Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަރުހުންގެ ދުވަސް

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

ރާއްޖޭގައި 2000 އަށް ވުރެ ގިނަ ނަރުހުން މަސައްކަތް ކުރޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 13 މެއި 2017 | ހޮނިހިރު 09:59
ނަރުހުންގެ ދުވަހާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ

ނަރުހުންގެ ދުވަހާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ނަރުހުންނަކީ ދިވެހިން ކަމުގައި ހެދުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައިހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި މިވަގުތު 2،000 އެއްހާ ނަރުހުން ތިބި ކަމަށާއި އޭގެ ތެރެއިން 45 ޕަސެންޓަކީ ބިދޭސީ ނަރުހުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންނަކީ ދިވެހިންނަށް ހެދުމަށްޓަކައި ނަރުހުން ތަމްރީނު ކުރުމާއި ތަމްރީނު ޕްރޮގްރާމްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ސިއްހީ ބޮޑެތި ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުން އަދާކުރާ ދައުރު ބޮޑު ކަމަށާއި ނަރުހުންނެތި ސިއްހީ ދާއިރާގެ އޮނިގަނޑު ބިނާ ނުކުރެވޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ނަރުހުންގެ ކުރިއެރުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރެވުމުންނެވެ. އެގޮތުން ނަރުހުންގެ ފަންނީ އޮނިގަނޑު ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ދަތިތަކެއް ހުރި ކަމަށް މިނސްޓަރު ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު އުފަންވާ 99 ޕަސެންޓް ކުދިންނަކީ ނަރުހެއްގެ ހާޒިރުގައި އުފަންވާ ކުދިން ކަމަށެވެ. އަދި ރާއްޖޭގައި މަރުވާ މީހުންގެ 90 ޕަސެންޓް މީހުން މަރުވަނީ ވެސް ނަރުހެއްގެ ހާޒިރުގައި ކަމަށާއި މިކަންކަމަކީ ނަރުހުން އެ މީހުންގެ މަސައްކަތާ މެދު ފަޚުރުވެރިވާން ޖެހޭ ފަދަ ކަމެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ނަރުހުންގެ ހިދުމަތުގައި 40 އަހަރު ހޭދަކޮށްފައިވާ ދެ ނަރުހަކަށް އެކަމުގެ ހަނދާނީ ފިލާ އާއި އިނާމު ހަވާލުކުރިއިރު، ނާޒިމް ވިދާޅުވީ އެ އިނާމަކީ މިހާތަނަށް އޭނާ އަތްޕުޅުން މީހަކާ ހަވާލުކޮށްދެއްވި އެންމެ އަގުހުރި އިނާމު ކަމަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު