Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓޫރިޒަމް

ރ އަތޮޅުގައި ހެދި ފައިވް ސްޓާ ރިސޯޓް "ބްރެނިއާ ކޮއްޓެފަރު" އަންނަ މަހު ހުޅުވަނީ

އަންނަ ޖެނުއަރީ މަހުގެ މެދު ތެރޭގައި ފަތުރުވެރިން ރިސޯޓަށް އަންނަން ފަށާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2019 | ހޮނިހިރު 04:37
ރ އަތޮޅުގައި ހުޅުވަން ތައްޔާރުވެފައިވާ ބްރެނިއާ ކޮއްޓެފަރު

ރ އަތޮޅުގައި ހުޅުވަން ތައްޔާރުވެފައިވާ ބްރެނިއާ ކޮއްޓެފަރު

ރ އަތޮޅުގައި ހެދި ފައިވް ސްޓަރ ރިސޯޓް "ބްރެނިއާ ކޮއްޓެފަރު" އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަންނަ ޖެނުއަރީ މަހުގެ މެދު ތެރޭގައި ފަތުރުވެރިން އެރިސޯޓަށް އަންނަން ފަށާނެއެވެ. ނަމަވެސް އެރިސޯޓް ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރުގެ މަރޗް މަހުގައި ކަމަށް ބްރެނިއާ ކޮއްޓެފަރު ރިސޯޓުން ބުނެއެވެ.

193 ވިލާ މިރިސޯޓްގައި ހުންނައިރު މީގެ ތެރޭގައި ބީޗް ވިލާއާއި އޯވަރ ވޯޓަރ ވިލަރ، ގާރޑެން ވިލާ، އަދި ޚާއްސަ ވިލާތަކެއްކަމަށްވާ "ބްރެނިއާ ރެސިޑެންސް ވިލާތައް ހިމެނެއެވެ. އަދި 84 ވޯޓަރ ވިލާވެސް ހިމެނެއެވެ.

ރިސޯޓުން ލިބެން ހުންނަ އިތުރު ޚިދުމަތްތަކަށް ބަލާއިރު ތަފާތު ކެއުންތަކަށް ޚާއްސަކޮށް ތިން ރެސްޓޯރެންޓެއް ރިސޯޓްގައި ހުރެއެވެ. ރެސްޓޯރެންޓްތަކުގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި މޫދު ކުޅިވަރުގެ ޙަރަކާތްތަކާއި ޑައިވިން ސެންޓަރެއް ޤާއިމްކޮށްފައި ހުރިއިރު، ވޯޓަރ ސްޕޯޓްސް ސެންޓަރެއް ވެސް ރިސޯޓުގައި ޤާއިމްކޮށްފައިވެއެވެ.

އާއިލީ މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރި ކޮއްޓެފަރަކީ ރ އަތޮޅުގައި ހުޅުވާ 13 ވަނަ ރިސޯޓެވެ. ރ އަތޮޅުގައި މިހާރުވެސް ފައިވް ސްޓަރ އަދި ސެވެން ސްޓާ ރިސޯޓްތައް ހިންގަމުންދެ އެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

އޮޅަހަލި އައިލެންޑް ރިސޯޓް މިއަންނަ އަހަރު ހުޅުވަނީ

30 ޑިސެމްބަރު 2017
އޮޅަހަލި އައިލެންޑް ރިސޯޓް މިއަންނަ އަހަރު ހުޅުވަނީ
14 ސެޕްޓެމްބަރު 2017

ނޯރ ދަ މާސްޓާ އޮފް ސީޒަނިން މުބާރާތް ދުބާއީގައި ބާއްވަން ނިންމައިފި

14 ސެޕްޓެމްބަރު 2017
ނޯރ ދަ މާސްޓާ އޮފް ސީޒަނިން މުބާރާތް ދުބާއީގައި ބާއްވަން ނިންމައިފި
22 އޯގަސްޓު 2017

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި

22 އޯގަސްޓު 2017
މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި
08 އޯގަސްޓު 2017

މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

08 އޯގަސްޓު 2017
މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި
06 ޖޫން 2017

ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

06 ޖޫން 2017
ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު