Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

ހދ އަތޮޅުގެ އެއްވެސް ރަށެއްގައި ބޮޑު ބިޔަ މަޝްރޫއެއް ނުހިންގާކަމަށް ނާޒިމް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 މާރިޗު 2017 | ހުކުރު 11:34
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ދިވެހި ދައުލަތަށް އެންމެ ގިނައިން ފައިސާ ވައްދާ އެއް ބަޔަކީ ހދ. އަތޮޅަށް ނިސްބަޔްވާ ރައްޔިތުން ކަމަށާއި ނަމަވެސް ހދ. އަތޮޅުގައި ބޮޑު އެއްވެސް މަޝރޫއެއް ނުހިންގާ ކަމަށް ހދ. ވައިކަރަދޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މެއި މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބަށް އެމްޑީޕީންއާއި އިދިކޮޅު އިއްތިހާދު, މޯލްޑިވްސް އުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ހިންގަމުންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ހދ އަތޮޅުގެ ބައެއް ރަށްރަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން ވައިކަރަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބޮޑު ބިޔަ މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ މިސަރުކާރުގެ ބައެއް މިނިސްޓަރުން ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ މިސަރުކާރުން ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި ބޮޑު މަޝްރޫއެއް ހިންގާފައިނުވާ ކަމަށެވެ. ސަރުކާރުން ހދ.އަތޮޅުގެ ރަށްރަށުގައި ހިންގަން ވައުދު ވެފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހިންގާއިރު، ދައުލަތަށް އެންމެގިނަ ފައިސާ ވައްދާ އެއްބަޔަކީ ހދ.އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުން ކަމަށެވެ.

ނާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަރައްގީ ކުރުމަށާއި ރައްޔިތުން ބާރުވެރި ކުރުމަށް މިހާރު ތައްޔާރުވަމުން މިދާ ލޯކަލް ކައުންސިލް އިންތިހާބު އެމްޔޫއޯގެ ކެންޑިޑޭޓުން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ނާޒިމް ވަނީ މި އިންތިހާބު ކާމިޔާބު ކުރަންޖެހޭ ބައެއް ސަބަބުތައްވެސް ވިދާޅުވެފަ އެވެ. އެގޮތުން އާއްމު ރައްޔިތުން ކާން ބޭނުންކުރާ ކާޑުގެ އަގު ބޮޑު ކުރުމާއި ކަސްޓަމްސް ޑިއުޓީ ބޮޑުކޮށް އިތުރަށް ޓެކްސްވެސް ބޮޑުކޮށް ނަގަމުންދާ ޓެކްސް އާއި ފީތައް އިތުރު ކުރަމުންދާ މައްސަލަ ފާހަގަކުރެއްވި އެވެ.

މިސަރުކާރުން ކޮރަޕްޝަނާއި ހިޔާނާތް އިންތިހާއަށް ހިންގަމުންދާ ކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކަންކަން ހައްލުކުރުމަށް އެމްޔޫއޯގެ ކެނޑިޑޭޓުން އިންތިހާބުކޮށް، އަންނަ ރިޔާސީ އިންތިހާބުގައި މިސަރުކާރަށް ރައްޔިތުން ނިކުމެ ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ހުޅުމާލެއިންވެސް ބިންހިއްކުމަށްފަހު، ބޮޑު އަގުގައި ރައްޔިތުންނަށް ވިއްކަމުންދާއިރު، އަޅާފައިވާ ފްލެޓްތައްވެސް ހުރީ އާއްމު ރައްޔިތުންނަށް އަތްފޯރާ އަގެއްގަ ނޫން ކަމަށެވެ. އަދި ސަރުކާރުން ހުޅުމާލެ ބިން ހިންކުމަށް ދިޔަ ޚަރަދަށްވުރެ، ވަރަށް ބޮޑު ފައިދާއެއްލާފައި ވިޔަފާރީގެ އުސޫލުން ހުޅުމާލެއިން ބިން ވިއްކާއިރު، ބޯހިޔާވަހިކަން ނެތް އެތައް ރައްޔިތުންނެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު