Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

ޤާނޫން އަސާސީ ހިމާޔަތް ކުރަންވެސް މިސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އެޕްރީލު 2017 | ބުރާސްފަތި 23:24
  ކިނބުދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހަސަން އަފީފު ވާހަކަ ދައްކަވަނީ

ކިނބުދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހަސަން އަފީފު ވާހަކަ ދައްކަވަނީ

މިހާރު ރާއްޖޭގައި މިއޮތް ވެރިކަން ދެމިއޮވެއްޖެ ނަމަ ދިވެހި ޤައުމިއްޔަތާއި, ދިވެހިންގެ ދީން, ދާދި އަވަހަށް ގާދޫ ކޮލުން ނިކުމެގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރ އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ހަސަން އަފީފް އެފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ހޯދުމަށް އެ ޕާޓީން ތ އަތޮޅު ކިނބިދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މިއަދު ވިސްނަން އެބަޖެހޭ. މިރާއްޖެ މިދަނީ ހަލާކުގެ މަގަށް. މިވެރިކަން ދެމިއޮވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ޤައުމިއްޔަތާއި އަޅުގަނޑުމެންގެ ދީން ވަރަށް އަވަހަށް ގާދޫކޮލުން ނިކުމެގެން ހިނގައިދާނެ. އެހެންކަމުން ޤާނޫނީ ހަމަތަކުގެ މަތިން މިވެރިކަން ބަދަލުކުރަން ޖެހޭ،"އަފީފް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުގެ ސަބަބުން މާލިއްޔަތު ގާނޫނަށް ބަދަލު ގެނެސް، ރައްޔިތުންގެ ފައިސާއަށް ހިތުހުރި ގޮތަކަށް ހަދަމުންދާ ކަމަށާއި އެމްއެމްޕީއާރުސީއާއި އެހެނިހެން ކުންފުނިތަކުގެ އެތައް ފައިސާއަކަށް ވީނުވީއެއް ނޭނގޭ ކަމަށް އަފީފު ވިދާޅުވި އެވެ. އެފަދަ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ފަރާތްތަކާމެދު ފިޔަވަޅެއް އަޅުއްވާ ޝަރީއަތަށް ފޮނުވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިސަރުކާރަށް މަޖިލީހުގެ އަޣްލަބިއްޔަތު ދިނުމުން ރައްޔިތުންނަށް ލިބުނީ ގެއްލުމާއި ނިކަމެތިވުން ކަމަށް ފާހަގަ ކުރައްވައި އަފީފު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައީސަކު ކާޑަށް ދީފައިވާ ސަބްސިޑީ ކަނޑާލާ ކާޑުގެ އަގު ބޮޑުކޮށްފައި ނުވާއިރު، މިސަރުކާރުން ވަނީ އެކަން ކޮށްފައި ކަމަށެވެ. ސަބްސިޑީ ކަނޑާލުމުން ކާޑުގެ އަގު ދެ ގުނަ ވަނީ ބޮޑުވެފަ އެވެ.

މިހާރު އަމަލުކުރާ ފެހި ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އިންނެވި އަފީފް ވިދާޅުވީ ޤާނޫނުއަސާސީ ބައްޓަންވެފައިވަނީ ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް ރައްޔިތުންގެ ގާތުން ވެރިކަން ކުރުމަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމެއް ގެނައީ އެކަމަށް ކަމަށާއި ނަމަވެސް ސަރުކާރުން އެދަނީ ނިޒާމް ފުނޑުފުނޑުކޮށްލަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރަމުން އެދަނީ ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުން ދޫކޮށްލައިގެން ކަމަށާއި އެ ޤާނޫނުއަސާސީ ޙިމާޔަތް ކުރަންވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

23 ފެބުރުއަރީ 2017
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު