Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު"ސްޓާބަކްސް" ތަޢާރަފްކޮށްފި

މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

އިތުރު އުފެއްދުންތައް ވަނީ ތަޢާރަފުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 11:09
"ސްޓާބަކްސް" ކޮފީ

"ސްޓާބަކްސް" ކޮފީ

ސްޓާބަކްސް ކޮފީގެ ބައެއް އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ލިލީ އިންޓަރނޭޝަނަލް އިން ރާއްޖެއަށް މިއުފެއްދުން ތަޢާރަފް ކޮށްދިނީ ދަރުބާރުގޭގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގަ އެވެ.

އެގޮތުން ސްޓާބަކްސް ކޮފީގެ ބާވަތްތަކުގެ ތެރޭގައި ކޮފީ ފުޅި އާއި މި ބްރޭންޑުގެ އެހެން ބައެއް އުފެއްދުންތައް ވަނީ ތަޢާރަފް ކޮށްފައެވެ.

ސްޓާބަކްސް ކޮފީގެ ދެ ވައްތަރެއް މިއަދު ތައާރަފުކޮށްފައިވާ އިރު އެއީ ކޮފީ އަދި މޮކާއެވެ. މިއީ 200 މިލިލީޓަރުގެ ބިއްލޫރި ފުޅިއެކެވެ.

ސްޓާބަކްސް ބްރޭންޑުގެ ބެލްޖިއަން ވޮފްލް އާއި، ޗިޕްސް އަދި ބަދަން ވެސް ވަނީ މިއަދު ތައާރަފު ކޮށްފައެވެ. އެމެރިކާގެ ކޮފީ ހައުސް ޗެއިން "ސްޓާބަކްސް" އަކީ 1971 ވަނަ އަހަރު ދުނިޔެއަށް ތައާރަފުވި ބްރޭންޑެކެވެ.

މި ބްރޭންޑުގެ ގޮފިތަށް ދުނިޔޭގެ 23,700 އަށްވުރެ ގިނަ ސަރަހައްދެއްގައި ހުންނައިރު ކޮފީ ފުޅިއެއް ވިއްކާނީ ގާތްގަނޑަކަށް 25-30ރ. އާ ދެމެދުގެ އަގެއްގައި ކަމަށް ލިލީ އިންޓަނޭޝަނަލްގެ އެސިސްޓަންޓް ޑިރެކްޓަރ ފައިޒަލް އަލީ ވިދާޅުވިއެވެ.

އެކުންފުނިން ބުނީ ފަހުން ސްޓަރބަކްސްގެ އިތުރު އުފެއްދުންތައް ރާއްޖެއަށް ގެންނާނެ ކަމަށާއި އެގޮތުން ކެފޭ ވެސް ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މި އުފެއްދުންތައް ރާއްޖޭގެ ބޮޑެތި ފިހާރަތަކުން މިހާރުން ފެށިގެން ލިބެން ހުންނާއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު