު ކުރުން: މަޖިލީހާއި ސަރުކާރާއި ޖޭއެސްސީގެ މަސައްކަތަށް ސާބަސް ހައްގު!

ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް 200 އަށްވުރެ ގިނަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2019 | ހޮނިހިރު 08:33
ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އަދުނާނު އަދި ފަނޑިޔާރުކަމަށް ހުސްނުއްސޫދު އައްޔަން ކުރެއްވުމަށްފަހު އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އަދުނާނު އަދި ފަނޑިޔާރުކަމަށް ހުސްނުއްސޫދު އައްޔަން ކުރެއްވުމަށްފަހު އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވަނީ

ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް އިންތިޚާބުގެ ދުވަސްވަރު ރައްޔިތުންނަށް ދައްކަމުންދިޔަ ހުވަފެނެކެވެ. ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް، ކެމްޕެއިންގެ ދުވަސްވަރު އެންމެ ހަރުހަޑުން ދެކެވޭ އެއް ވާހަކައަކީ ޖުޑީޝަރީ އިޞްލާޙު ކުރުމުގެ ވާހަކަތަކެވެ. ކޮންމެ ރިޔާސީ ކެންޑިޑޭޓެއްގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ޖުޑީޝަރީ އިޞްލާޙު ކުރުން ހިމެނޭއިރު، އެންމެ ބޮޑަށް ޖުޑީޝަރީ އިޞްލާޙު ކުރުމުގެ ވާހަކަ އަބަދުވެސް ދައްކާ އުޅެނީ އެމްޑީޕީން ނެވެ.

އެގޮތުން، މިހާރު ޢަމަލު ކުރަމުންދާ އާ ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ވަޢުދުގެ ތެރޭގައި ޖުޑީޝަރީ އިޞްލާޙު ކުރުން ހިމެނޭއިރު، އެމްޑީޕީން ވެރިކަމަށްވެސް އައެވެ. ނަމަވެސް ޖުޑީޝަރީ އިޞްލާޙު ކުރަން އުޅެނިކޮށް، އެމްޑީޕީގެ ސަރުކާރު ވަނީ ދައުރު ހަމަ ނުވަނީސް ނިމުމަކަށް އައިސްފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ޑރ، މުޙައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު މުޅި ޖުޑީޝަރީ، މުށު ތެރެއަށް ލައްވައިގެން ވެރިކަން ކުރެއްވިއިރު، ޖުޑީޝަރީގެ ތެރެއިން ބޮޑެތި "ޖަރީމާ"ތައް ހިންގާފައި ވެއެވެ. އެގޮތުން 2013 ވަނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންލި ވޯޓު، ބާޠިލުކޮށް އަލުން ވޯޓުލާން ޖެހުމާއި، ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ފުރުޞަތު ބޮޑުވާގޮތަށް، ސުޕްރީމް ކޯޓުން އެކިއެކި ޢަމުރުތައް ނެރި، ރިޔާސީ އިންތިޚާބު ފަސްކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ބާރު ފޯރުވުމާއި، ރިޔާސީ އިންތިޚާބު ގަޑުބަޑުކޮށް، ރައީސް ވަހީދު ވެރިކަމުގެ ދައުރު ހަމަވުމުންވެސް ވެރިކަމުގައި ހުންނެވޭގޮތަށް ސުޕްރީމް ކޯޓުން ނެރުނު ޢަމުރަތަކަކީ ޖުޑީޝަރީން ހިންގާފައިވާ ޖަރީމާތަކެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމާއި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާ، 13 އަހަރަށް ޖަލަށްލުމާއި، ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުގަ ހުންނަވަނިކޮށް، ކާނަލް ނާޒިމު ހައްޔަރުކޮށް، ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް، ގެންގުޅުމުގެ ދަޢުވާ އުފުލާ 11 އަހަރަށް ޖަލަށްލުމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލާ 12 އަހަރަށް ޖަލަށްލުމާއި، މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިމުނުއިރު، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައިވެއެވެ. ނުވިތާކަށް، ބުނިހާގޮތެއް ހަދައިދީ، ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދިން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ޖަލަށްލާފައި ވެއެވެ.

އޭގެފަހުން އުއްތަމަ ފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲދީދީ ޢައްޔަނު ކުރެވިގެން ދިޔަގޮތާއި، ހެދި ޑީލްތައް އެނގޭނީ ހަމަ އެބޭފުޅުންނަށެވެ. ހަމަގައިމުވެސް ކަން ހިނގާފައިވާ ގޮތަކަށް ބަލާއިރު، ޢަދުލުއިންސާފުގެ ދާއިރާ އޮތީ، ބޮޑުތަނުން ފެއިލް ވެފަ އެވެ. ތިމާ އަމިއްލައަށް ނިންމާފައިވާ ނިންމުން އަލުން ބަދަލުކޮށް، އެ ނިންމުމާއި ދިމާ އިދިކޮޅަށް އަނބުރާލާފައިވަނީ ތިމާ އުއްތަމަ ފަނޑިޔާރުކަން ބޭނުންވެފަ ހުރިލެއް ބޮޑުކަމުން ނުވަތަ ވެރިކަމުގައި ހުންނެވި ވެރިޔާގެ ނުލަފާކަން ހިތައް އެރުމުން، ބިރުވެރިކަން ހިތަށްވަނުމުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އާހިރަތައް ނުވިސްނާ ބަޔަކު، ދުނިޔޭގެ ލައްޒަތަށްޓަކައި ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ އެވެ. އަދި އަމުދުން އެފަދަ ބަޔަކު ކޯޓުތަކުގައި ހުކުމް ކުރަން ބޭތިއްބުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ޢަދުލުއިންސާފެވެ. ޝަރުޢީ ކޯޓުތަކުން ޢަދުލަށް ޙުކުމްކުރާތައް ފެނުމަކީ ނުވަތަ އެ އިޙުސާސް ކުރެވުމަކީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަންތަކެވެ. ރިޔާސީ އިންތިޚާބެއް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ވިޔަސް ކެންޑިޑޭޓުންގެ ފަރާތުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން އިވޭނީ ޖުޑީޝަރީ އިޞްލާޙު ކުރާ ވާހަކަތަކެވެ.

ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން މިހާރުވަނީ ފަށާފަ އެވެ.

ރައީސް ޞާލިޙުގެ ސަރުކާރުންގެ ފުރަތަމަ 6 މަސްދުވަހު، ޖުޑީޝަރީ އިޞްލާޙު ކުރުމަށް މާއެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. ސަބަބަކަށްވީ، އޭރު ހިނގަމުންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޖުޑިޝަރީ އިޞްލާޙުކުރުމުގެ ފުރުޞަތު ދޭ ގޮތަކަށް ނޫންކަމަށްވާތީ އެވެ. ޕީޕީއެމާއެކު ސަރުކާރު ކޯލިޝަން އޮތް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން ގެންދިއުން ވެގެންދިޔައީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް މެޖޯރިޓީ ދޭން ރައްޔިތުން ބޭނުންވި މައިގަނޑު ސަބަބަކަށް ވެދާނެ އެވެ. ސަރުކާރެކޭ އެއްގޮތަށް އެމްޑީޕީންވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައިގަނޑު އެއް ވަޢުދަކަށްވީ ޖުޑީޝަރީ އިޞްލާޙު ކުރުމެވެ. ރައްޔިތުން ވަނީ އެމްޑީޕީއަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީއަށް ދީފަ އެވެ. އެއީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް މިހިނގާ 2019 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެކުލަވާލުމާއެކު، ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް އެމްޑީޕީންނާއި ސަރުކާރުން ފެށިއެވެ. އެގޮތުން، ކޯޓުތަކާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައެވެ. އަދި ކުރިން ސުޕްރީމް ކޯޓުން އަމިއްލައަށް ނަގައިގެން އުޅުނު ޖޭއެސްސީގެ ބާރުތައް އަލުން ޖޭއެސްސީއަށް ކަނޑައެޅިގެންދިއުމާއި، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލު ކުރުން ވެގެންދިޔައި، ސުޕްރީން ކޯޓުގެ އޭރު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން އެހާ ގަޔާވާ ކަމަނުވެ، "ބޮޑާ" ހާކަވާތަން ފެނިގެން ދިޔަ އެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން އެންމެ ނުރުހުންވި އަނެއްކަމަކީ، ޤާނޫނުއާސާސީއާ ޤާނޫނާ ޚިލާފަށް އެކޯޓުން ކުރިން ނިންމާފައިވާ ނިންމުންތައް ޖޭއެސްސީންނާއި ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން "ރަތަށް" އެރިއެވެ. އަދި އެމައްސަލަތައް ނުބެލޭނެ ކަމަށާއި، އަދި ޖަވާބުދާރީ ވާންވެސް ދެކޮޅު ހެއްދެވި އެވެ. ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުން ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ނިންމާފައިވާ 17 މައްސަލައެއް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެމައްސަލަތަކާއެކު، އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި، ހަތަރު ފަނޑިޔާރުންގެ 51 މައްސަލަ ޖޭއެސްސީން ބެލި އެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲދީދީގެ 18 މައްސަލައަކާއި ފަނޑިޔާރު ޢަބްދުﷲ އަރީފްގެ 14 މައްސަލައާއި، އާދަމް މުޙައްމަދު ޢަބްދުﷲގެ 16 މައްސަލައިގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ ތިން މައްސަލަ ހިމެނެ އެވެ. އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲދީދީ ވަނީ ފަނޑިޔާރު ކަމުގެ މަޤާމުން ވަކިކޮށްފަ އެވެ. އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރީ ޖެއެސްސީން އޭނާގެ މައްސަލައެއް ބެލުމަށްފަހު އޭނާ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންނެވެ. އޭރު ޖޭއެސްސީން ބުނެފައިވާ ގޮތުގައި އެކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކާއެކު، ފަނޑިޔާރުންނާ ގުޅޭ 200 އަށްވުރެ ގިނަ މައްސަލަތައް ޖޭއެސްސީން ބަލަމުންދިޔަ އެވެ.

ދެން ފެނިގެންދިޔައީ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ޢަދަދު 7 އިތުރު ކުރުމަށް އިޞްލާޙު ހުށަހަޅާ، އެ އިޞްލާޙު ފާސްކުރިތަނެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ 7 ފަނޑިޔާރުން ނެވެ. ފަނޑިޔާރުންގެ ޢަދަދު 5 އަށް ތިރިކުރީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނު މަޤާމުން ވަކި ކުރައްވާފަ އެވެ. އެދެ ބޭފުޅުން މަޤާމުން ވަކިކުރީ ޖޭއެސްސީގެ ނިންމުމުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ނެވެ. އެދެ ބޭފުޅުން މަޤާމުން ވަކިކުރެއްވިއިރު، ޖަވާބުދާރީވުމަށް ފުރުޞަތުވެސް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް މިހާރު އެހެނެއް ނޫނެވެ. ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅި ބަލަމުންދާނަމަ، އެ ފަނޑިޔާރަށް ޖަވާބު ދާރީވުމަށް އެކަށީގެންވާ ފުރުޞަތާއި ވަޞީލަތްތައް ލިބެއެވެ. އެގޮތުން، ޤާނޫނީ ވަކީލެއް ޢައްޔަނު ކުރުމާއި، ޖަވާބުދާރީވުމަށް އެކަށީގެންވާ މުއްދަތެއް ދެވެއެވެ. ހުޅުވާލައިގެން ތަހުޤީޤު ބާއްވައިދިނުމަށް އެދިވަޑައިގެންނެވައިފިނަމަ އެކަން އެގޮތަށްވެސް ކޮށްދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޖޭއެސްސީން ޖުޑީޝަރީ އިޞްލާޙު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަދި ކުރަންހުރި ވަރަށް ގިނަކަންކަން އެބަހުއްޓެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް ރައްޔިތުން ބަދަލުކުރަން ބޭނުންވި ސުޕްރީމް ކޯޓު އެއްކޮށް އެވަނީ ބަދަލުކޮށްފަ އެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ، އިޚުލާޞްތެރިކަމާއެކު ޢަދުލަށް ޙުކުމް ކުރައްވާނެ ފަނޑިޔާރުންކަމާމެދު ޝައްކެއްނެތެވެ. މިހާރު އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމުގައި ހުންނެވި މުއުތަސިމް އަދުނާނު އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަން ކުރެވުނު ޙުސައިން ޝަމީމު އަކީ އެމަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅުންކަމާމެދު ޝައްކެއްނެތެވެ.

ޖުޑީޝަރީ އިޞްލާޙު ކުރަން ނިކުމެ، އެކަންކަމާ ޙަވާލުވެ މިހާރު ތިއްބެވީ ޖުޑީޝަރީ އިޞްލާޙު ކުރަންޖެހޭކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ. އެގޮތުން ރައީސް ޞާލިޙުގެ ސަރުކާރުންނާއި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީން ޖުޑިޝަރީ އިޞްލާޙުކޮށް، ހަރުދަނާ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ސާބަސް ޙައްޤެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

19 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު