Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވައިޓްހައުސްއަށް މީހަކު ވަނުން

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

އޭނާއަށް އެންމެ ދިގު މުއްދަތުގެ ހުކުމަކަށް އަންނާނީ 10 އަހަރުގެ ޖަލުހުކުމެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 މާރިޗު 2017 | ހޮނިހިރު 10:06
ވައިޓް ހައުސް: ސެންސެރތަކެއް ހަރުކުރެވިފައި ހުރި ނަމަވެސް އޭނާ ވަނީ އެތަކެއްޗައް ނާރާ އެތެރެވެފަ

ވައިޓް ހައުސް: ސެންސެރތަކެއް ހަރުކުރެވިފައި ހުރި ނަމަވެސް އޭނާ ވަނީ އެތަކެއްޗައް ނާރާ އެތެރެވެފަ

މިދިއަ ހަފްތާގައި ވައިޓް ހައުސްގެ ގޯތިތެރެއަށް ވަދެގެން އުޅުނު މީހާއާ ބެހޭ އިތުރު ތަފްސީލް ސީކްރެޓް ސާވިސްއިން ހާމަކޮށްފިއެވެ.

އޭނާ ފެނިފައި ވަނީ މައި އިމާރާތަށް ވަދެވަދެ ހުއްޓައި ކަމަށް ސީކްރެޓް ސާވިސްއިން ވަނީ ބުނެފައެވެ.

އުމުރުން 26 އަހަރުގެ ޖޮނަތަން ޓްރާން ހައްޔަރު ކުރުމުގެ ކުރިން ވައިޓްހައުސްގެ ގޯތިތެރޭގައި އޭނާ 16 މިނިޓް ހޭދަކޮށްފައި ވެއެވެ.

އޭނާއަށް އެންމެ ދިގު މުއްދަތުގެ ހުކުމަކަށް އަންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

ރައީސް ޓްރަމްޕް ވެސް ވައިޓް ހައުސްގައި އުޅުއްވަނިކޮށް ޓްރާން ވަދެފައިވާއިރު، އޭނާ އެކަން ކުރީ އެއްވެސް ފަރާތެއްގެ ހުއްދަ ނެތިއެވެ.

ކޯޓުގެ ލިޔެކިއުންތަކުން އެނގޭ ގޮތުގައި ވައިޓްހައުސްއަށް ވަނީ ޓްރަމްޕްގެ ދައުވަތަކަށް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭނާއަކީ ޓްރަމްޕްގެ ރައްޓެއްސެއް ކަމަށް ކޯޓުގައި އޭނާ ބުނެފައި ވެއެވެ.

ރައީސް ޓްރަމްޕްވަނީ ސީކްރެޓް ސާވިސްއިން އޭނާ ހުއްޓުވުމަށް އަދާކޮށްފައިވާ ދައުރު ފާހަގަކޮށް ތައުރީފް ކޮށްފައެވެ.

ވައިޓް ހައުސްއަށް ވަނުމަށް ޓްރާން އެންމެ ފުރަތަމަ ފުންމާލާފައި ވަނީ ވައިޓްހައުސްއާ އިންވެގެން ހުންނަ ޓްރެޝަރީ ޑިޕާޓްމަންޓްގެ ކައިރީ ހުންނަ ފަސް ފޫޓުގެ ފާރު މަތިންނެވެ. އޭގެ ފަހުން 8 ފޫޓް އުސް، ވެހިކަލް ވައްދާ ގޭޓާއި އޭގެ ފަހުން އިރުމަތީ ފަރާތުން ތިރި ފެންސް މަތިން ވަނީ ފުންމާލާފައެވެ.

އެތަނުގައި ގިނަ ސެންސެރތަކެއް ހަރުކުރެވިފައި ހުރި ނަމަވެސް އޭނާ ވަނީ އެތަކެއްޗައް ނާރާ އެތެރެވެފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
11 މާރިޗު 2017

އެފްވަން ޗެމްޕިއަން ޖޯން ސަރޓީޒް މަރުވެއްޖެ

11 މާރިޗު 2017
އެފްވަން ޗެމްޕިއަން ޖޯން ސަރޓީޒް މަރުވެއްޖެ
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު