Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 9 މާރިޗު 2017 | ބުރާސްފަތި 23:07
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު – މާލީ، އަލީ ޝިޔާމް

އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު – މާލީ، އަލީ ޝިޔާމް

އެންމެ ބޮޑު ވައްކަމާއި މެދު ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު – މާލީ، އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން އިފްތިތާޙު ކުރުމަށް، ބުރާސްފަތި ދުވަހުގެރޭ އުތުރާއި ދެކުނުގައި ކުރިއަށް ގެންދިޔަ ޖަލްސާތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ ރައީސަކީ ފަޚުރުވެރިވެވަޑައިގެން، އެންމެ ބޮޑު ވައްކަން ހިންގީ މި ސަރުކާރުގައިކަމަށް ވިދާޅުވާ ބޭފުޅެއް ކަމަށާ، އެފަދަ ކަމަކަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމް ވިދާޅުވީ، ވައްކަން ކުރުމަކީ އިންސާނީ ޠަބީޢަތުގައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެއީ އެމަނިކުފާނާއި އެކު ތިބި ފަރާތްތަކުގެ ޠަބީޢަތު ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ޠަބީޢަތު ނޫން ކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކެއް ނޫންކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އެގޮތުން އަތޮޅާއި ރަށުގެ ކަންކަމުގައި ބަސް ބުނުމުގެ ޚައްޤާއި ބާރު ކައުންސިލްތަކަށާއި ރައްޔިތުންނަށް ނެތުމަކީ އެކަމުގެ ހެއްކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން މި ކަންކަން ކުރަނީ ތަރައްޤީގެ ނަމުގައިކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ، ގޮޅިއަށްލައި އޮބަހައްޓާ ތަރައްޤީ ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ މި ރާއްޖޭގެ ޖަޒީރާވަންތަކަށް ދެމެހެއްޓޭ، ރައްޔިތުންނަށް ބަސްބުނުމުގެ ޙައްޤު އޮންނަ ތަރައްޤީ ކަމަށެވެ.

މި ސަރުކާރުގައި ރައްޔިތުންނަށް އެކި ޒާތުގެ އުނދަގޫ ޖެހިފައިވާކަން ފާހަގަކުރައްވާ، ޝިޔާމް ވިދާޅުވީ އެމްޔޫއޯގެ ކެމްޕެއިންގައި ދޮރުންދޮރަށް ހިނގި ހިނގުމުގައި ރައްޔިތުންގެ ގިނަ ޝަކުވާތަކާއި ޚިޔާލުތައް އަޑު އިވިފައިވާކަމަށެވެ.

އެގޮތުން، ކޮރަޕްޝަން އިތުރުވެ، ކަރަންޓާއި، ކާޑުގެ އަގުބޮޑު ވުމާއި ދެންވެސް ދިރިއުޅުމަށް ބޭނުންވާ ކަންކަމުގެ އަގު މަތިވެފައިވާ ކަމަށާ، މި ސަރުކާރުގައި ކުޑަވެފައިވަނީ ހަމައެކަނި ރައީސްގެ ލަދުހަޔާތްޕުޅު ކަމުގައި ރައްޔިތުން ފާހަގަ ކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ހުރިހާ ކަމަކަށް ޙައްލު ހޯދައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބޭނީ މިއަދު ކުރާ މަސައްކަތުންކަންވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހއ. ދިއްދޫގައި އެކުއެކީގައި ކުރިއަށްގެންދިޔަ 2 ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު