Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ޝަރީއަތް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލުނު މަނީލޯންޑްރިންގ ދައުވާ ސާބިތުވެެއްޖެ!

28 ނޮވެމްބަރު 2019 | ބުރާސްފަތި 09:30

މަނީ ލޯޑަރު ދައުވާއަކީ އެސްއޯއެފް އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ ފައިސާގެ މައްސަލައެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 09:30
ކުޜީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ކުޜީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެއެވެ.

މައްސަލަ ބަލާ ފަސް ގާޒީން ދިރާސާކޮށް ބަހުސްކޮށް 5 ގާޒީންނަށް އިތިފާޤުވެވިފައިވަނީ 8 ކަމަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބޭއްވި ޙުކުމް ކުރުމުގެ ޝަރީއަތުގައި ޔާމީނުގެ ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުށުގެ އަމަލުގެ ފުރަތަމަ އުންސުރު ހަމަވާކަމަށެވެ. އަދި ޕާޓީއަށް ލިބެންޖެހޭ ފައިސާ ޖަމާކުރަން ޖެހޭނީ ޕާޓީގެ އެކައުންޓަށް ކަން ސިޔާސީ ޕާޓިތަކުގެ ޤާނޫނުން އެގޭކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ހިންގާ މަނީ ލޯންޑަރ ކުރުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ކުރިން އެމައްސަލަ ބަލަމުންދިޔަ، ކްރިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމެވެ. ނަމަވެސް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގާޒީ ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން އެންމެފަހުން ބޭއްވި ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ގާޒީން ހިމެނޭ ބެންޗަކުން ނެވެ.

އެމައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިސް ގާޒީ އަދި މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި، ގާޒީ ޢަލީ ރަޝީދު އެންމެފަހުން ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ދެން ޝަރީޢަތް ކުރިއަށް ގެންދެވޭނެ ދެ ގޮތެއް ބަޔާން ކުރާ ކަމަށެވެ. އެގޮތުން، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބުން ފެށުން ނުވަތަ މައްސަލަ އަލުން ފެށިދާނެ ކަމަށް ބަޔާން ކޮށްފައިވާތީ، ދައުލަތުގެ ފަރާތުންނާއި ދަޢުވާ ލިބޭ ފަރާތުން މިކަމުގައި ދެކޭ ގޮތެއް ވިދާޅުވެ ދެއްވުން އެދޭ ކަމަށެވެ. އެގޮތުން ދައުލަތުގެ ޤާނޫނީ ވަކީލާ ވިދާޅުވެފައިވަނީ، ޖިނާއީ އިޖުރާޢަތުގައި ބަޔާން ކޮށްފައިވާ ގޮތަށް، ގާޒީންގެ ބެންޗުން ނިންމާގޮތަކަށް ކުރިއަށް ގެންދިއުމަށް ދައުލަތުން އިއުތިރާޒު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ރައީސް ޔާމީނުގެ ފަރާތުން ބޭނުންވަނީ މައްސަލަ އަލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެދުވަހު، ގާޒީންގެ ބެންޗުގެ އިސް ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވަނީ، މިމައްސަލައަކީ އަޑުއެހުންތަކެއް ބޭއްވި، ހެކީންގެ ހެކިބަސް ނެގި، އަދި ޚުލާސާ ބަޔާން އިއްވައި، ޙުކުމް ކުރުމާ ހަމާގައި އޮތް މައްސަލައެއް ކަމަށެވެ. އަދި މިމައްސަލާގައި އަލުން ޝަރީޢަތުގެ އަޑުއެހުންތައް ބާއްވައި ހެކީންގެ ހެކިބަސް ނެގުމަކީ ހަމަޖެހޭ ކަމަކަށް ގާޒީންގެ ބެންޗަށް ނުފެންނަ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި ކުރިއަށްދާނީ މިމައްސަލަ ގޮސްފައިވާ ހިސާބުން ކަމަށެވެ.

އެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ، ދައުލަތުގެ މިމައްސަލާގައި ޚުލާސާ ބަޔާން އިއްވާފައިވާނެ ކަމަށާއި ދެން މިމައްސަލާގައި ދައުލަތުން އިތުރަށް ފާހަގަ ކުރަން ބޭނުންވާ ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމީނުގެ ވަކީލު ވިދާޅުވެފައިވަނީ، މިމައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިސްގާޒީ އަލީ ރަޝީދު ވަނީ މިމައްސަލައާ ގުޅޭގޮތުން، މީޑިއާގައި ވާހަކަ ދައްކަވާފައި ކަމަށާއި އެއީ ފަނޑިޔާރުންގެ ޤާނޫނާ ޚީލާފު ކަމެއް ކަމަށެވެ. އެހެންކަމުން ގާޒީ ޢަލީ ރަޝީދާ މެދު އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ގާޒީންގެ ބެންޗުގައި ގާޒީ ޢަލީ ރަޝީދު އިންނެވުމަކީ އިންސާފުވެރި ޝަރީޢަތެއް ރައީސް ޔާމީނަށް ލިބުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގާޒީ ޢަލީ ރަޝީދު މިމައްސަލައިން ތަނާޒުލްވެވަޑައިގެންނެވުމަށް ރައީސް ޔާމީނުގެ ފަރާތުން އެދިލައްވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ބެލުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ގާޒީ ޢަލީ ރަޝީދާއި، ގާޒީ އަޙްމަދު ޝަކީލާއި، ގާޒީ މުޙައްމަދު ސަމީރު ޢަލީ އާދަމްގެ އިތުރުން ޙުސައިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއަކީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަމުގެ ދައުވާއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. ޖުމްލަ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައިވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގެންފައެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް