Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަންމަންޓް މިނިސްޓްރީ

ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ޚާއްސަ ޕްރޮގްރާމެއް ބާއްވައިފި

28 ނޮވެމްބަރު 2019 | ބުރާސްފަތި 14:08

04 ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 28 ނޮވެމްބަރު 2019 | ބުރާސްފަތި 14:08
ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ބޭއްވި ޕްރޮގްރާމްގެ ބައިވެރިން

ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ބޭއްވި ޕްރޮގްރާމްގެ ބައިވެރިން

ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ މަސައްކަތްކުރާ ޓެކްނީޝަނުންނަށް ޚާއްޞަ ޕްރޮގުރާމެއް ބާއްވައިފިއެވެ.

ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ދެވަނަ ޕްރޮގްރާމް ޕޮލިޓެކްނިކުން ކުރިޔަށްގެންދިޔައީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ އެހީގައެވެ.

Advertisement - newsAdvertisement

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ހަތަރު ދުވަހަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ 'މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' ގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ އެޗް.ސީ.އެފް.ސީ ފޭސްއައުޓްކުރުމުގެ ޓާގެޓް ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގަމުންދާ ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓިފިކޭޝަން ޕްރޮގްރާމެއް ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިޕްރޮގުރާމުގެ ދަށުން އަލަށް ދުނިޔޭގެ މާކެޓުގައި ތައާރަފު ކުރަމުންދާ ފްލޭމަބަލް ރެފްރިޖެރެންޓް އެކުލެވޭ އެއަރ ކަންޑިޝަނަރ އަދި ރެފްރިޖެރޭޓަރސް އިންސްޓޯލް، މެއިންޓެއިން، އަދި ސަރވިސް ކުރާނެ ގޮތުގެ ޓްރެއިނިން ދީފައިވާ ކަމަށެވެ. އަދި އަލަށް އުފެދޭ ފްލޭމަބަލް އަދި ޖައްވު ހޫނުވުމަށް މެދުވެރިކުރުވާ ގޭސްތަކުގެ މަޢުލޫމާތު ދީ އެފަދަ ގޭސްތައް ގެންގުޅުމުގައި ބަލަންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ މައުލޫމާތު ވެސް ދީފައިވާ ކަމަށެވެ.

ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއަކީ ފަންނީ އަދި ޢިލްމީ ދާއިރާއަކަށް ވުމާއެކު، އަދި މުޅި ސިނާޢަތުގެ އަމާޒު ތިމާވެށްޓާ ރައްޓެހި އީޖާދީ އިލްމުގެ މައްޗަށް ބިނާވަމުން އަންނަ ސިނާޢަތަކަށް ވުމުން، ރާއްޖޭގައިވެސް މި މަސައްކަތަކީ ހަރުދަނާ އުސޫލުތަކެއްގެ މަތިން އޭގެ އެންމެ ރަނގަޅު އުސޫލުތަކުގައި ހިފައިގެން ކުރާ މަސައްކަތަކަށް ހެދުމަކީ މުހިއްމުކަމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން މިމަސައްކަތަކީ ލައިސެންސް ލިބިގެން އެކަމުގެ ފަންނީ ޢިލްމު ލިބިހުރެ ކުރާ މަސައްކަތަކަށް ހެދުމަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އަމާޒެކެވެ. ރާއްޖެއަކީ ޔުނެޕްގެ ފަރާތުން ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސް ޕްރޮގްރާމް ފެށި ދެވަނަ ޤައުމެވެ.

"ރެފްރިޖެރޭޝަން ޑްރައިވިންގ ލައިސަންސް" ގެ ފުރަތަމަ ޕްރޮގުރާމް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވާފައިވާއިރު މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 12 ޓެކްނީޝަނުން ޓްރެއިން ކުރެވި އިމްތިހާނުން ފާސްވެފައިވާ ޓެކްނީޝަނުންނަށް މި މަހުގެ 26 ވަނަ ދުވަހު ވަނީ "ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސް" ދީފައެވެ. އަދި މި ޕްރޮގުރާމުގެ ދެވަނަ ބުރުގައި ޖުމްލަ 16 ޓެކްނީޝަނުން މިވަނީ ޓްރެއިންކޮށްފައެވެ.

އެހެންކަމުން ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް ޖުމްލަ 28 މީހުން ވަނީ ޓްރެއިން ކުރެވިފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
15 އެޕްރީލު 2017

މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް

15 އެޕްރީލު 2017
މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް
13 އެޕްރީލު 2017

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

13 އެޕްރީލު 2017
މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
09 މާރިޗު 2017

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

09 މާރިޗު 2017
ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް
01 މާރިޗު 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

01 މާރިޗު 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް