Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުންފަތުގެ އިސްތިއުމާލް ކުރުން

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

ރާއްޖޭގެ 40 ޕަސެންޓް ދުންފަތުގެ އިސްތިއުމާލު ކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:29
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވޭ

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވޭ

އާންމު ސަރަަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާ ގަވައިދަށް އަމަލުކުރަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެެވެ. މި ގަވައިދަށް އަމަލު ކުރަން ފެށި އިރު ކޮންމެވެސް ވަރަކަށް މީހުން އަަމަލު ކުރި ނަމަވެސް، މިއަދު އެއްވެސް ވަރަކަށް އެ މަންޒަރު މުޖުތަމައުއިން ފެނިގެންނުދެ އެވެ. ރާއްޖޭގެ އާބާދީގެ ޒުވާނުންގެ ބޮޑު އިންސައްތައެއް ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް، އާންމު ސަރަހައްދުތަކުގައ ދުންފަތުގެ އިސްތިއުމާލު ކުުރުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގު ވަރަށް ބޮޑަށް ގެއްލިގެންދެ އެވެ.

މިއީ ހަށިގަނޑަށް ނޭދެވޭ އެތަށް ގެއްލުމެއް ލިބޭ އަމަލަކަށްވާ އިރު އެންމެންގެ ހައްގުތަކާ ގުޅޭ މިފަދަ ކަމެއް ތަންފީޒު ކުރުމުގައި ކަމާ ގުޅޭ މުއައްސަސާތަކުންވަނީ ފެއިލްވެފަ އެެވެ. އަނެއްކާވެސް މިއަދު އަޑުހިވިގެންދަނީ ދުންފަތުގެ ނުރައްކާ ތަސްވީރުން ހާމަކުރުމާއި ސިނގިރޭޓް އަދި ބިޑި ވަކިވަކިންވިއްކުން މަނާކުރާ ގަވައިދެއް އެކުލަވާލިވާހަކައެެވެ.

މި ގަވައިދު އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޑަކުދިންނާއި ޒުވާނުންނާއި ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމެވެ. މީގެ އިތުރުން ފުދުންތެރިކަން އިތުރު ކުރުމާއި ގައުމު ތަރައްގީ ކުރުމެވެ. އަދި ސިއްހީ ހޭލުންތެރިކަން މުޖުތަމައުގައި އިތުރުކުރުމެވެ.

ވަކިވަކިން ސިގިރޭޓް ގަތުން މަނާ ކުރުމަށް ނިންމާފައިވަނީ އަލަން ދުންފަތުގެ އިސްތިއުމާލު ކުރާ ކުދަކުދިންނާއި ޒުވާނުންގެ އަދަދު މަދުކުރުމާއި ދުންފަތާ ދުރުވުމަށް ޒުވާނުންނަށް ހިއްވަރު ދިނުމެވެ.

ދެން ބައެއް މީހުން އުފައްދާ ސުވާލަކީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މިފަދަ ފިޔަވަޅުތަކެއް އަޅައިގެން ހައްލެއް ލިބިދާނެތޯ އުފައްދާ ސުވާލެވެ. އެންމެ ފުރަތަމަ ކަމަކަށް މިއީ މި ސަރަަހައްދުގެ ގިނަ ގައުމުތަކުގައިވެސް އަމަލު ކުރަން ފަށާ، ބާވެފަިއވާ ގަވައިދެކެވެ. އެގޮތުން 100 ގައުމެއްގައި މިހާރުވެސް މި ގަވައިދަށް އަމަލު ކުރެވެ އެެވެ.މިގަވައިދުގެ އަސަރު ފެންނާނެ މިންވަރަށް ބަލާ އިރު، ހަމަގައިމު ވެސް ފޮޓޯއަކުން މީހަކަށް ކުރާ އަސަރު، ލިޔުމަކުން ކުރާ އަސަރައްވުރެ ބޮޑެވެ. އެއް ފޮޓޯ އަކީ ދިހަ ހާސް ބަސް ކަަމަށް ޗައިނާގެ ބޯދާ ބަހެއްގައި ބުނާހެން މިކަމުން ހަމަގައިމުވެސް އަސަރުތަކެއް މުޖުތަމައަށް ކުރާނެ އެވެ.

އެގޮތުން ދުވާލަކު ސިގިރޭޓް ފޮއްޓެއް ބޯމީހަކަށް ފޮށީގެ މޭރުގައި ޖަހާފައިވާ މަންޒަރު އަހަރަކު 7300 ފަހަރު އެންމެ މަދުވެގެން ފެންނާނެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، އަލަށް ނުވަތަ ތަޖުރިބާ ކުރުމަށް މަސައްކަތް ކުރާ އާންމުގޮތެއްގައި ވަކިވަކިން ސިގިރޭޓް ގަންނަ ކަމަށާއި މިކަން ހުއްޓުވުމަށް މިގަވައިދުގެ ތެރެއިން ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

" ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑުން މި ގަވައިދު އެކުލަވާލުމުގެ މަސައްކަތްކުރާތާ އަަހަރެއްހާ ދުވަސް ވެއްޖެ. މިހާރު މަސައްކަތް އެންމެ ފުރިހަމައަށް ނިންމާފައި އެވަނީ ފޮނުވާފައި." ހަސަން ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވައިދުގެ ދަށުން އެންމެ ފުރަތަަމަ މަސައްކަތް ކުރެވުނީ އާންމު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް ކަމަށާ އެހެން ނަމަވެސް ތަންފީޒީ އިދާރާތަކުން އެންމެ ފުރިިހަމައަށް މި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ނުދާ ކަމަށް ހަސަން ވިދާޅުވި އެވެ.

" މި ގަވައިދުގައި އެންމެ ބޮޑަށް އިސްކަންދީފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް. އެގޮތުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރީ ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްތަކުގެ ހައްގުތައް ރަައްކާތެރި ކުރުމަށް. އެހެން ނަމަވެސް މިފަދަ ގަވައިދެއް އެންމެ އެކަށީގެންވާ ގޮތެއް ތަންފީޒު ނުކުރެވިގެންދިއުމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި." ހަސަން ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވައިދަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައިނުވާ އިރު، ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އަދި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް ގިނަވަމުންދާ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެ އެވެ. މިއީ ހަމަގައިމުވެސް ރާއްޖޭގެ މުޅި ކުރިއެރުމާ ގުޅިފައިވާ ކަމެވެ. ގައުމެއް ކުރިއަރައި ދިއުމަށް އެގައުމެއްގެ ރައްޔިތުންނަކީ ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވާންޖެހެ އެވެ. މިފަދަ ކަންކަން މިހެން އަދި ބުނެލުމުން ތަސައްވަރު ނުކުރެވުނު ނަމަވެސް، މިފަދަ ކަންކަމުން ލިބޭ ގެންލުންތައް ފެނިގެންދާނީ ވަރަށް ދުވަހުންނެވެ. އަދި އޭރު އޮންނާނީ އެކަމެއް ހައްލު ކުރަން އުނދަގޫވާ ހާލަތުގަ އެވެ. އެހެންކަމުން މިއީ ވަކިވަކި ފަރުދުން ވެސް ހޭލުންތެރިވެެގެންނޫނީ ގެނެވޭނެ ބަދަލެއްނޫނެވެ. ތަންޒީފީ އިދާރާތަކުގެ އިތުރަށް އަމިއްލަ ފަރުދުން ޒިންމާތައް ވެސް ފުރިހަމައަށް އަދާކުރަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފަތުގެ ޤާނޫނީ ހަމަތަކާ އެއްގޮތަށް ވޭޕް ކުރުމާ މެދު ފިޔަވަޅު އަޅަންޖެހޭ!

ދުންފަތުގެ ޤާނޫނީ ހަމަތަކާ އެއްގޮތަށް ވޭޕް ކުރުމާ މެދު ފިޔަވަޅު އަޅަންޖެހޭ!

17 ޑިސެމްބަރު 2023
ރިޔާސަތުން ނަޝީދު ވަކިކުރުން، އެމްޑީޕީއަށް މިކަން ކާމިޔާބުކުރެވިދާނެބާ؟!

ރިޔާސަތުން ނަޝީދު ވަކިކުރުން، އެމްޑީޕީއަށް މިކަން ކާމިޔާބުކުރެވިދާނެބާ؟!

25 އޮކްޓޯބަރު 2023
ދުންފަތުގެ އިސްތިއުމާލު ކުރާ ކުޑަކުދިންގެ އަދަދު ކަންބޮޑުވާން ޖެހޭ ހިސާބުގައި!

ދުންފަތުގެ އިސްތިއުމާލު ކުރާ ކުޑަކުދިންގެ އަދަދު ކަންބޮޑުވާން ޖެހޭ ހިސާބުގައި!

07 ޖޫން 2023
ސަރުކާރަށް ތިން އަހަރުވީއިރު މިކަންކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ!

ސަރުކާރަށް ތިން އަހަރުވީއިރު މިކަންކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ!

17 ނޮވެމްބަރު 2021
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް: މިފަހަރު ހުއްޓާލުމަށް ގަދަ ހިފުމަކަށް!

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް: މިފަހަރު ހުއްޓާލުމަށް ގަދަ ހިފުމަކަށް!

31 މެއި 2021

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު