Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އެސްކްރޯ އެއްބަސްވުމާ ޙިލާފު ނުވީނަމަ ރައީސް ޔާމީންއަށް ހުކުމް ނުކުރެވުނީސް!

29 ނޮވެމްބަރު 2019 | ހުކުރު 12:05

އެސްކްރޯ އެކައުންޓަށް ޖަމާކުރެެއްވީ އެހެން ފައިސާއެއްކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވި

އަމަން ހަލީމް
އަމަން ހަލީމް | 29 ނޮވެމްބަރު 2019 | ހުކުރު 12:05
ރައީސް ޔާމީން ހުކުމް އިއްވުމުގެ ޝަރީއަތަށް ވަޑައިގަންނަވަން ނިކުމެވަޑައިގަތް ވަގުތު

ރައީސް ޔާމީން ހުކުމް އިއްވުމުގެ ޝަރީއަތަށް ވަޑައިގަންނަވަން ނިކުމެވަޑައިގަތް ވަގުތު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް ޔާމީންއާ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް އަމަލުކުރެއްވި ނަމަ، އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތު ނުވީސްކަން ހާމަވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ތަފްސީލަށް ބަލާއިރު، ދައުވާގެ ބިނާވެފައި އޮތީ މި އެއްބަސްވުމާ ހިލާފުވެވަޑައިގަތުމުން ކަން ފާހަގަކުރެވެއެވެ. އަދި އޭސީސީއާ އެކު ވެވުނު އެސްކްރޯ އެއްބަސްވުމާއި އެއް ގޮތަށް، އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ފައިސާ ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރިނަމަ އެ ފައިސާ ލޯންޑަރ ކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވުން ނާދިރެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ނެރެފައިވާ ހުލާސާ ބަޔާނަށް ބަލާއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ އުންސުރުތައް ހަމަވެފައިވަނީ، އެ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް އެ އެކައުންޓަށް ޖަމާކުރުމުންނެވެ. އޭސީސީން އެ ފައިސާއަކީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެ ރައީސް ޔާމީންއާ އެކު ވެވުނު އެއްބަސްވުމުގައި އޮތް ގޮތަށް އަމަލުކުރެއްވިނަމަ، މި އުންސުރުތައް ފުރިހަމަ ނުވީހެވެ.

އޭސީސީއާއެކު ވެވުނު އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރައްވާ، ރައީސް ޔާމީން ގެންދެވީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓުގައި އެ ފައިސާ ބަހައްޓައިގެން އެއިން މަންފާ ނަގަމުންނެވެ. ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެ މަނިކުފާނުގެ ޒައާމަތުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު އަތުން ނެންގެވި ފައިސާއެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ފައިސާ ނަގުލުކުރަން އެއްބަސްވި އެކައުންޓަށް ނަގުލުނުކޮށް، އެހެން މީހެއްގެ އަތުން ހޯދިި ފައިސާތަކެއް ޖަމާކުރުމުން، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ފައިސާ އަތުގައި ބެހެއްޓިކަމާއި، އެއިން މަންފާނެގިކަމާއި، އޭގެ އަސްލު އޮޅުވާލިކަމަށް ނުބެލެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެސް.އޯ.އެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ، ދެ ޗެކަކުން 13 އޮކްޓޫބަރު 2015 އަދި 15 އޮކްޓޫބަރު 2015 ގައެވެ. މި މައްސަލައިގައި ހިމެނޭ ގއ.ވޮޑަމުލާގެ އެކުއިޒިޝަން ފީ ގެ ގޮތުގައި ދެއްކި އެއް މިލިއަން ޑޮލަރު އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވަނީ، 11 އޮކްޓޫބަރު 2015 ގައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭތީ، އެ ފައިސާ ދައުލަތާ ހަވާލުކުރަން އެދި އޭސީސީން ރައީސް ޔާމީންއަށް އަންގާފައިވަނީ 21 ފެބްރުއަރީ 2018 ގައެވެ. އަދި އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް ރައީސް ޔާމީންއާއި އޭސީސީއާ ދެމެދު އެއްބަސްވެވުނީ، 25 މަރޗް 2018 ގައެވެ.

އެސްކްރޯ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާނޫން އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެވުނު ސަބަބު ޝަރީއަތުގައި ބަޔާންކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެއީ އިސްލާމިކް ބޭންކުގައި އެސްކްރޯ އެކައުންޓް ހުޅުވަން އޭސީސީން ދެކޮޅު ހެދުމުން ކަމަށެވެ. އޭސީސީން އެދިފައިވަނީ ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވާފައި އެ ފައިސާ ބެހެއްޓުމަށެވެ.

ރައީސް ޔާމީން އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ފައިސާ އެސްކްރޯ ކޮށްފައި ބެހެއްޓިދާނެކަމަށް އޭސީސީއަށް ދެންނެވީވެސް ތިމަން މަނިކުފާނު ކަމަށެވެ. އަދި އެނޫން ފައިސާއެއް ޖަމާކުރީ، އޭސީސީން ފުރަތަމަ ފޮނުވި ސިޓީގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ފައިސާގައި އަތް ނުލުމަށް އެދިފައި އޮތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް، ދެ ފަރާތުގެ މެދުގައި ވެވުނު އެސްކްރޯ އެއްބަސްވުމުގައި ވަނީ، އިސްލާމިކް ބޭންކުގައި ހުރި އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރެއްވި ކަމަށް ރައީސް ޔާމީން ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް