Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލެ ޕަރފިއުމް

ލެ ޕަރފިއުމްގެ އައުޓްލެޓެއް ކްރޮސްރޯޑްސްގައި ހުޅުވައިފި

މިއީ ލެ ޕަރފިއުމްގެ ތިންވަނަ އައުޓްލެޓް

އަމަން ހަލީމް
އަމަން ހަލީމް | 24 ނޮވެމްބަރު 2019 | އާދީއްތަ 14:28
މަރީނާ އެޓް ކްރޮސްރޯޑްސްގައި ހުންނަ ލެ ޕަރފިއުމްގެ އައުޓްލެޓް

މަރީނާ އެޓް ކްރޮސްރޯޑްސްގައި ހުންނަ ލެ ޕަރފިއުމްގެ އައުޓްލެޓް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ވިޔަފާރި ކުރާ އެއް ފިހާރަ ކަމުގައިވާ، "ލެ ޕަރފިއުމް"ގެ އައުޓްލެޓެއް މަރީނާ އެޓް ކްރޮސްރޯޑްސްގައި ހުޅަވައިފިއެވެ.

މި އައުޓްލެޓް ހުޅުވުމުގެ ގޮތުން އެ ފިހާރައިން ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. އެގޮތުން ހުރިހާ ޕްރޮޑަކްޓްތަކުން ފަސް އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާއިރު، 100 ޑޮލަރުން މަތީގެ ކޮންމެ ވިޔަފާރިއަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބެއެވެ. އަދި މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާނެއެވެ.

ލެ ޕަރފިއުމްއިން ލިބޭ ބައެއް މަޝްހޫރު މަރުކާތަކުގެ ތެރޭގައި، މީހުންގެ ތެރޭގައި މަގުބޫލު ގޫޗީ، ލަކޯސްޓޭ، ހޫގޯ ބޮސް، ބުލްގާރީ، ވަސާޗޭ، މަރކް ޖޭކޮބްސް، ކެލްވިން ކްލައިން، ސަލްވަޓޯރޭ ފެރެގާމޯ އަދި ޑެވިޑޯފް ހިމެނެއެވެ. އަދި ލެ ޕަރފިއުމްގެ ހުރިހާ އައުޓްލެޓެއްގައިވެސް ވިއްކަނީ ސައްތައިން ސައްތަ އޮރިޖިނަލް މުދާ ކަމުގެ ޔަގީންކަން އެ އައުޓްލެޓްތައް ހިންގާ މަރކޮމްސް ކުންފުނިން ވަނީ ދީފައެވެ.

މި ފަހަރުގެ އައުޓްލެޓް ހުޅުވިގެން ދިޔަ މަރީނާ އެޓް ކްރޮސްރޯޑްސްއަކީ ތަފާތު އެކި ހިދުމަތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ތަނެކެވެ. އެގޮތުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓް މިތަނުގައި ހުރެއެވެ. މިއީ ރާއްޖޭގައި މިހެން ފަރުމާކުރެވިގެން ދިޔަ ފުރަތަމަ ޑެސްޓިނޭޝަން ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިތަނުގައި ހުންނަ ބައެއް އެހެން ފިހާރަތަކުގެ ތެރޭގައި، ހަމްސް، ޓޮޑީޒް އަދި ރައިދާސް މޯލްޑިވްސް ހިމެނެއެވެ. އަދި މަޝްހޫރު ރެސްޓޯރަންޓް ޗެއިންތައް ކަމަށްވާ ހަރޑް ރޮކް ކެފޭ އާއި ކެފޭ ޑެލް މަރ އަދި މިނިސްޓްރީ އޮފް ކްރެބްގެ އައުޓްލެޓްތައް މަރީނާގައި ވަނީ ހުޅުވާފައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި
12 އެޕްރީލު 2017

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު