Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމްގެ ރައްދު

މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް

15 އެޕްރީލު 2017 | ހޮނިހިރު 23:52

އިސްލާހީ މަސައްކަތާ ގުޅޭ މީހުން ދަނީ އިތުރުވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 އެޕްރީލު 2017 | ހޮނިހިރު 23:52
ޤާސިމް ހޮނިހިރު ދުވަހުގެޜޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ޤާސިމް ހޮނިހިރު ދުވަހުގެޜޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ޖަލުގައި ހޭދަ ކުރެއްފަހު މި ވަޑައިގަތީ "ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި" ކަމަށާއި ހިތްވަރާއެކު އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖަލުން ދޫކޮށްލެއްވި ފަހުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް ވިދާޅުވީ ޤާނޫނާ ޚިލާފު އެއްވެސް ވާހަކައެއް އޭނާ ނުދައްކަވާ ކަމަށާއި ކުނޫޒްގައި ދެއްކެވި އެވާހަކަ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނާއި ގުޅިފައިވާ ޕާޓީތަކުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ރިއާޔަތްކުރައްވައި ދެއްކެވި ވާހަކަ ކަމަށެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ބަދަލުވެފައިވާ މެންބަރުން އަނބުރާ ޖޭޕީއަށް ވަޑައިގެންފިނަމަ ދެންއޮންނަ އިނތިޚާބެއްގައި ޓިކެޓްދީ އެގޮނޑިއަށް ހޮވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ނުސީދާކޮށް ބަޔަކަށްް ބާރު ފޯރުވުމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އެވާހަކައަށް ނިސްބަތްކޮށް ރިޝަވަތު ދޭން އުޅުނުކަމަށް ބުނެ ދައުވާކުރާއިރު ކޯޓުތަކުންވެސް އަދި ޕްރޮސެކިއުޓަރ ޖެނެރަލްވެސް އިންސާފުން އެކަން ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ހައްޔަރުކޮށް ދޫނިދޫ ގޮޅީގައި ބޭއްވި ބޭއްވުމަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ ކުރިއާ ޚިލާފަށް ޖަލުތަކުގައި ބޮޑެތި ޤަވާއިދުތަކެއް ހަދާ ކަންކަން ކުރަން ފަށާފައިވާ ކަމަށާއި އެތަނުގައި ތިބޭ ފުލުސް ކުދިންގެވެސް އިންސާނިއްޔަތުކަމާއެކު ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ބަންދަކީ ސްކޯލާޝިޕެއްގެ ގޮތުގައި ސިފަ ކުރެއްވެވިއިރު، އިސްލާހުގެ މަސައްކަތަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތުގައި ބައިވެރިވާ މީހުން އިތުރުވާތީ އުފާކުރައްވާ ކަމަށާއި އެކަމުން ޔަޤީންކޮށްދެނީ ރާއްޖޭގެ ގިނަ ރައްޔިތުން އިސްލާހީ މަސައްކަތް ބަލައިގަންނަކަން ކަމަށާއި ނާއިންސާފުން ކަންކަން ވާކަށް ރައްޔިތުން ނޭދޭކަން ކަމަށެވެ.

"އިސްލާހީ މަސައްކަތަކީ ނިމުން އޮތް ކަމެއް ނޫން. ތަރައްޤީ ގެނެވޭނީ އިސްލާހުކޮށްގެން. ރައްޔިތުންގެ ކަންކަން ކުރަން ޖެހޭނީ ދެފުށް ފެންނަ ގޮތަށް. ރައީސްވެސް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަން އޮތްވާހަކަ. އެކަމަކު ފެންނަނީ އެކަން އިސްލާހު ނުކޮށް ކުރިއަށްދާތީ،" ޤާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސާއި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ ގަދަ ދައްކައިގެން ކަންކަކުރާކަށް ނޫންކަމަށާއި އެހެން އެކަން ކުރާނަމަ ދާނީ ގޯހުން ގޯހަށް ކަމަށެވެ.

މަޖިލީހުގައިސަރުކާރުގެ މެޖޯރިޓީ އޮތް ނަމަ ގަވާއިދުތަކަށް ކުއްލި ބަދަލުތައް ގެނެސްގެން އެވަރުން އުޅެން ޖެހޭނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ ރައީސް ޔާމީނަށް އިތުބާރު ނެތުމުން ކަމަށެވެ. އެހެންވެ، އެކަމާމެދު ރައީސް ޔާމީން އަމިއްލަފުޅަށް ވިސްނެވުމަށް ޤާސިމް ގޮވާލެއްވިއެވެ.

" ފުރަތަމަ ބުނީ ރޯލްކޯލްއަށް ދާށޭ. މަޖިލީހުގައި އިލެކްޓްރޯނިކް އެސިސްޓަމް ބެހެއްޓިފަހުން އެގޮތަކަށް ވޯޓެއް ނަގާފައެއްނެތް. މިހާބޮޑު މެޖޯރިޓީއެއް އޮވެ އެގޮތަށް އެކަން ކުރަނީ އެކޮންފިޑެންސް ނެތީމަ. ސަބަބަކީ ޔާމީން ވެރިކަމަށް ގެނައުމަށް ގެނައި ފަރާތްތައްވެސް އެތިބީ ފެއަށް ވަޑައިގެން. ޔާމީން އަމިއްލައަށް ވިސްނަންވީ ކަންމިކުރެވެނީ ރަނގަޅަށްތޯ. އަވަހަށް ވިސްނާ އިސްލާހު ކުރަންވީ. ކޮރަޕްޝަން ހުއްޓާލަންވީ.ހަމަހިމޭނުން ތަނެއްގައި އިންނަވައިގެން ރަނގަޅަށް ވިސްނަވާލައްވާ" ޤާސިމް ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ވަނަ ފަހަރަށް ވެސް މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވާއިރު، ގާސިމް ވިދާޅުވީ "މެމްބަރުންގެ އަދަދު ވަނީ ހަމަވެފައި" ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވަނިކޮށް، ގަވާއިދަށް ގެނައި ކުއްލި އިސްލާހާއެކު މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ ބަދަލު ގަވާއިދަށް ގެނެސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

14 މާރިޗު 2017
މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް