Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ބޯހިޔާވަހިކަން: މާލެއާއި، ހުޅުމާލޭގަ އިތުރަށް ފްލެޓު އަޅާނެ ޖާގައެއް ނެތް!

ހުޅުމާލެ ފޭސް-2 އަށް 20 ސްކޫލް ބޭނުންވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2019 | ހޯމަ 09:40
މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން--

މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން--

ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ގޮސް މާލޭ ސަރަހައްދުގައި އިތުރަށް ފްލެޓް ނުވަތަ ސޯޝަލް ހައުސިންގ ޔުނިޓުތައް އެޅޭނެ އިތުރު ޖާގައެއް ނެތް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފާސްޓްރަކްޗަރ އިސްވެރިންނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިސްވެރިންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އިސްވެރިން ހާޒިރުކޮށް، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމާ ގުޅޭ ތިން ގަރާރާ ގުޅޭގޮތުން ވަނީ މަޢުލޫމާތު އެއްކުރައްވާފަ އެވެ.

Advertisement - newsAdvertisement

ބޯހިޔާވަހި ކަމާގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ތިން ޤަރާރަކީ، ދިވެހިރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓު ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރާއި، ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ އިތުރުން، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު ހިމެނެ އެވެ.

ދިވެހިރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓު ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޤަރާރާ ގުޅިގެން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލެ ހިމެނޭ ސަރަހައްދު ކަމަށްވާ، މާލެއާއި ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ ހައުސިންގ ޔުނިޓްތަކާއި، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިމާރާތް ކުރަން މިހާރު ނިންމާފައިވާ ހައުސިންގ ޔުނިޓުތަކުގެ އިތުރަށް، އިތުރު ހައުސިންގ ޔުނިޓް އެޅުމުގެ ޖާގަ މާލެއާއި، ހުޅުމާލެގައި ނެތް ކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްލޭނަށް ވެސް ކޮންމެވެސް ވަރަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ. އެއީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، ދެވަނަ ފިޔަވަހީގައި ކުރިން ދިރިއުޅޭނެ ކަމަށް ޕްލޭންކޮށްފައިވާ އާބާދީއަށް ސްކޫލްތައް ވެސް އިތުރުކުރަން ޖެހޭކަމަށް ސުހައިލް ވިދާޅުވި އެވެ. އެގޮތުން ފޭސްޓޫއަށް އެކަނިވެސް 20 ސްކޫލް ބޭނުންވާ ކަމަށް ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ އެކަންތައްތަކަށް ބަލާފަ، ހުޅުމާލެ ފޭސްޓޫގައި ދިރިއުޅޭނެ މީހުންގެ އަދަދާއި އެތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާމެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއެކު މަޝަވަރާ ކުރެވުމުންދާ ކަމަށެވެ. ހުޅުމާލެގައި ދިރިއުޅެވޭނެ ކަމަށް ކުރިން ބަލާފައިވަނީ 160،000 މީހުންނަށް ކަމަށާއި ނަމަވެސް، އެވަރުގެ އާބާދީއެއް ބާއްވައިގެން އެހެން ޚިދުމަތްތައް ދެވެންނެތް ކަމަށް ސުހައިލް ވިދާޅުވި އެވެ. ސުހައިލް ވިދާޅުވީ މިހާރުވެސް ހުޅުމާލޭގައި 10،000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ފްލެޓްތައް ނިމޭނެ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ، ތިލަފަޅާއި ގުޅީފަޅުގައި ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫޢެއް ހިންގުމަށް ނިންމާފައިނުވާ ކަމަށެވެ. އެތަނުގައި ކުރިއަށްދާނީ، އިންޑަސްޓްރިއަލް މަސައްކަތްތަކާއި، އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ބައެއްކަންކަން ޤާއިމު ކުރަން ހިންގޭ ބައެއް މަޝްރޫޢުތައް ކަމަށެވެ. އެގޮތުން ބަންދުކުރެވޭ މީހުން، ވަގުތީ ގޮތުން ބެލެހެއްޓުމަށް ޤާއިމު ކުރާ ޖަލާއި، ދައުލަތުން ބަލާ މީހުން ބައިތިއްބުމަށް، ޤާއިމުކުރާ ސެންޓަރުތައް ފަދަ މަޝްރޫއުތައް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ވެށިފަހި މާލެ މަޝްރޫޢުގެ ދަށުން، މާލެއިން ކުދި ބިންކޮޅު ދޫކޮށްލައިގެން، ހުޅުމާލެއިިން ބިމާއި ހުޅުލެއާއި މާލެއިން ފްލެޓް ދިން ފަރާތްތަކުގެ ތެރެއިން، ދޫކޮށްލި ބިންކޮޅު ދައުލަތަށް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، ބައެއް މައްސަލަތައް އަދިވެސް ކޯޓުގައި ހިނގަމުންދާ ކަމަށް އެޗްޑީސީންނާއި ހައުސިން މިނިސްޓްރީންވެސް ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ މީގެ ކުރިން ހެދިފައިވާ އެސެސްމެންޓްތަކުން ދައްކާ ގޮތުން 20،000 އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށެވެ. އެހެންކަމުން އެހުރިހާ އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު