Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ޑްރައިވަރުން

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާ އެކު ރައީސް ސޯލިހު އަރިހަށް

28 ނޮވެމްބަރު 2019 | ބުރާސްފަތި 03:42

ޓެކްސީތަކުގެ ހުއްދަ ބާތިލުކުރާ މައްސަލައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 03:42
ފުލުހަކު ޓެކްސީއެއް ހިފަހައްޓައިގެން

ފުލުހަކު ޓެކްސީއެއް ހިފަހައްޓައިގެން

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޝްވަރާކޮށްފިއެވެ.

ޓެކްސީ ޑްރައިވަރުން ރައީސް ސޯލިހުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ހުރި ޓެކްސީތަކުން ކުރިޔާލާ އެންގުމަކާ ނުލާ ޓޯ ކުރުމަށް ފަހު ހުއްދަ ބާތިލުކުރާ މައްސަލައާއި ގުޅޭ ގޮތުންނެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެތައް ޓެކްސީއެއް ކުރިޔާލާ އެންގުމަކާ ނުލާ ފުލުހުން ޓޯ ކޮށްފައިވާއިރު، އެއިން އެއްވެސް ފަހަރަކު ކަންކަން އިސްލާހުކުރަން ފުރުސަތު ދީފައި ނުވެއެވެ.

Advertisement - newsAdvertisement

ޓެކްސީތަކުގެ ހުއްދަ ބާތިލުކުރަމުން ދަނީ، "ޓެކްސީ ގަވައިދު"ގެ 12 ވަނަ މާއްދާގެ (ހ) އަދި (ބ) އަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީން އަންގާފައިވާ ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް، ހަމަ އެ މާއްދާގައި އޭގެ ކުރިން ޓެކްސީ ކުރުމުގެ ހުއްދަ ނަގާފައިވާ ޓެކްސީތައް އިސްތިސްނާ ކުރެވިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހެން ޓެކްސީތަކުގެ ހުއްދާ ބާތިލުކުރާ ކުރުން ރައީސް ސޯލިހު ކުށްވެރިކުރައްވާފައިވާ ކަމަށެވެ. އަދި ޓެކްސީތަކުގެ ހުއްދަ ބާތިލުކުރާ ނަމަ، އެކަށީގެންވާ ވަގުތު ދޭން ޖެހޭން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެެވުނު އިތުރުކަންތައްތަކުގެ ތެރޭގައި، އެސްއެމްއީ ބޭންކް މެދުވެރިކޮށް ބާ ޓެކްސީތައް އާ ކުރުމަށް ލުއި ގޮތްތަކެއް ހޯދައި ދިނުމާއި، ޓޯ ކުރުން ހުއްޓުވުމާއި ބެހޭގޮތުން ކަމާއިބެހޭ އިދާރާތަކާއި އެކު މަޝްވަރާކުރުމަށް ފަހު ހައްލެއް ހޯދައިދިނުން ހިމެނެއެވެ. ރައީސް ސޯލިހު ވަނީ ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އަރުވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކަސްޓަމަރުންގެ ޝަކުވާތައް އަޑު އެހުމަށާއި، ޑްރައިވަރުންގެ ހުރި މައްސަލަތައް އިސްލާހުކުރުމަށް ނަސޭހަތްތެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއި ފަސޭހަވާނެ ގޮތްތައް ބެލުމަށް ފަހު، ޓެކްސީގެ ހިދުމަތް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ރައީސް ސޯލިހު ވަނީ ޑްރައިވަރުން ގާތު އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް