Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފޯސީޒަން ރިސޯޓު

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

ޖުމްލަ 43 ކުދިން މި ޕްރޮގްރާމް ފުރިހަމަކުރި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 އެޕްރީލު 2017 | އާދީއްތަ 15:35
ފޯސީޒަން ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި

ފޯސީޒަން ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި

ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ގޮތުން ފޯސީޒަން ރިޒޯޓްސްއިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި، ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ޖުމްލަ 43 ކުދިން މި ޕްރޮގްރާމް ފުރިހަމަކުރިއިރު، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކަށް މުޅިން އަލަށް ވަންނަން ބޭނުންވާ ޒުވާނުން އަހުލުވެރިކުރުވުމަށް ފޯސީޒަން ރިސޯޓުން މިދިޔަ އަހަރު ހިންގި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެއް އަހަރު އެ ރިސޯޓުގައި ހޭދަކޮށް ކަމާ ގުޅޭ އެކި ދާއިރާތަކުން ތަމްރީނު ހޯދާފައިވެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ކޮންމެ ޒުވާނަކީ ހުނަވެރިވި ޒުވާނަކަށް ހަދައި ޒުވާނުން ބާރުވެރިކުރުވާއި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން 94،000 ވަޒީފާ މި ފަސް އަހަރުގެ ތެރޭގައި އުފެއްދުމަށް ވެވަޑައިހެންފައިވާ ވައުދު ފުއްދެވުމަށް ކުރަމުންގެންދާ މަސައްކަތަށް ފޯސީޒަން ރިސޯޓުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. މިފަދަ ތަމްރީނާއި ތަޖްރިބާ އެހެން ދާއިރާތަކުން ވެސް ކުރިއަށް ގެންދުމަށް އިލްތިމާސްކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޯސީޒަން ރިސޯޓްސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެސިޑެންޓް އަދި ޖެނެރަލް މެނޭޖަރ އާމަންޑޯ ކްރެންޒްލިން ވިދާޅުވީ، އެ ރިސޯޓުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަމްރީނު ލިބިފައި ތިބި ޒުވާނުންނަށް ކަމަށާއި މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެ ރިސޯޓުން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެންމެ ހާއްސަ އެއް ކަމަކީ މިފަދަ ޕްރޮގްރާމެއް މެދު ނުކެނޑީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވި މިދާއިރާއަށް ޒުވާނުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރާއި އެކިއެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަން ކަމަށް އާރމަންޑޯ ވިދާޅުވި އެވެ.

އެއް އަހަރުގެ މުއްދަތަށް ފޯސީޒަން ރިސޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ވަޒީފާގެ މައިދާނުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ގަޑިއަށް ފަރުވާތެރިވުމާއި، ލީޑަރޝިޕާއި، އެންމެނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ތަމްރީނު މި ޕްރޮގްރާމްގެ ބައިވެރިންނަށް ދީފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދެއްވާފައި ވެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ބުނީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. މިއީ ފޯސީޒަން ރިސޯޓުން ކުރިއަށް ގެންދިޔަ މިފަދަ 16 ވަނަ ޕްރޮގްރާމެވެ.

މިއަހަރުގެ މިޕްރޮގްރާމްގައި 61 ކުއްޖަކު ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2018

އޭންޖަލްހެކްއިން ރާއްޖެއިން 1 ވަނައަށް ދިޔަ ފަރާތް ބައިނަލް އަގްވާމީ ހެކްސަލަރޭޓަރ ޕްރޮގްރާމްއަކަށް

23 ޖުލައި 2018
އޭންޖަލްހެކްއިން ރާއްޖެއިން 1 ވަނައަށް ދިޔަ ފަރާތް ބައިނަލް އަގްވާމީ ހެކްސަލަރޭޓަރ ޕްރޮގްރާމްއަކަށް
13 ޖުލައި 2018

ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމުގެ މަޝްވަރާގެ ފުރަތަމަ ބުރު ނިމިއްޖެ

13 ޖުލައި 2018
ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމުގެ މަޝްވަރާގެ ފުރަތަމަ ބުރު ނިމިއްޖެ
05 ޖުލައި 2018

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް އުރީދޫ އިން ތައާރަފްކޮށްފި

05 ޖުލައި 2018
ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް އުރީދޫ އިން ތައާރަފްކޮށްފި
27 ޖޫން 2018

އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

27 ޖޫން 2018
އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި
16 މެއި 2018

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

16 މެއި 2018
ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު